-
-
ސީޕީއާއި ބައްދަލުކުރުމަށް ޢިލްމުވެރިން އެދުމުން ޖަވާބު ނުލިބި 6 މަސް އެމްޑީއެން އުވާލުމަށް ހިންގުނު ޙަރަކާތުގެ ތެރެއިން ދީނީ ޢިލްމުވެރިން / ފޮޓޯ: ވަންއޮންލައިން

ސީޕީއާއި ބައްދަލުކުރުމަށް ޢިލްމުވެރިން އެދުމުން ޖަވާބު ނުލިބި 6 މަސް

ރާއްޖޭގެ ދީނީ ޢިލްމުވެރިންގެ ފަރާތުން ކޮމިޝަނަރ އޮފް ޕޮލިހާ ބައްދަލުކުރެއްވުމަށް އެދިވަޑައިގެން ސިޓީ ފޮނުއްވިފަހުން 6 މަސްދުވަސް ފާއިތުވެގެން ދިޔައިރުވެސް އެއްވެސް ޖަވާބެއް ދެއްވާފައި ނުވާކަމަށް ޢިލްމުވެރިންގެ ގުޅުމުގެ ފަރާތުން ހާމަކޮށްފިއެވެ.

ADS BY FENVARU

ދިވެހިރާއްޖޭގެ އެންމެހައި ދީނީ ޢިލްމުވެރިން ނިސްބަތްވާ މަދަނީ ޖަމިއްޔާއެއްކަމުގައިވާ ޢިލްމުވެރިންގެ ގުޅުމުގެ ފަރާތުން އެ ޖަމާޢަތުގެ ފޭސްބުކުޕޭޖު މެދުވެރިކޮށް މިއަދު ހެނދުނު ޢާންމުކޮށްފައިވާ ކުރުބަޔާނެއްގައި ހާމަކޮށްފައިވާގޮތުން، މި ބައްދަލުވުމަށް އެދި ސިޓީފޮނުއްވީ 08 ޖެނުއަރީ 2020 ވަނަ ދުވަހުއެވެ. އަދި ބައްދަލުވުމަށް އެދުނީ އެމްޑީއެން މައްސަލާގައި ކަމަށްވެސް އެބަޔާނުގައި ހާމަކޮށްފައިވެއެވެ.

ޢިލްމުވެރިންގެ ފަރާތުން ނެރުއްވި މި ކުރުބަޔާން ނިންމަވާލަށްވަމުން ބުނެފައިވަނީ، ސީޕީއާ ބައްދަލުކުރުމަށް އެދިވަޑައިގެން ފޮނުއްވި ސިޓީއަށް ޖަވާބުނުލި ގިނަ ދުވަސްތަކެއް ފާއިތުވެގެން ގޮސްފައިވާތީވެ އެސިޓީގެ ޖަވާބު އަަވަސްކޮށްދެއްވުން އެދި އެހެން ސިޓީއެއް މިހާރު ފޮނުއްވާފައި ވާނެކަމުގައެވެ.

ފުލުހުންގެ ތަހުގީގުތެރޭގައި ފުލުހުންވެސް ކުރިން ހާމަކުރެއްވިގޮތުގައި އެމްޑީއެން ރިޕޯޓަކީ އިސްލާމްދީނަށް ތައުހީނުކޮށްފައިވާ ރިޕޯޓެއްކަމަށް ތަހުގީގަށް ގަބޫލު ކުރެވޭކަމަށް ހާމަކޮށްފައިވެއެވެ. އެހެންނަމަވެސް މި ތަހުގީގާއިބެހޭ ތަފްސީލީ މައުލޫމާތެއް ފުލުހުން ފަހުން ހާމަކޮށްފައެވެ ނުވެއެވެ.

އެންޑީއެންއިން ނެރުނު އިސްލާމް ދީނާއި ޚިލާފު ރިޕޯޓުގެ ފަހަތުގައި ތިބިފަރާތްތަކަށް ފިޔަވަޅުނޭޅި ލަސްވަމުންދާތީވެ ކަންބޮޑުވުން ފާޅުކުރަށްވައި އެކިއެކި ރަސްމީ އިދާރާތަކުންވެސް ގެންދަވަނީ ބަޔާންތައް ނެރުއްވައި ފިޔަވަޅުއެޅުން އަވަސްކޮށްދެއްވުމަށް ސަރުކާރަށް ގޮވާލަށްވަމުންނެވެ.

އަދިހަމަ އެމްޑީއެން ރިޕޯޓު ދިފާޢުކުރަށްވައި އެހެން މަދަނީ ޖަމިއްޔާއެއްކަމަށްވާ އުތެމައިން ނެރެ އދ.ގެ "ސީޑޯ" ކޮމިޓީގެ ބައްދަލުވުމަށް ހުށައަޅާފައިވާ "ހިޔަނި" ރިޕޯޓުގައިހުރިކަ ންތައްތަކާއި ގުޅިގެންވެސް އެންމެހައި ދީނީ ޢީލްމުވެރިން ގެންދަވަނީ ކަންބޮޑުވުން ފާޅުކޮށް އުތެމަ ޖަމިއްޔާއާއިމެދުވެސް ޤާނޫނީ ފިޔަވަޅު އެޅުއްވުމަށް ސަރުކާރަށް ގޮވާލަށްވަމުންނެވެ. އަދި މިގޮވާލުމުގައި ކައުންސިލްތަކުންނާއި ސިޔާސީ ޕާރޓީތަކުގެ އިތުރުން މަދަނީ ޖަމިއްޔާތަކުންވެސް ގެންދަނީ ރަސްމީ ސިފައެއްގައިި ބައިވެރިވަމުންކަން ފާހަގަ ކުރެވެއެވެ.

ރާއްޖޭގެ މަޝްހޫރު ދީނީ ޢީލްމުވެރިން ނިސްބަތްވެވަޑައިގަންނަވާ ޖަމްޢިއްޔަތުލް ސަލަފުންވެސް ދާދިފަހުންވަނީ، ގާނޫނީ ހައިސިއްޔަތު ލިބިގެންވާ ޖަމާއަތްތަކުން އިސްލާމްދީނާއި ދެކޮޅު ޢަމަލުތަކަށް ފާޅުކަން ބޮޑުގޮތެއްގައި ގޮވާލައި ހިތްވަރުދެމުން ގެންދާއިރު، އެފަދަ ޣައިރު ޤާނޫނީ ޢަމަލުތައް ހުއްޓުވައި އެކަމުގައި ޝާމިލުވާ ފަރާތްތަކަށް ޤާނޫނީ ފިޔަވަޅުތައް އެޅުމަށް ދައުލަތުގެ އިދާރާތަކުން ފަސްޖެހޭނަމަ، އެންޑީއެން އުވާލުމަށް ހިންގުނުފަދަ ވަރުގަދަ ޙަރަކާތެއް މުޅިރާއްޖޭގައި ކުރިއަށްގެންދަން ޖެހިދާނެކަމުގެ އިންޒާރުވެސް ސަރުކާރަށް ދީފައިކަންވެސް ފާހަގަކޮށްލެވެއެވެ.