-
-
ވިއްސާރަވެ ހޮނުއަޅާ އެތައްބަޔަކު މަރުވެއްޖެ

ވިއްސާރަވެ ހޮނުއަޅާ އެތައްބަޔަކު މަރުވެއްޖެ

އިންޑިޔާގެ އެކި ސަރަހައްދުތަކަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މީހުން ގެއްލި، ހޮނުއަޅައި އެތައް ބަޔަކު މަރުވެއްޖެއެވެ.

ADS BY FENVARU

ބޯކޮށް ވާރޭ ވެހި ފެންބޮޑުވުމުގެ ސަބަބުން އިންޑިޔާގެ އެކި ސަރަހައްދުތަކުން ގިނައަދަދެއްގެ މީހުންވަނީ ގެއްލިފައެވެ.

މިދިޔަ ހޯމަދުވަހު ފެންގަނޑު ހުރަސްކޮށްފައި އަޅުކަންކުރާ ތަނަކަށް ދިޔަ އާއިލާއެއްގެ 10 އަހަރުގެ ސްކޫލްކުއްޖަކުވެސް މިވަނީ މަރުވެފައެވެ. އެމީހުންނާއެކު ގެންދިޔަ 3 އަހަރުގެ ކުޑަ އަންހެންކުއްޖަކު އަދިވެސް ނުފެންނަކަމަށް އެގައުމުގެ މީޑިޔާ ރިޕޯޓްތަކުގައި ހާމަކޮށްފައިވެއެވެ.

ރޭ 11:30 އެހާކަންހާއިރު 50 އަހަރުގެ ދަނޑުވެރިޔަކާއި އޭނަގެ 18 އަހަރުގެ އަންހެންކުއްޖަކު މިވަނީ ހޮނުއަޅައި މަރުވެފައެވެ.

މިދިޔަ އާދީއްތަ ދުވަހާ ހަމަޔަށް އައިއިރު އައްސާމުން އެކަނިވެސް 9.3 ލައްކަ މީހުންނަށް ވަނީ ވިއްސާރައިގެ ސަބަބުން ހާލުގައި ޖެހިފައެވެ.

އިދާރާތަކުން ބުނާގޮތުގައި ކުޑަކުދިން ހިމެނޭ ގޮތަށް މީހުން ހޮނުއަޅައި، ފެންގަނޑާއެކު ގެންގޮސް ވަނީ ގެއްލިފައެވެ.

އިންޑިއާގެ ބައެއް ހިސާބުތަކަށް މި ދުވަސްވަރު ކުރަމުންދާ ވިއްސާރައިގައި ހޮނުއަޅައިގެން ގިނަ ބަޔަކު މަރުވިއިރު، ވައިގަދަވެ ގަހާއި ކަރަންޓު ކޭބަލްތައް ވެއްޓި ހިނގި ހާދިސާތަކުގައި ވެސް ފާއިތުވެދިޔަ ދުވަސްތަކުގައި ގިނަ އަދަދެއްގެ ބަޔަކު މަރުވެފައިވާ ކަމަށް ރިޕޯޓްތަކުގައި ބުނެއެވެ.

މޫސުން ގޯސްވެފައިވާ ސަރަޙައްދުތަކުން ގިނަ އަދަދެއްގެ ގެތަކަށްވެސް ގެއްލުންލިބި ބައެއް ގެތައް ވަނީ ވެއްޓިފައެވެ. މީހުން ހާލުގައި ޖެހި ކާބޯތަކެއްޗަށް ޖެހިފައެވެ.

އިންޑިއާގެ މޫސުމާއި ބެހޭ އިދާރާއިން ހާމަކުރާ ގޮތުން އެޤައުމަށް ކުރިޔަށް އޮތް ދުވަސްތަކުގައި ވަރަށް ބޮޑަށް ވިއްސާރަކުރާނެކަމަށް ރިޕޯޓްތަކުގައިވެއެވެ. މި ސަބަބަށްޓަކައި އާންމުން މޫސުމަށް ސަމާލުވުމަށް އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.

(އިންޑިޔަން އެކްސްޕްރެސް)