-
-
ރ.ދުވާފަރު ކަރަންޓީނު ކޮށްފި

ރ.ދުވާފަރު ކަރަންޓީނު ކޮށްފި

ރ.ދުވާފަރު ހޯމް ކަރަންޓީނުގައި ތިބި 3 މީހެއް ކޮވިޑަށް ޕޮޒިޓިވް ވުމާއި ގުޅިގެން އެ ރަށުގައި މިވަގުތު ތިބި އެއްވެސް މީހަކު ހެލްތު ޕޮރޮޓެކްޝަން އެޖެންސީން ވަކިގޮތެއް އަންގަންދެން ރަށުން ފޭބުމާއި، މި އެޖެންސީގެ ހުއްދަނެތި އެއްވެސް މީހަކު ރަށަށް އެރުން މަނާކޮށް ރަށް ކަރަންޓީނު ކޮށްފިއެވެ.

ADS BY FENVARU

މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިއީ 19 ޖޫން 2020 ގައި ދުވާ ފަރަށް އައި މީހުންގެ ތެރެއިން ހޯމް ކަރަންޓީންގެ 14 ދުވަހުގެ މުއްދަތު ފުރިހަމަވުމުން 04 ޖުލައި 2020 ގައި ސާމްޕަލް ނެގުނު 11 ފަރާތެއްގެ ނަތީޖާ ނެގެޓިވް ވުމުން 09 ޖުލައި 2020 ގައި ވަނީ ރިލީސް ކުރެވިފައިވާ ބަޔެކެވެ.  ނަމަވެސް މިއަދުގެ މެންދުރުގެ ވަގުތެއްގައި މީގެ ތެރެއިން 04 ފަރާތެއްގެ ސާމްޕަލް އިތުރަށް ބެލުމަށް އެޗް.ޕީ.އޭ އިން އެންގުމުން ސާމްޕަލް ނަގައި އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން ޓެސްޓް ހަދައި ނަތީޖާ ލިބުނު އިރު 04 މީހުންގެ ތެރެއިން 03 މީހަކު ވަނީ ކޯވިޑް-19 އަށް ފައްސިވެފައެވެ. މިއީ ދެމަފިރިންނާ އޭނާ ގެ ދަރިފުޅު ކަމަށާއި ނެގެޓިވީ ވެސް އެމީހުންގެ ދަރިއެއް ކަމަށް މަޢުލޫމާތު ލިބިފައިވާ ވެއެވެ.

ރ.ދުވާފަރު ކަރަންޓީނު ކުރުމާއި ގުޅިގެން ވަގުތީ ގޮތުން ރ.އަތޮޅު ފެރީ ދުވާފަރަށް ނުޖައްސާނެ އެވެ.