-
-
ވިއްސާރައިގައި ފެންބޮޑުވެ ގެތަކަށް ފެންވަދެފި. ފުވައްމުލަކު ސިޓީގެ ގެތަކަށް ފެންވަދެ ބަސްތާ ޖެހުމުގައި: ފޮޓޯ އެމްއެންޑީއެފް

ވިއްސާރައިގައި ފެންބޮޑުވެ ގެތަކަށް ފެންވަދެފި.

މިއަދު ކުރި ވިއްސާރައިގައި ފުވައްމުލަކުސިޓީ އާއި އައްޑޫ ސިޓީގެ ބައެއް ގެތަކަށް ފެންވަދެ އެމްއެންޑީއެފްއިން ހަރާކާތްތެރި ވާންފަށައިފިއެވެ.

ADS BY FENVARU

ފުވައްމުލަކު ސިޓީ ކައުންސިލުން މީޑިޔާއަށް މައުލޫމާތު ދިންގޮތުގައި 15 ގެޔަކަށް ފެންވަދެގެން ރިޕޯޓްކޮށްފައިވެއެވެ. އެހެންކަމުން ކައުންސިލާއި އެމްއެންޑީއެފް ގުޅިގެން އެހީތެރިކަން ފޯރުކޮށްދެމުން ގެންދާކަމަށް ފުވައްމުލަކު ކައުންސިލުން ވިދާޅުވިއެވެ.

ވިއްސާރައިގައި ވައިގަދަވެ ބައެއް ގަސްތައް ވެއްޓި 8 ގެޔަކަށް ފެންވަނުމާއިގުޅިގެން ވެލިބަސްތާ ޖަހައިދީ، ގަސްތައް ނަގައި ސާފްކުރުމުގައި އެހީތެރިކަން ފޯރުކޮށްދިން ކަމުގައި އެމްއެންޑީއެފްއިން ވަނީ ވިދާޅުވެފައެވެ.

އެމްއެންޑީއެފް އިން ވިދާޅުވި ގޮތުގައި ފުވައްމުލަކުގެ އިތުރުން އައްޑޫސިޓީގެ ފޭދޫ ދެގެޔަކަށްވެސް ފެންވަނުމާއި ގުޅިގެން އެމްއެންޑީއެފްއިން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ރާއްޖޭގެ ބޮޑުބަޔަކަށް މިހާރު އޮތީ ޔެލޯއެލާޓް ނެރެފައެވެ. ދެކުނުގެ ބައެއް ރަށްތަކަށް އުދައިގެ އަސަރުކޮށްފައިވެއެވެ. އައްޑޫސިޓީގެ މީދޫ ކޯގަންނު ގަބުރުސްތާނު ސަރަހައްދަށްވެސް ވަނީ އުދައަރާފައެވެ.
މިރޭ ދަންވަރު 12 އާ ހަމަޔަށް ހއ. އިން ބ.އަތޮޅަށް ވައިޓް އެލާޓް އަދި ބ. އަތޮޅުން ފެށިގެން އައްޑޫސިޓީ އާއި ހަމައަށް މެޓްއޮފީހުން ވަނީ ޔެލޯއެލާޓު ނެރެފައެވެ. ކަނޑުތައް ގަދަވާނެތީ ކަނޑުދަތުރު ކުރުމުގައި ސަމާލުވާން ވަނީ އިލްތިމާސްކޮށްފައެވެ.

ފާއިތުވި ދެތިން ދުވަހަށް ބަލާއިރު ކަނޑުމަތީގެ ހާދިސާތައް ގިނަކަން ވަނީ ފާހަގަކުރެވިފައެވެ.