-
-
އެއްޖިންސުން ގުޅުން ހިންގުމާއި ދެކޮޅަށް ތެދުވި ޢުޚްތަކު ސެކިޔުލަރިސްޓުންގެ "ހޫނުފެނަށް" މެލޭސިއާގައި މިދިޔައަހަރު ހުޅުވުނު އައިކިއާ ކުންފުނީގެ 4 ވަނަ ފިހާރަ / ފޮޓޯ: އައިކިއާ މެލޭސިއާ އެފްބީ

އެއްޖިންސުން ގުޅުން ހިންގުމާއި ދެކޮޅަށް ތެދުވި ޢުޚްތަކު ސެކިޔުލަރިސްޓުންގެ "ހޫނުފެނަށް"

އިންސާނީ ޙައްޤުތަކުގެ ނަމުގައި ހުޅަނގުން އިސްވެއޮވެ ޚާއްޞަކޮށް މުސްލިމް އާބާދީތަކުގެ ގައުމުތަކުގައި ފެތުރުމަށް މަސައްކަތް ކުރަމުންދާ އެއްޖިންސުން ގުޅުންހިންގުމުގެ ފާޙިޝް ނަޖިސްޢަމަލަށް ފާޅުގައި ހިތްވަރުދީ ފެތުރުމަށް ހިންގޭ ޙަރަކާތެއް ކުށްވެރިކޮށް އިޖްތިމާޢީ ބަދަވި މައްސައެއްކަމުގައިވާ ޓްވިޓަރގައި އަޑުއުފުލި މުސްލިމު އުޚުތަކު "ހޫނުފެނައް" ވައްޓާލައިފިއެވެ.

ADS BY FENVARU

ޢުލްޔާ އަޒްހަރީ ނަމަކަށްކިޔުނު މެލޭސިއާގެ އުޚްތަކު، އެލްޖީބީޓީ ނުވަތަ އެއްޖިންސުން ގުޅުން ހިންގުމަށް ހިތްވަރުދީ ފާޙިޝް އެޢަމަލު ފެތުރުމަށާއި އަދި  ޢަމަލު ފެތުރުމަށް މަސައްކަތްކުރާ ޖަމާއައްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ފަރުނީިޗަރު ވިޔަފާރީގައި ދުނިޔޭގެ ރަސްގެފާނު "އައިކިއާ" އިން ހިންގަމުންދާ ރަސްމީ ހަރަކާތަކާއި ދެކޮޅުހެދުމުގެގޮތުން އެކުންފުނީގެ ވިޔަފާރި ބޮއިކޮޓްކުރުމަށް ޓްވިޓަރގައި ގޮވާލިއެވެ.

އައިކިއާ އިން އުފައްދައި އެއްޖިންސުން ގުޅުން ހިންގުމުގެ ޝިޢާރުހިމެނޭ އެކަން ޕްރޮމޯޓުކުރުމަށް ޚާއްޞަކުރެވިފައިވާ ވިޔަފާރި ކޮތަޅެއް އިސްތިހާރުކުރުމަށް އެކުންފުނީގެ ރަސްމީ ޓްވިޓަރ އެކައުންޓާއި ވެބްސައިޓުގައިވެސް ކޮށްފައިވާ ޕޯސްޓަކަށް ނިސްބަތްކުރަށްވައި ޢުލްޔާ؛

"މި އިޝްތިހާރު ނަގާ. ނޫނީ އަހަރެމެން ތިޔަކުންފުނިން އެއްވެސް އެއްޗެއް ނުގަންނާނަން" އައިކިއާގެ އެންމެގިނަ ވިޔަފާރި މަރުކަޒުތައް ގާއިމުކޮށްފައިވާ މެލޭސިއާގެ އެކުންފުނީގެ ވިޔަފާރިތަކަށް ނިސްބަތްކޮށް ބުނެފައިވެއެވެ.

ޢަލްޔާގެ މި ޓްވީޓާއިއެކު މުޅި ޓްވިޓަރ ކޮމިޔުނިޓީ އެކަތިގަނޑަކަށްވެ ޢަލްޔާއާއި ދެކޮޅަށް ތެދުވިއެވެ. ޓްވިޓަރއަކީ ސެކިޔުލަރ ފިކުރާއި އެލްޖީބީޓީއަށް ތާއީދުކޮށް އެކަން ފެތުރުމުގައި މަސައްކަތް ކުރަމުންދާާ މީހުންގެ ނުފޫޒު ވަރަށްބޮޑު ޕްލެޓްފޯމެއް ކަންވެސް ފާހަގަ ކުރެވެއެވެ.

"އަނިޔާވެރިގޮތަކަށް އަހަރެއްނާއި ދެކޮޅުހަދައި އަޑުއުފުލަން ކަލޭމެން ބޭނުންވާނަމަ އެކަންކުރޭ. އަދި އަހަރެން ކުށްވެރިކުރަން ބޭނުންވާނަމަ އެކަންވެސް ކުރޭ" ވަރުގަދަ އީމާނުގެ އުޚްތާއަށް ނިސްބަތްކޮށް އޮސްސާލި ބަދު ބަސްތައް "ހޫނުފެން"އަކަށް ނުވެ، މުޅިޓްވިޓަރ ކޮމިޔުނިޓީއަށް ޢުލްޔާ ޖަވާބު ދިނެވެ.

އެއްޖިންސުން ގުޅުންހިންގުމުގެ ޝިޢާރުތައް އެކުލެވިގެން ފަރުމާކުރެވިފައިވާ އައިކިއާގެ ކޮތަޅު ވިއްކައިގެން ލިބޭ ރުފިޔާ ހިލޭސާބަހަށް މަސައްކަތް ކުރާ ޖަމާޢަތްތަކަށްވެސް ހަދިޔާކުރެވޭވާހަކަ މީހަކު ޓްވީޓުކުރުމުން އުޚްތާ؛

"މިއީ ފަގީރަކަށް އެހީވުމަށް ވައްކަން ކުރުންފަދަ ކަމެއް. ގޯސް އަބަދުވެސް ވާނީ ގޯހަށް" ފުރިހަމަ އިތުބާރާއި ޙުއްޖަތާއިއެކު ޖަވާބުދާރީ ވިއެވެ.

އުޚްތާގެ އިޚްލާސްތެރި މިޢަމަލު ހަޑިކުރުމަށް ބައަކު، އެއްޖިންސުން ގުޅުންހިންގާ ވީޑިއޯ ކްލިޕްތައްވެސް ރައްދުގައި ޓްވީޓްކުރެވިގެން ދިޔައެވެ. ނަމަވެސް އުޚްތާގެ އަޒުމަކަށް ކުޑަވެސް ބަދަލެއް ނައެވެ. އާޚިރު ނަތީޖާވެސް ފޮންޏެވެ.

މެލޭސިއާގެ މަޝްހޫރު ފަންނާނަކު އުޚްތާއާއި އެއްކޮޅަށް ޓްވީޓުކުރުމުން، އުޚްތާއަށް ރައްދުދީ ކުރެވެމުންދިޔަ ދަށުދަރަޖައިގެ ޓްވީޓުތައް މައިތިރިވިއެވެ.

"މެލޭސިޔާގެ ރައްޔިތުންނޭވެ. (އައިކިއާ) ބޮއިކޮޓްކުރުމުގައި ހުރިވަރު ދައްކާލާށެވެ" ފަޙްމީ ރައްޒާގު ކިޔާ މެލޭސިއާގެ މަޝްހޫރު ފަންނާނަކު ޓްވީޓު ކުރިއެވެ.

އާޚިރަތުގެ އިތުރަށް ދުނިޔެމަތީގައިވެސް ﷲގެ ގަދަފަދަ ޢަޛާބާއި ކުރިމަތިލާންޖެހޭ މިފަދަ ފާޙިޝް އަދި މުޑުދާރު ޢަމަލުތަކުން ދުރުވެގެންވުމާއި، އެޢަމަލަށް ކުޑަނަމަވެސް ހިތްވަރެއް ނުދިނުމަކީ ކޮންމެ އިންސިއަކާއި ޖިންނިއެއްގެމައްޗަށްވެސް ޝަރުޢީގޮތުންނާއި ޢަޤުލީގޮތުންވެސްމެ މަޖްބޫރުކަމެވެ.

އެއްޖިންސުން ގުޅުންހިންގުމުގެ ފާޙިޝްޢަމަލަށް ހިތްވަރުދީ ފެތުރުމަށް ކޮށްފައިވާ ޓްވީޓަކަށް ލައިކެއްޖަހާލައިގެން ހިތްވަރުދިނުމުގެ ބަދަލުގައި "އަންފޮލޯ" ކޮށްލައިގެން ދެކޮޅުހަދަންޖެހޭނެ ނޫންހެއްޔެވެ؟ ފާޙިޝް ޢަމަކަށްވުމުގެ އިތުރުން، ސިއްޙީ އަދި އިޖްތިމާޢީ ބަލިމަޑުކަންވެސް ކުރިމަތިކުރުވާނެ މިމުންކަރާތް މިދިވެހި އިސްލާމީ މުޖުތަމަޢުގެ ތެރެއަށް ފެތުރުމަށްހިންގޭ ކޮންމެ ޙަރަކާތެއްވެސް، މުލުން ލުހެލައި، ވަސްވެސް ފިލުވާލަން ޖެހޭނެ ނޫންހެއްޔެވެ؟