-
-
24 ގަޑިތެރޭ 20 މިލިއަނަށްވުރެ ގިނަ ވިއުސް ލިބުނު ހަމައެކަނި ޓްރެއިލާ!

24 ގަޑިތެރޭ 20 މިލިއަނަށްވުރެ ގިނަ ވިއުސް ލިބުނު ހަމައެކަނި ޓްރެއިލާ!

ބޮލީވުޑްގެ މަޝްހޫރުތަރި ސުޝާންތު ސިންގ ރާޖްޕުތްގެ އެންމެ ފަހުގެ ފިލްމް "ދިލް ބޭޗާރާ"ގެ ޓްރެއިލާ އާއްމުކުރިތާ 24 ގަޑިއިރު ނުވަނީސް 20 މިލިއަނަށްވުރެ ގިނަ ވިއުސް ޓްރެއިލަރއަށް ލިބިފައިވެއެވެ.

ADS BY FENVARU

މިފިލްމުގެ ޓްރެއިލާ ނެރުނީ އިއްޔެ ކަމުގައި ވިޔަސް ސުޝާންތުގެ ފޭނުން ވަނީ މިޓްރެއިލާ ހިޓަކަށްހަދާފައެވެ. ނެރުނުތާ 16 ގަޑިއިރު ތެރޭ 21 މިލިއަން ލައިކް މިޓްރެއިލާއަށް ލިބިފައިވެއެވެ. 24 ގަޑިއިރުވެގެން ދިޔައިރު 4.3 މިލިއަން ލައިކްސް ވަނީ ލިބިފައެވެ. މީގެ ކުރިން މިވަރަށް ލައިކްސް ލިބި ޔޫޓިއުބްގެ އެންމެ ރޭޓް މަތިކޮށް އުޅުނީ އެވެންޖާސްގެ "އިންފިނިޓީ ވާ" އާއި "އެންޑް ގޭމް"އެވެ.

މިއީ ފަހުގެ ތާރީޚެއްގައި ހިންދީ ފިލްމެއްގެ ޓްރެއިލަރއަކަށް މިވަރުގެ ބޮޑު ތަރުހީބެއް ލިބުނު ފުރަތަމަ ފަހަރެވެ. ޓްރެއިލަރގައި ފިލްމުގެ މެއިން 2 ކެރެކްޓަރކަމަށްވާ "ކިޒީ" އާއި ""މަނީ" އަށް ދިރިއުޅުމުގައި ކުރިމަތިލާންޖެހޭ މުހިއްމު އިމްތިހާނުތައް ހިމެނޭހެން ފިލްމުގެ ސްޓޯރީލައިން ކުރުގޮތަކަށް ދައްކުވައިދެއެވެ. 2014 ވަނަ އަހަރު ރިލީޒްކުރި ހޮލީވުޑްގެ ކާމިޔާބު ފިލްމް "ދަ ފޯލްޓް އިން އަވަރ ސްޓާރސް"ގެ ހިންދީ ރީމޭކެކެވެ. މުކޭޝް ޗަބްރާ ޑައިރެކްޓްކުރާ މި ފިލްމުންވެސް ފެނިގެންދާނީ ކެންސަރު ޖެހިފައިވާ ދެ ޒުވާނުންގެ މެދުގައި ހިނގާ ލޯބީގެ ކަންތައްތަކެކެވެ. މިއީ މުކޭޝް ޑައިރެކްޓްކުރާ ފުރަތަމަ ފިލްމެވެ.

މި ފިލްމްގައި ސުޝާންތާއި އެއްކޮށް ލީޑްރޯލުން ފެނިގެންދާނީ ސަންޖަނާ ސާންގީއެވެ. އަދި ފިލްމުގެ މުހިންމު ރޯލަކުން ސައިފް އަލީ ޚާންވެސް ފެނިގެންދާނެއެވެ.

މިހާރު ސޯޝަލް މީޑިޔާގައި ދައުރުވަމުންދަނީ މިޓްރެއިލާގެ ޑައިލޮގްތަކެވެ. އެގޮތުން އެންމެ ގިނަ ބަޔަކު އަޅައިގަތީ ސުޝާންތު "އައި އޭމް އަ ފައިޓަރ" މިހެން ބުނާ ތަންކޮޅާއި، ޓްރެއިލަރ ނިމޭ ހިސާބުގައި ސުޝާންތު ބޭނުންކޮށްފައިވާ ބަސްކޮޅާއި، ދުނިޔެއަށް އުފަންވާނެ ދުވަހާއި މަރުވާނެ ދުވަހެއް ކަނޑައެޅުމަކީ އިންސާނުންގެ އިޚްތިޔާރުގައި އޮންނަކަމެއް ނޫންކަމަށާއި ނަމަވެސް ދުނިޔޭގައި ދިރިއުޅޭނީ ކިހިނެއްތޯ ނިންމުމުގެ އިޚްތިޔާރު އެއީ އިންސާނުންގެ އަތްމަތީ އޮންނަކަމެއްކަމަށް ސުޝާންތު ބުނެއެވެ.

ފިލްމް "ދިލް ބޭޗާރާ" ޑިޒްނީ ޕްލަސް ހޮޓްސްޓަރގައި ރިލީޒްކުރާނީ މި މަހުގެ 24 ވަނަ ދުވަހުއެވެ.

(ނިއުސް18)