-
-
އެޕޮއިންޓްމަންޓް ހެއްދުމުގެ ޚިދުމަތް 24 ގަޑިއިރަށް ބަދަލުކޮށްފި އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް / ފޮޓޯ : އުނގޫފާރު ޑޮޓްކޮމް ޕޭޖް

އެޕޮއިންޓްމަންޓް ހެއްދުމުގެ ޚިދުމަތް 24 ގަޑިއިރަށް ބަދަލުކޮށްފި

ރ.އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން ޑޮކްޓަރަށް ދެއްކުމަށް އެޕޮއިންޓްމެންޓް ހެއްދުމުގެ ޚިދުމަތް 24 ގަޑިއިރަށް ދޭން ފަށައިފިއެވެ.

ADS BY FENVARU

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ މެނޭޖަރ އިބްރާހީމް ޒަޔާން ވިދާޅުވީ އެޕޮއިންޓްމެންޓް ހެއްދުމުގެ ޚިދުމަތް 24 ގަޑިއިރަށް ދޭން ނިންމީ ކުރިން ހަވީރު 4 އިން ރޭގަނޑު 12 އަށް އެޕޮއިންޓްމެންޓް ހެއްދުމުގެ ޚިދުމަތް ދިން އިރު ، ވަގުތު ކުޑަވުމުގެ ޝަކުވާ ލިބެމުންދާތީ ، ރައްޔިތުންނަށް ލުއި ފަސޭހަ ކޮށްދިނުމުގެ ބޭނުމުގައި ކަމަށެވެ. ރާއްޖޭގެ ކޮންމެ ސަރަހައްދެއްގައި އުޅޭ މީހަކަށްވެސް އުނގުފާރު ހޮސްޕިޓަލަށް ޑޮކްޓަރަށް ދެއްކޭނެ ކަމުގެ ޔަޤީންކަން މިހާރު ލިބިގެންދާނެކަމަށް ވެސް ޒަޔާން ވިދާޅުވިއެވެ.

އެޕޮއިންޓްމެންޓް ހައްދަން ޖެހެނީ ހަމައެކަނި ބަލިބަލީގެ ޚާއްޞަ ޑޮކްޓަރުން ދެއްކުމަށެވެ. ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ ހެނދުނު 8 އިން ހަވީރު 4 އަށް އަދި ހަވީރު 4 އިން ރޭގަނޑު 12 އަށް ޚާއްޞަ ޑޮކްޓަރުން ބަލިމީހުން ބަލާނެއެވެ.

އުނގޫފާރު ހޮސްޕިޓަލަކީ މި ސަރަހައްދުގެ އެކިއެކި އަތޮޅުތަކުން ގިނަ ބަޔަކު ޑޮކްޓަރަށް ދެއްކުމަށް ދާ ހޮސްޕިޓަލެކެވެ. އުނގޫފާރު ހޮސްޕިޓަލް ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލަކަށް ތަރައްޤީ ކުރުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.

" ރ.އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަކީ ސަރަހައްދުގެ ގިނަ ބަޔަކު ކޮންމެ ދުވަހަކު ޚިދުމަތް ހޯދަމުން އަންނަ ހޮސްޕިޓަލެއް. ކޮވިޑް19 ގެ ފުރަބަންދަށްފަހު އާ އާދަތަކާއެކު އަނބުރާ އާއްމު ހާލަތަށް ބަދަލުވުމުގެ މަރުހަލާ ފެށިފައިވާ މިދުވަސްވަރުވެސް މިތަނުން ޚިދުމަތް ލިބިގަތުމަށް އެކި އަތޮޅުތަކުގެ އެކި ރަށްރަށުގެ ވަރަށްގިނަ ރައްޔިތުން ދަނީ އުނގޫފާރަށް ޒިޔާރަތް ކުރަމުން. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލަކަށް ތަރައްޤީކުރުމަށް ފެށިފައިވާ މަސައްކަތަކީ އުނގޫފާރާއި ރ.އަތޮޅުގެ އިތުރުން މުޅި ސަރަހައްދުގެ ރައްޔިތުންގެވެސް އެތައް ދުވަހެއްވީ އުއްމީދުތަކަކާ ގުޅިފައިވާ މަސައްކަތްތަކެއް" ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު މިއަދު ފޭސްބުކް ސްޓޭޓަސް އެއްގައި ވިދާޅުވެފައިވެއެވެ.