-
-
ބަނަވި ހަޔާތް-19

ބަނަވި ހަޔާތް-19

ޝައުނާ ދާން އެބުރުނު އިރު ކުރިމަތީގައި ހުރީ ފަތީނާއެވެ.

ADS BY FENVARU

ފަތީނާ ފެނުމުން ޝައުނާ ކޮޓަރިއާ ދިމާލަށް ދުއްވައިގަތެވެ. ފަތީނާ އޭނަގެ ދިގުއަތުން ޝައުނާގެ އިސްތަށިގަނޑުގައި ހިފާ ކައިރިޔަށް ދަމައިގަތެވެ.

"އައްދިއްޔޯއި! ދޫކުރޭ!"

"ކަލެޔަށް ދެން ސަލާމަތެއް ނެތް. ތީ އަހަރެންގެ ކޮއްކޮއެއް ނޫން. އިހާނެތި ގޮތަކަށް މަގޭ ފިރިމީހާ މަރާލާފައި އަދިވެސް މަވީ ކަލޭ ދޫކޮށްލަން. އުހު. އަހަރެންގެ އަތްދަށުން ދެން ކަލެޔަށް ސަލާމަތެއް ނުވެވޭނެ. ކަލެޔަށްވުރެ އަހަރެން މާ ބާރުގަދަވާނެ." ފަތީނާ ޝައުނާގެ އިސްތަށިގަނޑަށް ދަމަމުން ބުނެލިއެވެ.

"ޝަފްނާ! ޝައުނާ ދޫކޮށްލާ! ޝަފްނާ ތިހިރީ އިންސާނުންގެ ހުރިހާ ސިފައެއް ލިބިފަ. ބަލަ ތީ ޝަފްނާގެ ކޮއްކޮއޭ." މިހެންބުނެ އެމީހުންގެ ކާފަ ފަތީނާގެ އަތުގައި ހިފިއެވެ.

"ކާފާ! މިދެމެދަށް ކާފަ ނުވަނިއްޔާ ރަގަޅުވާނީ. އޭނަ އެހެރީ އެޔަށްވުރެ މާ ދަށުދަރަޖައިގެ އަމަލު ހިންގާފަ. ފުރަތަމަ މަރާލީ މަގޭ ދަރި ދެން މަގޭ ފިރިމީހާ!" ފަތީނާއަށް މިހެންބުނެވުނުތަނާ ފަތީނާގެ އަތްދަށުން ސަލާމަތްވެގެން ފުރުސަތު ބަލާފަ ޝައުނާ ކޮޓަރިތެރެޔަށް ދެމިގަތެވެ.

ފަތީނާގެ ދެލޮލުން އަލިފާން ފޮނުވާލީ ޝައުނާއާ ދިމާލަށެވެ. އެކަމަކު ކާފަ ކުރިމައްޗަށް އެރުމުން އެއަލިފާނުގައި އަދައިގެން ދިޔައީ އެދެމީހުންގެ ކާފައެވެ. ފަތީނާ އަޅާވެސްނުލާ ދުވެފައި ގޮސް ފާރުގެ ތެރެއިން ދެމިގަންނަން އުޅުމުން އޭނައަށް އެކަމެއް ނުވިއެވެ. ކުއްލިއަކަށް ހަދާންވީ އެގެޔަކީ އެމީހުންނަށް ރައްކާތެރި ގޮތަކަށް ހަދާފައިވާ ގެޔެއް ކަމެވެ. އެކަހަލަ އެއްވެސް ބާރަކަށް ފާރުގެ ތެރެއިން އެތެރެޔަށް ނުވަދެވޭނެއެވެ. ފަތީނާ އައި ރުޅީގައި އުދުހި ދިޔައީ ޝައުނާ ފެނޭތޯއެވެ. އެކަމަކު މިފަހަރުވެސް ޝައުނާ ސަލާމަތްވީއެވެ.

އާދައިގެ މަތިން ފިހާރައިން ނިމިގެން ނީލް ގެޔަށް އައި މަގުމަތީގައި ފަތީނާ ހުރީ ނީލްއަށް ހަމަލާދޭން ތައްޔާރަށެވެ. ފިހާރައިން ނުކުމެގެން ދަނިކޮށް މީހަކު ގޮވާލި އަޑުއިވިގެން ނީލް އެބުރި ބަލާލިއެވެ. އެއްވެސް މީހަކު ފެންނަން ނެތުމުން ނީލް ބިރުގަތެވެ. އެރަށު މީހުން ރޭގަނޑު ގެއިން ނުނުކުމެއެވެ. އެހެންކަމުން ރަށުތެރެ އޮންނަނީ ފަޅުވެފައެވެ. ނީލް އޭނަގެ ހިގުން ބާރުކޮށްލިއެވެ. ނީލް ހިގާވަރަކަށް ފަހަތުން މީހަކު ހިގާ އަޑުއިވެއެވެ. ބާރަށް ހިގާފައިގޮސް ގޯޅިއަކުން އަޅާލުމުން ނީލްއަށް ފެނުނީ ކުރިމަތީގައި ދެފިޔަގަނޑުލާފައި ހުރި އެއްޗެކެވެ.

"މިރެޔަކު ސަލާމަތެއް ނެތް." ނީލްގެ ހިތަށްއެރިއެވެ. ނީލް ބަލާލީ އަތުގައި ތަވީދު އޮތްތޯއެވެ. ތަވީދު ނެތުމުން ބޮޑަށް ބިރުގަތީއެވެ. ފަހަތުން މީހަކު އަންނަހެން ހީވާތީ އަބުރާ ދެވޭކަށް ނެތެވެ. ކުރިމަތިން ފެންނަން ހުރީ ބިރުވެރި ސިފަޔަކަށް ހުރި އެއްޗެކެވެ. މަގުމަތީ ޖަހާފައި ހުންނަ ހޮޅިދަނޑިއެއްހާ ދިގު، ފަންދިގު އިސްތަށިގަނޑު ބިންމަތީގައި ޖެހެއެވެ. ދެފިޔަގަނޑު ހުރިކަންވެސް އެގެއެވެ. ނީލް ބަލަހައްޓައިގެން ހުއްޓާ އޭތި ކައިރިވަމުން ދިޔައެވެ. ފަހަތަށް އެންމެ ފިޔަވަޅެއް އަޅާކަށްވެސް ނީލްއަށް ނުކެރުނެވެ.

ކައިރިވި ވަރަކަށް އޭތީގެ ސިފަ ފެނުނެވެ. މުޅި މޫނުގައި ހުރީ މަހުގައި ހުންނަ ގޮތަށް ހުޅުބުން ފުރާލާފައެވެ. ރަތްކުލައިގެ ދެލޯ ފެންނަން ހުއްޓެވެ. ކައިރިވަމުން އަގަހުޅުވާލުމުން އަގައިގައި ހުރި ދިގު ދެދަތް ނީލްއަށް ފެނުމުން ބިރުން ރޮވޭގޮތްވިއެވެ. ޖީބުގައި އޮތް ފޯނުމަތިން ހަދާންވެގެން ފޯނުނަގައި ހުޅުވާލިތަނުން އޭތިގެ ފިޔަގަނޑުން ޖަހާ ނީލް އެއްލާލިއެވެ. ނީލް ގޮސް ޖެހުނީ ފާރެއްގައެވެ. ބޯ ފަޅައިގެން ގޮސް ލޭ ފޭބިކަން އެގުނެވެ. ދެންވީގޮތެއް ނޭގުނެވެ. ލޯމެރެމުުންދިޔަ ވަތުގު ފެނުނީ ބިރުވެރި ސިފަޔަށް ހުރި އެއްޗާ މީހަކާ ތަޅާފޮޅާ ތަނެވެ. ނީލް ހޭނެތުނީއެވެ.

ދީމާހުރީ ނީލް ނައިސްގެން ލަސްވެފައެވެ. ނީލްގެ ކޯލެއް އައުމުން ދީމާ ދުއްވައިގެވެ. ފޯނުން ވާހަކަދެއްކި މީހަކު ބުނީ ނީލް މަގުމަތީ ވެއްޓިފައި އޮތް ވާހަކައެވެ. ދީމާ ދިޔައީ ދެފިރިހެނުން ގޮވައިގެންނެވެ. އެމީހުން ނީލް ނަގައިގެން ގެޔާދިމާލަށް ހިގައިގަތުމުން ގަހެއްގެ ނިވަލުގައި ފިލައިގެން ހުރި ޝައުނާ ނުކުމެ ބަލަހައްޓައިގެން ހުއްޓެވެ. ދީމާއަށް ގުޅީ ޝައުނާއެވެ. ނީލްގެ ހާލު ފެނިފައި ޝައުނާ ހުރީ ރޮވިފައެވެ. ފަތީނާގެ ކިބައިން ނީލް ސަލާމަތްކުރީ ނީލްގެ ފަހަތުން އައި ޝައުނާއެވެ.

ގެޔަށް ގެނައުމަށްފަހު ވާފިރުބެ ފެންކިޔަވާފައި ޖެހުމުން ނީލްއަށް ހޭވެރިކަންވިއެވެ.

"ކާކު އަހަރެން ގެޔަށް ގެނައީ." ފުރަތަމަވެސް ނީލް އެހީ އެހެންނެވެ.

"މީހަކު ގުޅާފަ ބުނުމުން އަހަރެން ދިޔައިއިރު ނީލް ފެނުނީ ހޭނެތިފައި އޮތްވާ." ދީމާ ބުނެލިއެވެ.

"އަހަރެން ދުށިން. ކޮންމެވެސް މީހަކު އަހަރެން ސަލާމަތްކުރީ!"

"ޝައުނާ!" ވާފިރުބެ ބުނެލިއެވެ.

"ތިބުނީ!" ދީމާ އަހާލިއެވެ.

"މިބުނީ މިރޭ ނީލް ސަލާމަތްކުރީ ޝައުނާއޭ. އެދެޖިންނި މިރޭ ހަގުރާމަކުރީ. އެކަކު ބޭނުންވަނީ ނީލް މަރާލަން އެކަމަކު ޝައުނާ ބޭނުންވަނީ ނީލް ސަލާމަތްކުރަން."

"ކީއްކުރަން ޝައުނާ އަހަރެން ސަލާމަތްކުރާނީ!" ނީލް ބުނެލިއެވެ.

"އެޖިންނި އަދިވެސް ލޯބިވޭ ނީލް ދެކެ. އޭތި ދުނިޔޭގަ ހުރިހިދަނކު ނީލްއަށް އެހެން މީހަކާ އެއްވެސް ގުޅުމެއް ނުބޭއްވޭނެ އަދި މީހަކާވެސް ނުއިދެވޭނެ."

އެރޭ އެއްކޮށް ނީލް ހޭދަކުރީ ޝެރިންގެ ހަދާނުގައި ފޮޓޯއަށް ބަލައިގެން އޮވެ ރޮއިރޮއިއެވެ.

ޖެހިގެން އައިރޭ ނީލް ފިހާރައަށް ނުދިޔައީ ގަސްތުގައެވެ. ރޭގަނޑު ފިހާރައިގައި ބޭރުމީހާ އެކަނި ބައިންދާގޮތަށް ނިންމާފައެވެ. ރޭގަނޑުގެ ކެއުމަށްފަހު ނީލް އޮތީ ކޮޓަރީގައި ފޯނުން ލަވަޖަހައިގެންނެވެ.

"ނީލް!" ހެޑްސެޓްގެ ދެކޮޅު ޖަހައިގެން އެންމެ އަޑުހަރުކޮށް ލަވަޖަހައިގެން އޮތްއިރުވެސް އެއަޑު ނީލްއަށް އިވުނެވެ.

ނީލް ބަލާލިއިރު ކުޑަދޮރު ކައިރީގައި ހުރީ ޝައުނާއެވެ.

"ޝައުނާ!" ނީލް ހެޑްސެޓް ނައްޓަމުން ބުނެލިއެވެ.

"ރޭގަ އަހަރެން ސަލާމަތްކުރީތީ ޝުކުރިއްޔާ!" ނީލް އެދުން ތެދުވިއެވެ.

"އަހަރެން އަދިވެސް.."

"އަހަންނަށް އެގޭ ނުބުންޏަސް. އަހަރެން ލޯބިވަނީ ހަމައެކަނި ޝެރިން ދެކެ. އަހަރެން ދުނިޔެމައްޗަށް ލާ ކޮންމެ ނޭވާޔަކު ވާނީ ޝެރިން." ނީލް މިހެނބުނުމުން ޝައުނާ ވަރަށް ދެރަވިއެވެ.

ޝައުނާ މަޑުމަޑުން އައިސް ނީލްގެ އަތުގައި ހިފިއެވެ. އެއަތް ފޮޅުވާލަން ނީލް އުޅުނެވެ. އެކަމަކު ނީލް އަމިއްލައަށް އެއްވެސް ހަރަކާތެއް ނުކުރެވުނެވެ. ޝައުނާ ނީލްގެ މޭގައި އަތްއަޅާފައި އެދުމައްޗަށް ނީލް ވައްޓާލިއެވެ. ޝައުނާ ނީލްގެ މޫނުގައި އަތްކާއްތާލިއެވެ. މޫނަށް ބޮސްދެމުންދިޔައިރު ޝައުނާގެ ކަރުނަތިކިތައް ނީލްގެ މޫނުމަތީ ބީހެމުން ދިޔައެވެ.

"ނޫން! އަހަންނަށް ތިހެން ނަހަދާ. އަހަރެންގެ ހަށިގަނޑަކީ ޝެރިންގެ ހައްގެއް. ޝައުނާއަށް އެއްވެސް ހައްގެއް ނޯންނާނެ އަހަރެންގެ ހަށިގަނޑުގައި ބީހެން." ޝައުނާ ނީލްގެ ތުންފަތްމަތީ އިގިލި އަޅާލުމުން ނީލްއަށް އިތުރަށް ވާހަކަ ނުދެއްކުނެވެ. ޝައުނާ ބޭނުން ހުރިހާ ކަމެއްކޮށް ނިމިގެން ދަމުން ޝައުނާ ނީލްގެ ކޮލަށް ދޮނެއް ދިނެވެ. ހަށިގަނޑުގައި އަޅާ ވޭނުން ނީލް ރޯން ފެށިއެވެ. ޝައުނާ އެދިޔައީ ދުވަހަކުވެސް ހިތުން ނުފިލާވަރުގެ އަނިޔާއެއް ނީލްގެ ހިތަށް ދީފައެވެ.

"އަހަރެން އަދި އަންނާނަން. އަހަރެން ބޭނުން ކޮންމެ ކަމެއް އަހަރެން ކުރާނަން. މިހުރިހާ ދުވަހު އުޅުނީ ނީލްގެ ލޯބި ހޯދަން. މިއިން އެއްވެސް ވާހަކައެއް އެއްވެސް މީހަކު ކައިރީ ބުނެފިއްޔާ އެމީހަކު މަރާނަން." ޝައުނާ ދަމުން ބުނި ވާހަކަ ނީލްގެ ކަންފަތުގައި ގުގުމާލިއެވެ.

އެރޭ ހަތަރުދަމު ނީލް އުޅެން ޖެހުނީ ނުނިދިގެންނެވެ. ގައިގެ އެކިތަންތަން ހިރުވައި ދިލަނަގާތީއެވެ. ބޮލުގައި ރިއްސާވަރުން ނިދިއަޔަސް ނުނިދުނެވެ. ތަދުކަޑުވާ ބޭސް ކެއުމުންވެސް ވީ ކަމެއް ނެތެވެ.

އެރެޔަށްފަހު ކޮންމެ ރެޔަކުވެސް ޝާއުނާ ނީލްއަށް މިހާލު ޖައްސައެވެ. ނީލް އިއންނަނީ ފާޑަކަށް ގަބު އަރާފައެވެ. މީހުންނާ ވާހަކަ ނުދައްކައެވެ. ގެއިން ބޭރަށްވެސް ނުދެއެވެ. ގޭގައި އުޅުނަސް އެއްވެސް މީހަކާ ވާހަކަ ނުދައްކައެވެ. އިންނަނީ އެކަނިއެވެ. މިކަން ފާހަގަކުރެވިގެން ދީމާ އައިސް ވާހަކަ ދައްކަން އުޅުމުންވެސް ނީލް ވާހަކަ ނުދައްކައެވެ.

އެންމެ ފަހުން ދީމާ ވާފިރުބެ ކައިރީ މިވާހަކަ ބުނުމުން ވާފިރުބެ ނީލްއާ ވާހަކަ ދައްކަން އެކޮޓަރިއަށް ދިޔައެވެ. ނީލް އޮތީ އެދުމަތީގައެވެ. ހަށިގަނޑުގައި އެއްވެސް ހެދުމެއް ނެތެވެ. ވާފިރުބެ ފެނުމުން ނީލް ގައިމަތީ ރަޖާއަޅައިގަތެވެ.

ނީލް ވާފިރުބެއަށް ހުރިހާ ވާހަކައެއް ކިޔައިދިނީ އެޖިންނި ކިބައިން އޭނަ ސަލާމަތްކުރާނެ ކަމުގެ ޔަޤީންކަން އޮތުމުންނެވެ.

ޝައުނާ ހުރީ ބަލަހައްޓައިގެންނެވެ. ވަގުތުން ދެލޯ ދިއްލާލިއެވެ. ނީލްއަށް ބަލާލެވުނީ ޝައުނާއަށެވެ. ޝައުނާގެ އިޝާރަތަށް ނީލް ވާފިރުބެ ކަރުގައި ވަޅިއަޅާލިއެވެ. ވާފިރުބެ މަރުވެގެން ވެއްޓުމުން ނީލްއަށް ހޭވެރިކަންވީއިރު ނީލްގެ އަތުގައި އޮތީ ލެއިން ފުރިފައިވާ ވަޅިއެކެވެ. ކޮންތާކުން އައި ވަޅިއެއް ކަމެއްވެސް ނޭގުނެވެ. ނީލް ވަގުތުން ވަޅި އެއްލާލިއެވެ. ވާފިރުބެއަށް ގޮވަން ފެށިއެވެ. އެހެންނަމަވެސް ކަރުގައި ވަޅިއެޅުމުން ވަގުތުން މަރުވީއެވެ.

(ނުނިމޭ)