-
-
ފެކްޓްރީއަކުން ގޭސް ލީކުވެ ދެމީހުން މަރުވެއްޖެ

ފެކްޓްރީއަކުން ގޭސް ލީކުވެ ދެމީހުން މަރުވެއްޖެ

އިންޑިޔާގެ ފެކްޓްރީއަކުން ގޭސް ލީކުވެ 2 މީހުން މަރުވެ 4 މީހުންނަށް ހޮސްޕިޓަލުގައި ފަރުވާދެމުންއެބަގެންދެއެވެ.

ADS BY FENVARU

އަންދްރަ ޕްރަދޭޝްގައި ހުރި ފެކްޓްރީއަކުން ވިހަ ގޭހެއް ލީކުމުވާއި ގުޅިގެން އެފެކްޓްރީގައި މަސައްކަތް ކުރާ ދެ މުވައްޒަފަކު މަރުވެ، ހަތަރު މުވައްޒަފަކު ހޮސްޕިޓަލުގެ ވެންޓިލޭޓަރުގައި ފަރުވާދެމުންދާ ކަމަށް ރިޕޯޓްތަކުގައިވެއެވެ. މިހާދިސާ ހިގާފައިވަނީ ރޭ ދަންވަރު ކަމަށް އެގައުމުގެ މީޑިޔާތަކުގައި ބުނެފައިވެއެވެ.

އިންޑިޔާގެ ފުލުހުން ވިދާޅުވިގޮތުގައި މިހާދިސާގައި މަރުވެފައިވަނީ ފެކްޓްރީގެ މަސައްކަތުގައި އެވަގުތު ހަރަކާތްތެރިވި ދެމުވައްޒަފެކެވެ. އަދި ގޭސް އިތުރަށް ފެތުރިފައިނުވާކަމަށް ވަނީ ވިދާޅުވެފައެވެ.

މިދިޔަ މެއި މަހު 27 ވަނަ ދުވަހުގަވެސް އިންޑިޔާގަ ހުންނަ ސައުތް ކޮރެޔާގެ ފެކްޓްރީއަކުން ގޭސް ލީކުވެ، އެހާދިސާގައި 12 މީހަކު މަރުވެ އެތައް ސަތޭކަ މީހުންނަށް އޭގެ އަސަރުކޮށްފައިވާކަމަށް ރިޕޯޓްތަކުގައިވެއެވެ.

(ހިންދުސްތާން ޓައިމް)