-
-
ވައިބާ އަދި އެހެން އެޕްލިކޭޝަންތައް ކުއްލިއަކަށް "ޑައުން" ވެއްޖެ! ފޮޓޯ: ބިޒްނަސް ނިވްސް ލަންކާ

ވައިބާ އަދި އެހެން އެޕްލިކޭޝަންތައް ކުއްލިއަކަށް "ޑައުން" ވެއްޖެ!

ސްމާޓުފޯނުތަކުގައި ރަސްކަން އަދި ރަނިކަންކުރަމުން އަންނަ އެޕްލިކޭޝަންތަކެއް "ޑައުން" ވެއްޖެއެވެ.

ADS BY FENVARU

ޑައުންވި އެޕްލިކޭޝަންތަކުގެ ތެރޭގައި، މަޝްހޫރު "ވައިބަރ" އަދި "ޕަބްޖީ" ވެސް ހިމެނޭކަމަށް އެ ދެކުންފުނިން ވަނީ ކަށަވަރުކޮށްދީފައެވެ.

މީގެ ކުޑައިރުކޮޅެއްކުރިން ވައިބާ ކުންފުނިން ހާމަކުރިގޮތުގައި، ވައިބަރވެސް ހިމެނިގެން، އައިއޯއެސް ނުވަތަ އައިފޯނުގައި ބޭނުންކުރެވޭ އެތައް ހާސް އެޕްލިކޭޝަންއެއް ވަނީ ފަންނީ މައްސަލައެއްގެ ސަބަބުން ޑައުންވެފައެވެ.

ވީހާވެސް އަވަހަކަށް މަައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރެވެމުންދާކަމަށާއި، ކަސްޓަމަރުންދެއްވާ އެއްބާރުލުމާއި ކެއްތެރިކަމަށް ޝުކުރުއަދާކުރާ ކަމުގައިވެސް އެކުންފުނިން ހާމަކޮށްފައިވެއެވެ.

އައިފޯނު ނުވަތަ އައިއޯއެސްގައި ވައިބާއަށް ދިމާވި މައްސަލަ ހައްލުކުރުމަށް އެޕްލިކޭޝަން ފުހެލުމަށްފަހު އަލުން އެޅިނަމަވެސް މައްސަލަހައްލު ނުވާނެކަމަށާއި އެކަންއެގޮތަށް ނުކުރުމަށް އެކުންފުނިން ބުނެފައިވެއެވެ. މިމައްސަލަ އެކުންފުނީގެ ފަރާތުން ހައްލުކުރާނެ ކަމުގައިވެސް ވައިބަރ އިން ހާމަކޮށްފައިވެއެވެ.