-
-
ސަފާރީ ރޭޕް: މުޒާހަރާގެ ތިން ބައިވެރިން ހައްޔަރުކޮށްފި! ކަރުނަގޭހުގެ އަސަރު ކޮށްފައިވާ، މުޒާހަރާގެ ބައިވެރިއެއް / ފޮޓޯ: ސޯޝަލް މީޑިއާ

ސަފާރީ ރޭޕް: މުޒާހަރާގެ ތިން ބައިވެރިން ހައްޔަރުކޮށްފި!

ހުޅުމާލޭ ސަރަހައްދުގައި އޮތް ސަފާރީއެއްގައި ހިނގައިދިޔަ ރޭޕްގެ ހާދިސާއާއި ގުޅިގެން މިހާރު ކުރިއަށްދާ މުޒާހަރާގެ ތިން ބައިވެރިން ފުލުހުން ދާދި ދެންމެ ހައްޔަރު ކޮށްފިއެވެ.

ADS BY FENVARU

ފުލުހުން ފުރަތަމަ ތިން ބައިވެރިޔަކު ހައްޔަރު ކުރުމަށްފަހުގައި އިތުރު އެހެން ބައިވެރިޔަކާއި އެކު ޖުމްލަ ހަތަރު މީހުން ހައްޔަރުކުރިއެވެ. ހައްޔަރުކުރި ސީދާ ސަބެއް ރަސްމީ ފަރާތަކުން ކަށަވަރު ކޮށްދީފައި ނުވިނަމަވެސް، ހައްޔަރުކުރެވުނީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރި ވުމުގެ ސަބަބުންކަން ދޭހަވެއެވެ.

މުޒާހަރާގެ ހަތަރު ބައިވެރިއަކު ހައްޔަރު ކުރެވުނުއިރު އޭގެތެރެއިން ދެ މީހަކު މިހާރުވަނީ ދޫކޮށްލާފައެވެ. ފުލުހުންގެ ބެލުމުގެ ދަށުގައި މިހާރުތިބީ 18 އަހަރުން ދަށުގެ ދެ ކުޑަކުދިންނެވެ.

މިހާރު ކުރިއަށްދާ މުޒާހަރާގައި ދެފަހަރެއްގެ މަތިން ނުތަނަވަސްކަން އުފެދިފައި ވީނަމަވެސް މާބޮޑެތި ކުރިމަަތިލުންތަކެއް ހިނގާފައި ނުވެއެވެ. މީހަކު ހައްޔަރު ކުރަން އުޅުމުގެ ތެރޭގައި މުޒާހަރާގެ ބައިވެރިންނާއި ފުލުހުންނާއި ދެމެދު ކޮންމެވެސް ވަރެއްގެ ހަމަނުޖެހުންތަކެއް ހިނގައި ބައިވެރިންނާއި ދެކޮޅަށް ފުލުހުން ކަރުނަގޭސް ބޭނުންކޮށްފައި ވެއެވެ.