-
-
ތ. އަތޮޅު އެފްސީ އެސްސީ އާއެކު ފުލުހުން މަޝްވަރާ ބައްދަލުވުމެއް ކުރިއަށް ގެންގޮސްފި ފޮޓޯ/ޕޮލިސް

ތ. އަތޮޅު އެފްސީ އެސްސީ އާއެކު ފުލުހުން މަޝްވަރާ ބައްދަލުވުމެއް ކުރިއަށް ގެންގޮސްފި

ފުލުހުންނަށް ހުށަހެޅޭ މައްސަލަތަކުގެ ތަހުގީގު އިތުރަށް އަވަސްކޮށް ހަރުދަނާ ކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ތ. އަތޮޅުގައި މަސައްކަތްކުރާ ފުލުހުންނާއި ތ. އަތޮޅު ފެމިލީ އެންޑް ޗިލްރަން ސަރވިސް ސެންޓަރާއެކު މަޝްވަރާ ބައްދަލުވުމެއް ކުރިއަށް ގެންގޮސްފި އެވެ.

ADS BY FENVARU

ފުލުހުން ހާމަކުރެއްވި ގޮތުގައި މިއަދު ކުރިއަށް ގެންދިޔަ އެ ބައްދަލުވުމުގައި، ކުޑަކުދިންގެ މައްސަލަތައް ތަހުގީގުކޮށް ކުރިއަށް ގެންދިއުމުގައި ކުރިމަތިވާ ގޮންޖެހުންތައް ހައްލުކޮށް މައްސަލަތަކުގެ ތަހުގީގު އަވަސް ކުރުމަށް ދެފަރާތް ގުޅިގެން ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކޮށްފައިވެ އެވެ. އޭގެ އިތުރުން، ކުޑަކުދިންގެ ހައްގުތައް ކަށަވަރު ކޮށް ކުޑަކުދިންގެ މައްސަލަތަކަށް މުޖުމަތަމައު ލޯހުޅުވައި ހޭލުންތެރި ކުރުމުގައި ތ. އަތޮޅު ފެމިލީ އެންޑް ޗިލްރަން ސަރވިސް ސެންޓަރާއި ފުލުހުން ގުޅިގެން، މިހާރަށްވުރެ ރަނގަޅަށް މަސައްކަތްކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާ ކޮށްފައިވެ އެވެ.

އެ ބައްދަލުވުމުގައި، ތ. އަތޮޅު ކޮމާންޑަރ ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އިބްރާހީމް ޝާކިރުއާއި ތ. އަތޮޅު ފެމިލީ އެންޑް ޗިލްރަން ސަރވިސް ސެންޓަރުގެ ޖެންޑަރ ސޯޝަލް ސަރވިސް އޮފިސަރ އާދަމް ރިފާޒު ބައިވެރިވި އެވެ.