-
-
މާލެއިން ރަށަށް ދިޔަ މީހަކު ކޮވިޑްއަށް ފައްސިވެއްޖެ

މާލެއިން ރަށަށް ދިޔަ މީހަކު ކޮވިޑްއަށް ފައްސިވެއްޖެ

ކޮވިޑްއަށް ޓެސްޓުކުރުމަށް މާލެއިން ސާމްޕަލް ނެގި މީހަކު އޭނަގެ ރަށަށް ގޮސް ހުއްޓާ ކޮވިޑްއަށް ފައްސިވެއްޖެއެވެ.

ADS BY FENVARU

ވަގުތު ނޫހުން ބުނާގޮތުގައި މީގެ ދެތިން ދުވަސް ކުރިން މާލެއިން ހދ.ނޮޅިވަރަމަށް ގޮސް ކަރަންޓީނުގައި ހުއްޓާ މީހަކު މިވަނީ ފައްސިވެފައެވެ. އޭނާއާއެކު އެއްކޮޓަރިއެއްގައި އެހެން މީހަކުވެސް އުޅެމުންދާ ކަމަށް މައުލޫމާތުވަނީ ލިބިފައެވެ.

ނަމަވެސް ނޮޅިވަރަމް މޮނޮޓަރިންގެ ހާލަތަކަށް ނުގެންދާ ކަމަށާއި ފައްސިވި މީހާއާ ކޮންޓެކްޓް ޓްރޭސް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް ވަނީ ބުނެފައެވެ.

ރާއްޖޭގައި މިވަގުތު މިބައްޔަށް 341 މީހުން ފަރުވާ ހޯދަމުންދާއިރު 2571 މީހުން މިވަނީ މިބަލިން ރަގަޅުވެފައެވެ.