-
-
ޑްރާމާ ސިލްސިލާ "ވައިރޯޅިއަށްވެސް ސިއްރުން" ބައިސްކޯފަށް.

ޑްރާމާ ސިލްސިލާ "ވައިރޯޅިއަށްވެސް ސިއްރުން" ބައިސްކޯފަށް.

މީގެ 15 ވަރަކަށް އަހަރު ކުރިން ދިވެހިންގެ ތެރޭގައި މަޤްބޫލުކަން ހޯދި ޑްރާމާ ސިލްސިލާ "ވައިރޯޅިއަށްވެސް ސިއްރުން" ބައިސްކޯފުން ދައްކަން ނިންމައިފިއެވެ.

ADS BY FENVARU

ޓީވީއެމް އިން ދެއްކި މިޑްރާމާ ސިލްސިލާ މިމަހު 14 ވަނަ ދުވަހުން ފެށިގެން ބައިސްކޯފުން ދައްކަން ފަށާނެކަމަށް ބައިސްކޯފުގެ ފޭސްބުކް ޕޭޖުގައި ވަނީ ހާމަކޮށްފައެވެ.

52 އެޕިސޯޑުގެ މައްޗަށް ހަދާފައިވާ  ޑްރާމާ އަކީ ދިވެހި ފިލްމީ ދާއިރާގެ ”މަންމަ“ގެ ލަޤަބު ދީފައިވާ ޢާރިފާ އިބްރާހީމް ޑައިރެކްޓްކުރި ސިލްސިލާއެކެވެ. މިޑްރާމާގެ ބަތަލުންގެ ރޯލުން ފެނިގެންދަނީ ކުރީގެ ބަތަލާ ނިޢުމާ މުޙައްމަދާއި އަޙްމަދު އާސިމް އަދި ލުފްޝާން ޝަކީބް (ލޫއްޕެ) މައިގަނޑު ރޯލުތައް ކުޅުނު މި ސިލްސިލާގެ އިތުރު ތަރިންގެ ތެރޭގައި ޚަދީޖާ އިބްރާހީމް ދީދީ (ކުޑަ ޚައްޖަ)، އަޙްމަދު އަޒްމީލް (އަޒޭ)، އާމިނަތު ރަޝީދާ (ޔާރާ އައިންތު)، ޢަލީ ޝަމީލް، މަރިޔަމް ޝަކީލާ، އާމިނަތު ޝަރީފް އަދި ވަލީދާ (ކުޑަ) ފަދަ ތަރިން ހިމެނެއެވެ.

ލޯތްބާއި އޯގާތެރިކަމާއި އެކުވެރިކަމާއި ޢާއިލީ ގުޅުން، ދެކޮޅުވެރިކަމާއި ނަފުރަތަށް ބަދަލުވެގެން ދާގޮތް ދައްކުވައިދިން މި ރީތި ޑްރާމާ ސިލްސިލާގެ ވާހަކަ ލިޔެފައިވަނީ ޝަރީފާ ފަޚްރީއެވެ.