-
-
އެއްވެ އުޅުމުގެ މިނިވަންކަމުގެ ޤާނޫނަށް ޖާބިރު ހުށަހެޅުއްވި އިޞްލާޙް އަނބުރާ ގެންދަވާފައި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު--- ފޮޓޯ/ މަޖިލިސް އިދާރާ

އެއްވެ އުޅުމުގެ މިނިވަންކަމުގެ ޤާނޫނަށް ޖާބިރު ހުށަހެޅުއްވި އިޞްލާޙް އަނބުރާ ގެންދަވާފައި

ޞުލްޙަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ޤާނޫނަށް ހުށަހެޅުއްވި އިޞްލާޙް އަނބުރާ ގެންދަވާފައި ވާކަމުގައި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު ވިދާޅުވެއްޖެ އެވެ.

ADS BY FENVARU

"ފެންވަރު އޮންލައިން" ނަށް މަޢޫލޫމާތު ދެއްވަމުން ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު ވިދާޅުވީ ޞުލްޙަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ޤާނޫނަށް ހުށަހެޅުއްވި އިޞްލާޙް އަނބުރާ ގެންދެވީ އެ އިޞްލާޙަށް އިތުރު ފުރިހަމަކަމެއް ގަނައުމަށްޓަކައި ކަމުގައެވެ.

ޖާބިރު ވިދާޅުވީ އެނަމިކުފާނު ހުށަހެޅުއްވި އިޞްލާޙު އަނބުރާ މަޖިލީހަށް ވައްދާނެކަމަށާއި އެ ޤާނޫނު އިސްލާހު ކުރާއިރު ވަރަށް ގިނަ ކަންތައްތަކެއް އިތުވެގެން ދާނެ ކަމުގައެވެ. އަދި އެއްވެ އުޅުމުގެ ޤާނޫނުގައި މިހާރު އޮތްގޮތުން ސަރުކާރު ވައްޓާލަން ބަޔަކު ރާވާފާނެ ކަމަށާއި، އެކަމުގެ ނާޖާއިޒު ފައިދާ ނެގުމަކީ އެމަނިކުފާނު ބޭނުންވެ ލައްވާ ކަމެއް ނޫންކަމުގަ އެވެ. އެހެން ކަމުން  އެފަދަ ކަމެއް ރާވާބަޔަކަށް އެފަދަ ފުރުސަތެއް ނެތްގޮތަށް ބިލް އިސްލާހު ކުރުމަށް ފަހު އަލުން ހުށަހަޅުއްވާނެ ކަމުގައިވެސް ޖާބިރު ވިދާޅުވި އެވެ.

ޖާބިރު ވިދާޅުވީ މި ވެރިކަން ގެނައީ އެމަނިކުފާނު ވަރަށް ބޮޑު ޤުރުބާނީތަކެއް ވެގެން ކަމަށާއި، އެހެން ކަމުން ކޮންމެ ފަހަރަކު ވެރިކަމަށް އަންނަމީހާ މަގުމަތިން ވައްޓައިލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމުގަ އެވެ.

ޖާބިރު ވިދާޅުވީ އެމަނިކުފާނު ހުށަހަޅުއްވާ އިޞްލާހުގެ ސަބަބުން އެއްވެ އުޅުމުގެ މިނިވަންކަމަށް އެއްވެސް ހުރަހެއް ނެތްކަމުގައެވެ. އަދި ކުރިއެކޭ ވެސް އެއްގޮތަށް އެއްވެ އުޅުމުގެ މިނިވަންކަން ލިބޭނެ މަގު ތަނަވަސްކޮށްދެއްވާނެ ކަމަށްވެސް ޖާބިރު ވިދާޅުވި އެވެ.

ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު ރައްޔިތުންގެ މަޖިލީހަށް އެ ބިލް ހުށަހަޅުއްވާފައި ވަނީ މިދިޔަ އަހަރުގެ އޯގަސްޓު މަހުގެ 19 ވަނަ ދުވަހު އެވެ.

0 ޚިޔާލު