-
-
ފުލުހުންގެ ނޫސްބަޔާނަށް ބަލާލިޔަސް "ނުފޫޒް" ފޯރުވިކަން ހާމަވޭ: މައުމޫން ޙަމީދު ފާއިތުވެދިޔަ ވެރިކަމުގައި އޭރުގެ އިދިކޮޅު ފަރާތްތަކެއްގެ ދިފާޢީ ވަކީލެއްގެ ގޮތުން މީޑިއާތަކަށސް މައުމޫން ޙަމީދު މައުލޫމާތު ދެއްވަނީ / ފޮޓޯ: ސަން

ފުލުހުންގެ ނޫސްބަޔާނަށް ބަލާލިޔަސް "ނުފޫޒް" ފޯރުވިކަން ހާމަވޭ: މައުމޫން ޙަމީދު

ހުޅުމާލޭ ސަރަހައްދުގެ ސަފާރީއެއްގައި ހިނގާދިޔަ "ރޭޕް" ގެ ހާދިސާއާއި ގުޅިގެން ކުރެވޭ ތުހުމަތުތައް ދޮގުކޮށް ފުލުހުން ނެރުނު ބަޔާނަށް ހަމަ އެކަނި ބަލާލިޔަސް، އެބަޔާނަކީ މައްސަލައިގެ ހަގީގާތް ހާމަކޮށްދެވުނު ބަޔާނަކަށް ނުވިތަނުގައި، ބާރުގެ ބޭނުން ނަހަމަގޮތުގައި ހިފި "ނުފޫޒު" ފޯރުވިފައިވާކަން ހާމަކޮށްދޭ ބަޔާނެއްކަމުގައި މަޝްހޫރު ގާނޫނީ ވަކީލު އަދި ދިވެހިރާއްޖޭގެ ބާ ކޮމިޝަނުގެ ރައީސް އަލްއުސްތާޛު މައުމޫން ޙަމީދު މިއަދު ވިދާޅުވެއްޖެއެވެ.

ADS BY FENVARU

މައުމޫން ޙަމީދު މިއަދު ކުރެއްވި ޓްވީޓް

ރޭޕްގެ ހާދިސާގެ ތުހުމަތުގައި، ދެމިގެންދިޔަ ކުށުގެ ވެއްޓަކުން ހައްޔަރު ކުރެވުނު ދެމީހުން ފުލުހުންގެ ބަަންދުން ދޫކޮށްލުމާއި ގުޅިގެން އުފެދުނުު ކަންބޮޑުވުންތަކުގެ ތެރެއިން، ވިކްޓިމް އާއި ހަވާލާދީ އޮންލައިން ނޫހެއްގައި ހާދިސާގެ ތަފްސީލު ގެނެސްދިނުމާއިއެކު ބޮޑެތި ސީރިއަށް ތުހުމަތުތަކެއް ތިލަވެގެން ދިއުމުން، އެކަން ކަން ދޮގުކޮށް ފުލުހުން ވަނީ ނޫސްބަޔާނެއް ނެރެފައެވެ. އޮންލައިން ނޫހުގައި ގެނެސްދީފައިވާ ތަފްސީލީ ހާދިސާ، ފުލުހުންގެ ބަޔާނުގައި ވިކްޓިމް އާއި ހަވާލާދީ ދޮގުކޮށްފައި ވެއެވެ. ރޭޕް ހާދިސާއާއި ގުޅިގެން އެއްވެސް ނޫހަކަށް މައުލޫމާތު ދީފައި ނުވާނެކަމަށް ވިކްޓިމް ބުނިކަމަށްވެސް ފުލުހުންގެ ބަޔާނުގައި ހާމަކޮށްފައި ވެއެވެ.

ފުލުހުން ނެރުނު ބަޔާނުގައި ހާމަކޮށްފައިވާ ކަންކަމަށް ބާލާއިރުގައިވެސް ނުހަނު ބޮޑެތި ކަންބޮޑުވުންތަކެއް ހުރިކަމަށް ގާނޫނީ ދާއިރާގެ އެހެނިހެން ގިނަ ބޭފުޅުންވެސް ގެންދަވަނީ ވިދާޅުވަމުންނެވެ. ކްރިމިނަލް ކޯޓުގެ އިސްޤާޟީ ޙައިލަމްގެ އިތުރުން ކުރީގެ ޕީޖީ މުޙްތާޒުވެސް ވަނީ ފުލުހުންގެ ބަޔާނާއި މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ.

"ރޭޕާއި ގުޅޭ މައްސަލާގައި ފުލުހުންގެ އިހުމާލު ބޮޑު. ހެކި ނެތިއްޖެ. ހެއްކަށް ނުފޫޒު ފޯރުވޭގޮތްތައް މަގުފަހި ކުރުވައިފި." ރޭޕްގެ ހާދިސާއަށް އިޝާރާތް ކުރަށްވައި މުޙްތާޒު އިއްޔަ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވެއެވެ.

"ތުހުމަތު ކުރަން މިވަރު ކާފީ ނުވަނީތޯ؟ ކޯޓަށް ނުގެންދިޔައީ ކީއްވެތޯ؟" ފުލުހުންގެ ބަޔާނާގުއި ހާމަކޮށްފައިވާ ކަންތައްތަކަށް ރިޢާޔަތްކޮށް ޙައިލަމް އިއްޔަ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވެއެވެ.

ރޭޕް މައްސަލައާއި ގުޅިގެން ފުލުހުން ނެރެފައިވާ ނޫސްބަޔާނުގައި ބަޔާންކޮށްފައިވާ މައުލޫމާތުތަކަށް ނިސްބަތް ކުރަށްވައި މައުމޫން ޙަމީދު ކުރެއްވި ޓްވީޓް ތަކުގައި، މައްސަލައާއި ގުޅިގެން އުފެދޭ ތުހުމަތު ތަކުގެ މައްޗަށް ތަފްސީލުގޮތެއްގައި ގާނޫނީ ނަޒަރަކުން ވާހަކަފުޅު ދައްކަވަމުން ވިދާޅުވެފައިވަނީ، ތުހުމަތު ކުރެވުނު މީހުން ފުލުހުންގެ ބަންދުން ދޫކޮށްލުމުން، ހެކިންނަށް ނުފޫޒު ފޯރުވައި ހެކިނައްތާލައި މައްސަލައިގައި އިންސާފަށް ހުރަސް އަޅަން އެ ފަރާތްތަކަށް ފުރުސަތު ފަހިވެގެން ދިޔަކަމުގައެވެ.

މައުމޫން ޙަމީދު މިއަދު ކުރެއްވި އިތުރު ދެ ޓްވީޓް

އަދި މިމައްސަލައިގައި ފުލުހުންގެ ފަރާތުން ހިނގާފައިވާ ކަންތައްތަކަކީ އިހުމާލަކަށްވުރެބޮޑަށް، ނުފޫޒާއި ބާރު ބޭނުންކުރުމެއް ކަމަށާއި، ޖިނާއީ ކުށެއް ހުއްޓުވުމުގައި އަދާކުރަން ޖެހުނު ގާނޫނީ ޒިންމާ އަދާކުރުމުގައި ލަދުގަންނަންޖެހޭ ދަރަޖައިގެ ފޭލިވުމެއްކަމުގަވެސް މައުމޫން ޙަމީދު ވިދާޅުވެފައިވެއެވެ.