-
-
ލޯންޗެއްގައި ރޯވެ ދެ މީހަކު ފިހިއްޖެ

ލޯންޗެއްގައި ރޯވެ ދެ މީހަކު ފިހިއްޖެ

މިއަދު ހެނދުނު ތ. ގުރައިދޫ ކައިރީގައި އޮތް ލޯންޗެއްގައި ރޯވެއްޖެ އެވެ. މިހާދިސާ ހިނގާފައިވަނީ "މާލިފުށި 2" ނަމަކަށް ކިޔާ ލޯންޗެއް ރެސޯޓުން ފުރައިގެން މާލެދިއުމުގެ މަގުމަތީގަ އެވެ.

ADS BY FENVARU

"މާލިފުށި2" ނަމަކަށް ކިޔާ ލޯޗްޗެއް ރެސޯޓުން ފުރައިގެން މާލެ ދިއުމުގެ މަގުމަތީގައި ގުރައިދޫއަށް ޖައްސަން ދަނިކޮށް އެ ސަރަހައްދު ބޭރުން  އަލިފާން ރޯވެފައިވާކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވޭ." ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

ޖުމްލަ 6 މީހުން ދަތުރުކުރި މި ލޯންޗު ގައި ރޯވުމާއި ގުޅިގެން 2 މީހެއް ފިހިފައިވާ ކަމަށާއި އެ ދެ މީހުންނަށް މާލިފުށި ރިސޯޓް ގައި ފަރުވާ ދެމުން ދާ ކަމަށްވެސް މަޢުލޫމާތު ލިބިފައިވެ އެވެ.

މި ލޯންޗުގައި ރޯވި އަލިފާންގަނޑު ނިއްވާލާފައިވަނީ ފުލުހުންނާއި މާލިފުށި ރިސޯޓް ގެ މުވައްޒަފުން ކުރި މަސައްކަތުން ކަމަށް ފުލުހުން މަޢުލޫމާތު ދެއްވަ އެވެ.