-
-
ވާދޫ އަށް ވަރަށް ބޮޑަށް އުދައަރައިފި ރ.ވާދޫއަށް އުދައަރަނީ. / ފޮޓޯ : ރ.ވާދޫ ކައުންސިލް ޕޭޖް

ވާދޫ އަށް ވަރަށް ބޮޑަށް އުދައަރައިފި

މާޅޮސްމަޑުލު އުތުރުބުރީގައި ވާދޫ އަށް ވަރަށް ބޮޑަށް އުދައަރައިފި އެވެ.

ADS BY FENVARU

ވާދޫ ކައުންސިލްގެ ރައީސް ވިދާޅުވީ ވާދޫ އުތުރު ކޮޅުން ރަށަށް 500 ފޫޓާ ހަމަޔަށް އަދި އިރުމަތީ ކޮޅުން 100 ފޫޓާ ހަމައަށް އުދަ އެރިކަމަށެވެ.

އެރަށު އޮޑިހަރުގެޔަކަށް ވަރަށް ބޮޑަށް އުދައިގެ އަސަރުކޮށްފައިވާ ކަމަށާއި ތަކެއްޗެއް ވެސް ލޮނުގެ އަސަރުކުރި ކަމަށް މަޢުލޫމާތު ލިބިފައިވާ ވެއެވެ.

ކައުންސިލްގެ ރައީސް ވިދާޅުވީ މިހާރު  ރައްޔިތުން ގެންދަނީ ވެލި ބަސްތާތައް ޖެހުމުގެ މަސައްކަތް ކަމަށެވެ.

މިދުވަސްވަރު ރާއްޖޭގެ އެކިހިސާބުތަކަށް އުދައަރަމުންދާކަމަށް މަޢުލޫމާތު ލިބިފައިވާ ވެއެވެ.