-
-
އޭސިއަން ކަޕް 2027 ބޭއްވުމަށް 5 ޤައުމަކުން ބިޑް ހުށައަޅައިފި

އޭސިއަން ކަޕް 2027 ބޭއްވުމަށް 5 ޤައުމަކުން ބިޑް ހުށައަޅައިފި

2027 ވަނަ އަހަރު އޮންނަ އޭއެފްސީ އޭޝިއަން ކަޕް ފުޓްބޯޅަ މުބާރާތް ބޭއްވުމަށް 5 ޤައުމަކުން ޝައުގުވެރިކަން ފާޅުކޮށްފިއެވެ.

ADS BY FENVARU

މިއަހަރުގެ ޖޫން މަހުގެ 30 ގެ ނިޔަލަށް ބިޑް ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގައި ބިޑް ހުށައަޅާފައި ވަނީ އިންޑިޔާ ، އީރާން ، ޤަތަރު ، ސައުދީ އަރަބިއްޔާ އަދި އުޒްބެކިސްތާނުންނެވެ.

ޤަތަރާއި އީރާނުގައި މީގެ ކުރިން ދެ އަހަރު މި މުބާރާތް ބާއްވާފައިވެއެވެ.

ކުރިޔަށް އޮތީ ބިޑްތައް އިވެލުއޭޓް ކުރުމުގެ މަސައްކަތް ކަމަށާއި 2027 ވަނަ އަހަރު މުބާރާތް ބާއްވާނެ ޤައުމެއް އިޢުލާން ކުރާނީ 2021 ވަނަ އަހަރު ކަމަށް އޭސިއަން ފުޓްބޯލް ކޮންފެޑެރޭޝަން ( އޭއެފްސީ ) އިން ބުނެފައިވެއެވެ.

އޭއެފްސީ އިން އޭސިއަން ކަޕްގެ 18 މުބާރާތް ބާއްވާފައިވާ އިރު ، މި މުބާރާތް އެންމެ ގިނައިން ކާމިޔާބު ކޮށްފައިވަނީ ޖަޕާނެވެ. އެ ޤައުމުން 4 އަހަރު ޗެމްޕިއަންކަން ހޯދާފައިވެއެވެ. 2019 ވަނަ އަހަރު މި މުބާރާތް ބޭއްވީ ޔުނައިޓެޑް އެރެބް އެމިރޭޓްސް ގައެވެ. ފައިނަލް ގައި ޖަޕާން ބަލިކޮށް ފުރަތަަމަ ފަހަރަށް ޗެމްޕިއަންކަން ޤަތަރު ހޯދިއެވެ.