-
-
ސަރުކާރު މިއަދު ސިފަކުރެވެނީ ނައިޓު ކްލަބެއް ގޮތަށް: ޢުމަރު ރައީސް ޞާލިޙް އަދި ޢުމަރު / ފޮޓޯ: ވީނިވްސް

ސަރުކާރު މިއަދު ސިފަކުރެވެނީ ނައިޓު ކްލަބެއް ގޮތަށް: ޢުމަރު

ކޮންމެދުވަހަކު ސަރުކާރުގެ އިސްވެރިންނާއި ގުޅޭ ޚަބަރުތައް ކިޔައިލުމުން ސަރުކާރު މިއަދު ސިފަކުރެވެނީ ޝަހުވަތުގެ ނައިޓު ކްލަބެއްގެ ގޮތަށްކަމަށް، ރިޔާސީ އިންތިޚާބުގައި ވާދަކުރަށްވާނެ ކަންވެސް ހާމަކުރަށްވާފައިވާ ޢުމަރު ނަޞީރު ވިދާޅުވެއްޖެއެވެ.

ADS BY FENVARU

މިފަދައިން ވިދާޅުވެ ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި؛ "ވެރިން މޫދުގައި ރާބޯންތިއްބެވި ވާހަކަ. ވަޒީރުން ވަޒީރުންނަށް ޖިންސީި ފުރައްސާރަކުރާ ފޯނުކޯލުތަކުގެ އަޑު. ރައީސް އޮފީހުގެ އިސްވެރިން ރަސްމީ ކަންކަމުގައި ގުޅާ އަންހެން ބޭފުޅުންނަށް ޖިންސީ ފުރައްސާރަކުރާ ވާހަކަ. ސަފާރީއެއްފައި "ރޯޔަލް ރޭޕް" ހިނގައި އެކަން ފަސްއަޅާ ފޮރުވި ވާހަކަ. މިދައުލަތުގެ ކަރާމަތާއި ޢިއްޒަތް ވެއްޔާ މޮޑެވިއްޖެ. މިނޫން އާމިސްރާބަކަށް ހިންގަވާ" އިތުރަށް ޢުމަރު ވިދާޅުވެފައި ވެއެވެ

މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީގޯނާ ކުރިކަމުގެ ތުހުމަތުކުރެވި، އެމުއްޒަފުންގެ ދުލުން ސީދާ ރައީސް ޞާލިޙަށް އެހާދިސާތައް ކިޔައިދިނުމާއިއެކު ރޭގެވަގުތެއްގައި ރައީސްވަނީ ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދު މަޤާމުން އިސްތިއުފާދެއްވުމަށް އަންގަވާފައެވެ. މިނިސްޓަރ ޢަލީ ވަޙީދު އަމިއްލަފުޅަށް އިސްތިޢުފާ ނުދެއްވުމާއިއެކު މިއަދުގެ ވަގުތެއްގައި ރައީސް ޞާލިހު ވަނީ ޢަލީ ވަޙީދު މަޤާމުން ވަކިކުރަށްވާފައެވެ.

މީގެ ކުޑަދުވަސްކޮޅެއް ކުރިން، މިއަދު ވަކިކުރެއްވި ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދާއި، ޓްރާންސްޕޯރޓު މިނިސްޓަރ ނަހުލާއާއިދެމެދު ދެކެވޭ ވާހަކަތަކެއްކަމަށްބުނެ އާންމުވި ކޯލުތަކަކާއި ގުޅިގެންވެސް ޢަލީ ވަޙީދުގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކުރެވުނެވެ. އަދި ކެންޔާގެ އަންހެނަކު ސަފާރީއެއްގައި "ރޭޕް" ކުރި ހާދިސާއަކާއި ގުޅިގެންވެސް ބޮޑެތި ތުހުމަތުތަކެއް ސަރުކާރުގެ އިސް ވެރިންގެ މައްޗަށްވެސް ކުރެވިގެން ދިޔައެވެ.

ރައީސް އޮފީހުގެ އިސް މަޤާމެއްގައި މިހާރުވެސް ހުންނެވި ފަރާތެއްގެ މައްޗަށް ޖިންސީގޯނާގެ ތުހުމަތުކޮށް ނޫސްވެރިޔަކު މީގެ ދެތިން މަސްދުވަސް ކުރިން، ރައީސް އޮފީހަށާއި ފުލުހުންގެ އިތުރުން އޭސީސީއަށްވެސް މައްސަލަ ހުށައަޅާފައި ވީނަމަވެސް އެމައްސަލަ ކުރިއަށް ނުދާކަމުގެ ކަންބޮޑުވުން ސީދާ އެނޫސްވެރިޔާ ސޯޝަލް މީޑިއާގައި އިއްޔަ ހާމަކުރަށްވާފައިވެސް ވެއެވެ.

ޖިންސީގޯނާގެކުށް ނުވަތަ ތުހުމަތުތަކާއި މެދުވެސް މިސަރުކާރުގެ ސިޔާސަތަކީ "ޒީރޯ ޓޮލަރެންސް" ކަމުގައި ރައީސް ޞާލިޙް ތަކުރާރުކޮށް ވިދާޅުވެފައިވެއެވެ. އަދި ރެޔާއި މިއަދުގެ ވަގުތެއްގައި ރައީސް ނިންމެވި ނިންމެވުމަކީ މިސިޔާސަތުތައް ތަންފީޒުކުރުމުގައި ޢަމަލީގޮތުން ދެއްކެވި ފުރިހަމަ ނަމޫނާއެއްކަމުގައި ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުގެ އިތުރުން އާންމު ރައްޔިތުންގެ ބަޔަކުވެސް ބުނަމުން ގެންދެއެވެ.

ނަމަވެސް އިދިކޮޅާއި އެހެނިހެން އާންމު ރައްޔިތުންވެސް ބުނަމުންގެންދަނީ ޢަލީ ވަޙީދުގެ މައްޗަށް ކުރެވުނު ތުހުމަތުތަކާއި ގުޅިގެން ރައީސްގެ ނިންމެވުން ބަލައިގަންނަކަމަށާއި އެހެންނަމަވެސް ރޭޕްއާއި ދެކޮޅަށް ގެންގުޅެވޭ ޒީރޯ ޓޮލަރެންސް ސިޔާސަތުވެސް "ސެލެކްޓިވް" ގޮތެއްގައި ގެންގުޅުއްވުން ބަލައިނުގަނެވޭނެ ކަމަށެވެ. އެއްވެސް އިސްތިސްނާއެއްނެތި ހަމަހަމަކަމާއިއެކު ފިޔަވަޅު އެޅުއްވުމަށް ޢުޒުރުވެރިވާނަމަ "ޒީރޯ ޓްލަރެންސް" ގައިވެސް އިޚްލާސްތެރިކަން ނެތީކަމުގައި އެފަރާތްތަކުން ގެންދަނީ ބުނަމުންނެވެ.

އަލް އިމާމް އިބްނު މާޖާ ރަޙްމަތު ﷲ ޢަލައިހި ނެރުއްވާފައިވާ ޙަދީޘް ބަސްފުޅެއްގައި ވެއެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީސް ފުޅުކުރެއްވިއެެވެ.

(لا تشرب الخمر، فإنها مفتاح كل شر)

"ރާ (ބަނގުރާ) ނުބޯށެވެ. ފަހެ ހަމަކަށަވަރުން ރަލަކީ އެންމެހައި ނުބައި ކަންތައްތަކުގެ ތަޅުދަނޑިއެވެ"

މީގެ ކުރިން ޚުޠުބާތަކުން އަޑުއިވޭ މަޝްހޫރު ޙާދިޘާއެއް އޮވެއެވެ. މިއުންމަތުގެ ތިންވަނަ ޚަލީފާ މާތްﷲ ރުއްސުންލެއްވި ޢުޘްމާނުގެ ފާނުގެ އަރިހުން ރިވާކުރިވިގެންވާ ހާދިޘާއެކެވެ. އަޅުވެރި އަކާއި އަޅައިގަތް ފާޙިޝް ޢަމަލުތަކަށް ލޯބިކުރާ އަންހެނަކާއި އަޅުވެރިޔާއާއި ދެމެދު ހިނގައިދިޔަ ހާދިސާއެކެވެ. އެ އަންހެނާ އޭނާގެ ޖާރިޔާ ފޮނުވައިގެން ދޮގުހަދައި އޮޅުވާލައިގެން އަޅުވެރިޔާ ކޮޓަރިއަކަށްގެނެސް ތަޅުލުމަށްފަހުގައި ކަންތައްވެގެންދިޔަ ގޮތުގެ ވަހަކައެވެ.

ކުރިމަތީގައި ރާތައްޓަކާއި ކައިރީގައި ކުޑަކުއްޖަކު ބެހެއްޓުމަށްފަހު ހުއްޓިހުރެ ހުށައެޅީ ތިންކަމަކުންކުރެ އެއްކަމެއް ކުރުމުން ނޫނީ ދޫނުކުރާނެކަމަވެ. އެއަންހެނާއާއިއެކު ޒިނޭ ކުރުމަށެވެ. ނުވަތަ ކުޑަކުއްޖާ ޤަތުލު ކޮށްލުމަށެވެ. ނުވަތަ ތަށީގައިހުރި ރާފޮދު ބުއިމަށެވެ.

އަޅުވެރިޔާ ހިތާއިތާއި ކިޔާލާފައި، މީހަކު މެރުމަކީ އިންތިހާއަށް ބޮޑު ފާފައަކަށްވާއިރު އަދި ޒިނޭކުރުމަކީ ރާބުއިމަށްވުރެ އޭގެޒާތުގައި ބޮޑު ފާފައަކަށްވާއިރު ތިން ފާފައިގެތެރެއިން އޭގެ ޒާތުގައި އަދި ޙައްދުގެ ގޮތުން އެންމެ ކުޑަ ފާފައަކަށް ވާނީ ރާބުއިންކަމަށް ހިތައި ރާބުޔެވެ. އެއަށްފަހު ބުއްދި ފިލައިގޮސް އެނއަންހެނާއާއެކު ޒިނޭކޮށް އަދިހަމަ ކުޑަކުއްޖާ ޤަތުލުވެސްކޮށް ތިން ފާފައަށްވެސް އަރަގަނެވުނެވެ.

މިޙާދިސާ ކިޔައިދެއްވަމުން ޢުޘްމާނުގެ ފާނު ވިދާޅުވިއެވެ؛

(اجتنبوا الخمر فإنها أم الخبائث)

"ތިޔަބައިމީހުން ރަލާއި ގާތްވެސް ނުވާހުށިކަމެވެ. ފަހެ ހަމަކަށަވަރުން ރަލަކީ އެންމެހައި ފާޙިޝްކަންތކުގެ މަންމައެވެ. (އެބަހީ އަސްލެވެ ނުވަތަ ފެށުމެވެ)"

މާތް ﷲގެ ވަޙީބަސްފުޅު މެނުވީ އެއިންސާނެއްގެ ދުލުން ނުނިކުންނަ އިންސާނާ، މިއުންމަތުގެ ނަބިއްޔާ މީގެ 1400 އެތަކެއްއަހަރު ކުރިން ވިދާޅުވެ ޚަބަރުދެއްވާފައިވާކަމެއް ހަނދާން ކޮށްލަމާހެއްޔެވެ!

އަލް އިމާމު ބުޚާރީ ނެރުއްވާފައިވާ ޙަދީޘެއްގައި ވެއެވެ. ނަބިއްޔާ ވިދާޅުވިއެވެ؛

(ليكونن من أمتي أقوام يستحلون الحر والحرير والخمر والمعازف)

"ތިމަން ކަލޭގެފާނުގެ އުންމަތުގެ ތެރެއިން ބަޔަކު އަންނާނެކަން ކަށަވަރެވެ. އެބަޔަކު ޒިނޭޔާއި ރަލާއި ފަށުވީގެ ފޭރާމާއި (ފިރިހެނުންނަށް) އަދި މިއުޒިކް ހުއްދަކުރާނެއެވެ"

މި ހަދީޘް ބަސްފުޅާއިމެދު ވިސްނާލައިގެން މެނުވީ ޖިންސީ ގޯނާ ނުވަތަ ރޭޕަކަށް "ޒީރޯ ޓޮލަރެންސް" އެއް ނާންނާނެއެވެ. ދުވަހަކުވެސް މެއެވެ. އުތެމަ އަދި އެމްޑީއެން ނޫނީ އެހެން ކޮންމެބަޔަކު ކިތައްމެ ވަރުގަދަ ދިރާސާއެއްކޮށް "ފުރިހަ" ރިޕޯޓެއް އެކުލަވާލައި ތަންފީޒު ކުރިކަމުގައި ނަމަވެސްއެވެ.

ނަބިއްޔާގެ މިޙަދީޘް ބަސްފުޅުގައި ބަޔާންކޮށްފައިވާ 4 ކަންތަކަށް ވިސްނާލަމާ ހެއްޔެވެ؟ އަދުގެ މުޖުތަމައުތަކުގައި އާންމުވެފައިވާ "ޕާޓީކުރުން" ނުވަތަ "ޑީޖޭ" ތަކުގައި މި ހަތަރު ކަންތައްވެސް ނުފެނޭހެއްޔެވެ؟ އަގުބޮޑެތި ކާރުގައި މޮޅެތި ފޭރާން (ސިލްކުފޭރާން) ލައިގެންގޮސް އިތުރުއެހެން އަޑެއްބަޑެއް ނީވޭވަރަށް މިއުޒިކު ޖަހާފައި ރާބޯލައިގެން ނަށަމުންގޮސް ދެންކުރަނީ ޒިނޭ ނޫންހެއްޔެވެ؟

މި ހަދީޘް ބަސްފުޅުގައި "ހުއްދަކުރާނޭ" މިބަސްފުޅުގެ މުރާދަކީ ޒިނޭ ހުއްދައޭ ބުނުމެއް ނޫނެވެ. އަދި ބަނގުރާ ހުއްދައޭ ބުނުމެއްވެސް ނޫނެވެ. މުސްލިމްނަމަށް ނިސްބަތްވާ އިންސާނަކަށްވެސް އެހެން ނުބުނެވޭނެއެވެ. ދީނުގެ ނައްސުތަކުން ކަނޑައެޅިގެން މަނާކުރެވިފައި ހުންނަކަންކަން މި އުންމަތުގައި ހުއްދަކުރެވެނީ އެހެން ނަމެއް ބޭނުންކޮށްގެނެވެ. މިއަދު ޒިނޭކިޔަނީ ކާކުހެއްޔެވެ؟ ޑޭޑް އަކަށް ދިޔުން ނޫންހެއްޔެވެ؟ ރުހުމުގައި ޖިންސީ ޢަމަލު ހިންގުން ނޫންހެއްޔެވެ؟ ރަލޭ ކިޔޭހެއްޔެވެ؟ ކޮންމެވެސް "މާރޓިނިސް" ނުވަތަ "ސޮފްޓް ޑްރިންކް" އެއް ނޫންހެއްޔެވެ؟

އުންމަތެވެ! އުންމަތެވެ! ދިވެހި މުސްލިމް އުއްމަތެވެ! ޒުވާނުންނޭވެ! ކަނބަލުންނޭވެ! އިސްލާމީ މިދައުލަތް ހިންގުމުގެ އަމާނާތް ކޮނޑުއެޅިފައިވާ މުސްލިމް ވެރިންނޭވޭ! ރާ އާންމުކުރެވިގެން ދާން ދޫކޮށްލެވޭނަމަ ޖިންސީ ގޯނާއާއި ރޭޕްއަކަށް ދުވަހަކުވެސް "ޒީރޯ ޓޮަލަރެންސް" އެއް ނުގެނެވޭނެއެވެ. އެޅޭ ފިޔަވަޅަކުން އުނިވާނީ އެންމެ ޢަދަދެކެވެ. ތިރިވާނީ 100 އިން 99 އަށެވެ. އިސާހިތަކު ހަމަ ކުރިންހުރި އިމަށް އަރާނެކަން ކަށަވަރެވެ. ޒިރޯ ޓޮލަރެންސް ގެނެވޭނެއެވެ. އެކަމަކު ގެނެވެން އޮންނަ މަގުން ނޫންތޯއެވެ؟ އެމަގު ޚިޔާރުކުރަމާ ބަހީއެވެ...