-
-
މާރިއޯ ގޯމޭޒް ކުޅުން ހުއްޓާލައިފި މާރިއޯ ގޯމޭޒް

މާރިއޯ ގޯމޭޒް ކުޅުން ހުއްޓާލައިފި

ސްޓަޓްގާޓު އަލުން ބުންޑަސްލީގާ އަށް ޕްރޮމޯޓް ކޮށްދިނުމަށް ފަހު ، ޖަރުމަނުވިލާތުގެ ފުޓްބޯޅަ ކުޅުންތެރިޔާ މާރިޔޯ ގޯމޭޒް ފުޓްބޯޅަ ކުޅުން ހުއްޓާލައިފި އެވެ.

ADS BY FENVARU

ސްޓަޓްގާޓު ބުންޑަސްލީގާ އަށް އަލުން ގެނައުމަކީ އޭނާގެ މިޝަން ކަމަށާއި އަދި ކެރިއަރ ނިންމާލަން ބޭނުންވަނީ ވީ ވެސް އެ ކްލަބުގައި ކަމަށް ދިން އިންޓަވިއުއެއްގައި މާރިއޯ ގޯމޭޒް ބުންޏެވެ. 2005 ވަނަ އަހަރު ސްޓަޓްގާޓުން ކެރިއަރ ފެށި ގޯމޭޒް ވަނީ ބަޔާން މިއުނިކަށް ބަދަލުވެ ، ދެ ފަހަރު ބުންޑަސްލީގާ ހޯދާ ، އެއް ފަހަރު ޗެމްޕިއަންސްލީގު ވެސް ހޯދާފައެވެ. މީގެ އިތުރުން އިޓަލީގެ ފިއޮރެންޓީނާ ، ބެސިކްޓާސް ، ވުލްފްސްބާގަށް ވެސް ގޯމޭޒް ކުޅެފައިވެއެވެ.

34 އަހަރުގެ މާރިއޯ ގޯމޭޒް ވަނީ ޖަރުމަންވިލާތުގެ ޤައުމީ ފުޓްބޯޅަ ޓީމަށް 78 މެޗު ކުޅެ 31 ގޯލު ޖަހައިދީފަ އެވެ. 2010 ވަނަ ވޯލްޑްކަޕް ތިންވަނަ ހޯދި ޖަރުމަނު ޓީމުގައި އާއި 2008 ވަނަ އަހަރު ޔޫރޯގެ ރަނައަޕް ހޯދި ޖަރުމަނު ޓީމުގައި ގޯމޭޒް ހިމެނެއެވެ. އަދި ޔޫރޯ 2012 އާއި 2016 ގައި ތިންވަނަ ހޯދި ޖަރުމަނު ޓީމުގައި ގޯމޭޒް ހިމެނެއެވެ.