-
-
ރެޕާއި ދެކޮޅަށް ކުރާމުންދާ މުޒާހަރާ ހޫނުވެއްޖެ ! މުވާހަރާގެ ބައިވެރިން ބޮޑުތަކުރުފާނު މަގުގައި އިށީނދެގެން

ރެޕާއި ދެކޮޅަށް ކުރާމުންދާ މުޒާހަރާ ހޫނުވެއްޖެ !

ރޭޕް އާއި ދެކޮޅަށް އަޑުއުފުލައި މާލޭގައި މިހާރު ކުރަމުންދާ މުޒާހަރާގެ ބައިވެރިންނަށް ފުލުހުން ހުރަސް އެޅުމުން މުޒާހަރާ ހޫނުވެ ހަމަނުޖެހުންތަކެއް ހިނގައިފިއެވެ.

ADS BY FENVARU

މުޒާހަރާގެ ބައިވެރިންނާއި ފުލުހުންނާއި ދެމެދު ހަމަނުޖެހުންހިނގީ، މުޒާހަރާގެ ބައިވެރިން ބޭންކް އޮފް މޯލްޑިވްސް ކައިރިން ބޮޑުތަކުރުފާނު މަގުން އާރޓިފިޝަލް ބީޗު ސަރަހައްދަށް ނުކުމެ، ހުޅުމާލެ ފެރީ ޓާރމިނަލާއި ވީކޮޅަށް ހިނގައި ގަންނަން އުޅުމުން، ފުލުހުން މުޒާހަރާގެ ބައިވެރިންނަށް ހުރަސްއަޅައި ހުއްޓުވުމުގެ ތެރޭގައެވެ.

ސަފަކަށް އެތުރި އަތްގުޅައިގެން ތިބި މަދު ފުލުހުންގެ ސަފެއް ފޫއަޅުވައިލުމަށް ފަހުގައި ކުރިއަށް ޖެހުމަށް މުޒާހަރާގެ ބައިވެރިން ދިމާކުރުމުން ހިނގައި ދިޔަ ހަމަނުޖެހުންތަކުގައި އެއްވެސް މީހަކަށް އަނިޔާއެއްވީކަން ފާހަގަ ވެފައެއް ނުވެއެވެ. މުޒާހަރާގެ ބައިވެރިއެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔުމަށް ފުލުހުން އުޅުމުން ހަމަނުޖެހުން އިތުރުވެގެން ދިޔަނަމަވެސް ފުލުހުން އެމީހާ ވެހިކަލަށް އަރުވާފައެވެ.

 

ފުލުހުން ފުރަތަމަ ތިން ބައިވެރިޔަކު ހައްޔަރު ކުރުމަށްފަހުގައި އިތުރު އެހެން ބައިވެރިޔަކާއި އެކު ޖުމްލަ ހަތަރު މީހުން ހައްޔަރު ކުރިއެވެ. ހައްޔަރުކުރި ސީދާ ސަބެއް ރަސްމީ ފަރާތަކުން ކަށަވަރު ކޮށްދީފައި ނުވިނަމަވެސް، ހައްޔަރުކުރެވުނީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރި ވުމުގެ ސަބަބުންކަން ދޭހަވެއެވެ.

މުޒާހަރާގެ ހަތަރު ބައިވެރިއަކު ހައްޔަރު ކުރެވުނުއިރު އޭގެތެރެއިން ދެ މީހަކު މިހާރުވަނީ ދޫކޮށްލާފައެވެ. ފުލުހުންގެ ބެލުމުގެ ދަށުގައި މިހާރުތިބީ 18 އަހަރުން ދަށުގެ ދެ ކުޑަކުދިންނެވެ.

މިހާރު ކުރިއަށްދާ މުޒާހަރާގައި ދެފަހަރެއްގެ މަތިން ނުތަނަވަސްކަން އުފެދިފައި ވީނަމަވެސް މާބޮޑެތި ކުރިމަަތިލުންތަކެއް ހިނގާފައި ނުވެއެވެ. މީހަކު ހައްޔަރު ކުރަން އުޅުމުގެ ތެރޭގައި މުޒާހަރާގެ ބައިވެރިންނާއި ފުލުހުންނާއި ދެމެދު ކޮންމެވެސް ވަރެއްގެ ހަމަނުޖެހުންތަކެއް ހިނގައި ބައިވެރިންނާއި ދެކޮޅަށް ފުލުހުން ކަރުނަގޭސް ބޭނުންކޮށްފައި ވެއެވެ.