-
-
ފުޅަދޫ އެފްވައިޑީއެސްގެ ފަރާތުން އެރަށު ސްކޫލަށް މާސްކު ހަދިޔާކޮށްފި އެފްވައިޑީއެސްގެ ފަރާތުން ފުޅަދޫ ސްކޫލަށް މާސްކު ހަދިޔާ ކުރުން. / ފޮޓޯ:އެފްވައިޑީއެސް ޕޭޖް

ފުޅަދޫ އެފްވައިޑީއެސްގެ ފަރާތުން އެރަށު ސްކޫލަށް މާސްކު ހަދިޔާކޮށްފި

ބ.ފުޅަދޫ ޖަމިއްޔާއެއް ކަމަށްވާ ފުޅަދޫ ޔޫތު ޑިވެލޮޕްމެންޓް ސޮސައިޓީ ( އެފްވައިޑީއެސް ) ގެ ފަރާތުން އެރަށު ސްކޫލަށް ފޭސްމާސްކްތަކެއް ހަދިޔާކޮށްފިއެވެ.

ADS BY FENVARU

އެ ޖަމިއްޔާއިން މަޢުލޫމާތު ދިން ގޮތުގައި މާސްކު ހަދިޔާ ކުރީ ކޮވިޑް-19 އަށް ފަހު ، ސްކޫލުތައް އަލުން ހުޅުވޭއިރު ، އާ ޢާއްމު ޙާލަތުގައި ސްކޫލުގެ ދަރިވަރުންނާއި މުވައްޒަފުންނަށް އެހީތެރިވިދީ އެއްބާރުލުން ދިނުމުގެ މަޤްޞަދުގައެވެ.

ޖަމިއްޔާގެ ބަޖެޓުން ޚަރަދުކޮށްގެން ޖުމްލަ 60 މާސްކު ހަދިޔާ ކުރެވުނުކަމަށާއި އެއީ ފުޅަދޫ ސްކޫލުގެ ދަރިވަރުންނާއި މުވައްޒަފުންނަށް ކަމަށް ޖަމިއްޔާއިން މަޢުލޫމާތުދިނެވެ.

ބ.ފުޅަދޫ ސްކޫލަކީ 42 ދަރިވަރުން ތަޢުލީމު ޙާޞިލް ކުރަމުންދާ ސްކޫލެކެވެ.

29 ޖުލައި 2019 ވަނަ އަހަރު ރަޖިސްޓްރީ ކުރި ފުޅަދޫ ޔޫތު ޑިވެލޮޕްމެންޓް ސޮސައިޓީ ( އެފްވައިޑީއެސް ) އަކީ ފުޅަދޫގައި ދީނީ ހޭލުންތެރިކަން އިތުރު ކުރުމާއި ކުޅިވަރުގެ ރޫޚް އާލާ ކުރުމާއި އިޖްތިމާޢީ ގުޅުން ހަރުދަނާކޮށް ، ރަށުގެ ތަރައްޤީއާއި ތަޢުލީމު ކުރިއެރުމާއި ރައްޔިތުންގެ އެއްބައިވަންތަކަމުގެ ގުޅުން އާލާ ކުރުމަށް އުފެއްދި ޖަމިއްޔާއެކެވެ.

މި މަޤްޞަދުތައް ޙާޞިލުކުރުމަށް ރެޑްކްރެސެންޓާއި ގުޅިގެން ސްޓެންޑާޑް ފަސްޓްއެއިޑް ޕްރޮގްރާމަކާއި ރަށު މިސްކިތުގެ މިހުރާބުގެ އަލުން ހެދުމާއި މިދިޔަ ރަމަޞާން މަހު އައްޝައިޚް ފަޟްލޫން މުޙައްމަދުގެ ދަރުސެއް އެ ޖަމިއްޔާއިން އިންތިޒާމުކޮށް ޖަމިއްޔާގެ ޕޭޖުން ލައިވް ކޮށްފައިވެއެވެ.