-
-
ތަޙްޤީގަށް ހޯދާ މީހެއްގެ ފޮޓޯއާއި ވަނަވަރު އާއްމުކުރައްވައިފި

ތަޙްޤީގަށް ހޯދާ މީހެއްގެ ފޮޓޯއާއި ވަނަވަރު އާއްމުކުރައްވައިފި

ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ހާޒިރު ނުކުރެވިފައިވާ މީހަކު ހޯދުމަށް އެމީހާގެ ފޮޓޯއާއި ވަނަވަރު އާއްމު ކުރައްވައިފި އެވެ.

ADS BY FENVARU

ފުލުހުން ހާމަކުރެއްވި ގޮތުގައި ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓް ރައްދުކުރެވިފައިނުވާތީއާއި އާއިލާއަށްވެސް އުޅޭ ވަކިތަނެއް އެނގިފައިނުވާތީ، ޖިނާއީ މައްސަލަތައް ތަޙުޤީޤުކުރުމުގައި ފުލުހުން ޢަމަލުކުރާނެ އިޖުރާއަތުގެ ޤަވާއިދުގެ 27 ވަނަ މާއްދާގައި ވާގޮތުގެ މަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކުރައްވާފައިވާ ކަމުގަ އެވެ.

ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ މައްސަލައަކާއި ގުޅިގެން ހާޒިރު ކުރަން ބޭނުންވެ ނުފެނިފައިވަނީ ޢުމުރުން 40 އަހަރުގެ ހއ. ކެލާ، ކުރަނގާފުށި، އަޙްމަދު ރަޝީދު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު: A098437 އެވެ.

ފުލުހުން ހާމަކުރެއްވި ގޮތުގައި އެމީހާ ހާޒިރުކުރެވޭ ހައިސިއްޔަތަކީ ފުރަބަންދާ ޚިލާފުވި މައްސަލައެއްގެ ތަހުގީގަށް ސުވާލުކުރުމަށެވެ. އަދި މި ހިނގާ ޖުލައިމަހުގެ 08 ވަނަ ދުވަހުގެ 11:00 އަށް ޝަޙީދު ޙުސައިން އާދަމް ބިލްޑިންގ އަށް ހާޒިރުވުމަށް އަންގައި އެކަން ވަނީ އިޢުލާނު ކުރައްވާފައެވެ.