-
-
ކޮންމެހެން ދެއްވަންޖެހޭ ޚިދުމަތްތައް ދެއްވުމަށް ސަރުކާރުގެ އިދާރާތައް ހުޅުވާ މުއްދަތު 2020 ޖުލައި 1 ވަނަ ދުވަހުން ފެށިގެން 2020 ޖުލައި 2 ވަނަ ދުވަހުގެ ނިޔަލަށް، ރައީސުލްޖުމްހޫރިއްޔާ އިތުރުކުރައްވައިފި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް---

ކޮންމެހެން ދެއްވަންޖެހޭ ޚިދުމަތްތައް ދެއްވުމަށް ސަރުކާރުގެ އިދާރާތައް ހުޅުވާ މުއްދަތު 2020 ޖުލައި 1 ވަނަ ދުވަހުން ފެށިގެން 2020 ޖުލައި 2 ވަނަ ދުވަހުގެ ނިޔަލަށް، ރައީސުލްޖުމްހޫރިއްޔާ އިތުރުކުރައްވައިފި

ސަރުކާރުން ކޮންމެހެން ދެއްވަންޖެހޭ ޚިދުމަތްތައް ދެއްވުމަށް ސަރުކާރުގެ އިދާރާތައް ހުޅުވާ މުއްދަތު 2020 ޖުލައި 1 ވަނަ ދުވަހުން ފެށިގެން 2020 ޖުލައި 2 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކުރައްވައި، މި މުއްދަތުގައި އޮފީސްތައް ހުޅުވާނީ ހެނދުނު 9:00 އިން މެންދުރު 1:00 އަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިފި އެވެ. މިކަން ހާމަކުރެއްވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އިއްޔެ ނެރުއްވި މި އަހަރުގެ 21 ވަނަ ނަންބަރު ދެންނެވުމުގައެވެ.

ADS BY FENVARU

މި މުއްދަތުގެ ތެރޭގައި އިދާރާތަކަށް ރައްޔިތުން ހާޒިރުވެގެން ޚިދުމަތް ހޯދުމުގެ ފުރުޞަތު، އާންމުކޮށް ހުޅުވައިނުލެއްވިނަމަވެސް، އެ އިދާރާއެއްގެ ވަޒީރު ނުވަތަ އެ އިދާރާއެއްގެ އެންމެ އިސްވެރިޔާ ކަނޑައަޅުއްވާ ގޮތެއްގެ މަތިން، ރައްޔިތުންނަށް ކޮންމެހެން ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް އެ އިދާރާއަކުން ދެއްވުމަށް ވަނީ އަންގަވާފަ އެވެ.

ސަރުކާރުގެ އޮފީސްތައް ހުޅުވަން ހަމަޖެއްސެވި ވަގުތުތަކުގެ އިތުރުން އެހެން ވަގުތެއްގައި ސަރުކާރުގެ އިދާރާއެއް ހުޅުވައިގެން ކޮންމެހެން ޚިދުމަތެއް ދެއްވަން ޖެހިއްޖެ ހިނދެއްގައި، އެ އިދާރާއެއްގެ ވަޒީރު ނުވަތަ އެންމެ އިސްވެރިއަކު ކަނޑައަޅުއްވާ ގޮތެއްގެ މަތިން އެ އިދާރާއެއް ހުޅުވައިގެން ޚިދުމަތްތައް ދެއްވުމަށް ވަނީ އަންގަވާފަ އެވެ.

ސަރުކާރުގެ އޮފީހެއް ހުޅުވައިގެން ޚިދުމަތްތައް ދެއްވާނީ އެ އޮފީހަކުން ދެއްވާ ޚިދުމަތްތަކުގެ ތަފްސީލު ހެލްތް ޕްރޮޓެކްޝަން އެޖެންސީއަށް އެ އޮފީހަކުން ހުށަހެޅުއްވުމުން، އެ އެޖެންސީން ކަނޑައަޅުއްވާ ގޮތެއްގެ މަތިން އަދި އެ އެޖެންސީން ކަނޑައަޅުއްވާ މިންގަނޑުތަކާއި އުސޫލުތަކާ އެއްގޮތްވާގޮތުގެ މަތިންކަމަށާއި، ސަރުކާރުގެ އޮފީހެއް ހުޅުވިނަމަވެސް، މިހާރެކޭވެސް އެއްފަދައިން، ގޭގައި މުވައްޒަފުން ތިބެގެން ދެއްވެން ހުރި ޚިދުމަތްތައް ގޭގައި ތިއްބަވައިގެން ދެއްވުމަށާއި، އޮންލައިންކޮށް ދެއްވެން ހުރި ޚިދުމަތްތައް އޮންލައިން ދެއްމުން ގެންދިއުމަށްވެސް ވަނީ އޮފީސްތަކަށް އަންގަވާފަ އެވެ.