-
-
ކަނޑުމަގުން އުފުލަން އުޅުނު ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގެންފި ރޭގައި އަތުލައި ގަނެވުނު މަސްތުވާތަކެތި / ފޮޓޯ: ފުލުހުން

ކަނޑުމަގުން އުފުލަން އުޅުނު ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގެންފި

ގދ. ތިނަދޫއިން އައްޑޫ ސިޓީއަށް ލޯންޗެއްގައި އުފުލަން އުޅުނު 5.5 ކިލޯ ހިރޮއިން އަތުލައިގެންފައި ވާކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ހާމަކުރަށްވައިފިއެވެ.

ADS BY FENVARU

ކޮމިޝަނަރ ޙަމީދު ދެންމެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، އައްޑޫ ސިޓީގައި ހަރަކާތްތެރިވާ ފުލުހުންގެ އިންޓެލިޖެންސާއި އެހެނިހެން ޓީމުތަކުން އެމްއެންޑީއެފް އާއި އެކުވެގެން ހިންގުނު އޮޕަރޭޝަނެއް މެދުވެރިކޮށް ރޭގެވަގުތެއްގައި މިތަކެތި އަތުލައިގަނެވި 6 މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

ކޮމިޝަނަރ ދެންމެ ކުރެއްވި ޓްވީޓް

މަސްތުވާ ތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތާއިއެކު ދޭތެރެއަކުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައި ގަންނަމުންދާއިރު، ކޮންމެ ދުވަހެއްގެ މައްޗަށްވެސް މަސްތުވާތަކެތީގެ ތަފާތު ބާވަތްތައް އަތުލައި ގަންނަމުން ގެންދެއެވެ.

ރާއްޖޭގެ ޒުވާނުންގެ އާބާދީގެ ބޮޑު ނިސްބަތެއް މިވަބާގައި ޖެހިފައިވާއިރު، އެ ކަމުގެ ސަބަބުން ތަފާތު އެހެނިހެން ކުށްތައް މުޖުތަމައުގެ ތެރޭގައި އިތުރުވުމާއި، އިޖްތިމާއީ ބޮޑެތި މައްސަލަތައް ފެންމަތިވެފައި ވެއެވެ. ޢިލްމީ ގާބިލު ހުނަރުވެރި ޒުވާނުންވެސް މި "އަވާގައި" ޖެހިފައިވާއިރު، މަސްތުވާތަކެތީގެ ވިޔަފާރިއަށް ހުޅުވިފައިވާ ދޮރުތައް ބަންދުކޮށް، ވިޔަފާރި ކުރާފަރާތްތަކަށް ދެވޭ އަދަބު ހަރުކަށިކުރުމާއިއެކު މަސްތުވާތަކެއްޗަށް ދެވިހިފައި އެތަކެތި ބޭނުންކުރާ ކުދިން ރިހެބިލިޓޭޓު ކުރުމުގައި އެކަށީގެންވާ މަސައްކަތްތަކެއް ކުރެވިއްޖެނަމަ، މުޖުތަމައަށް އަނބުރާ ނުކުންނަ ޒުވާނުންގެ އަދަދު ގިނަކުރެވޭނެކަމީ ގަބޫލުކުރަން ޖެހޭ ހަގީގަތެކެވެ. އެފަދަ މިސާލުތައް މިއަދުވެސް މުޖުތަަމައުގެތެރެއިން މިހާރުވެސް މަދުންނަމަވެސް ފެންނަމުން ދާކަން ފާހަގަކޮށްލެވެއެވެ.