-
-
ވިއްސާރަވެ ހޮނުއަޅައި 10 މީހަކު މަރުވެއްޖެ! އިންޑިޔާގެ ބިހާރަށް ހޮނުއެޅުން: ފޮޓޯ އެންޑީ ޓީވީ

ވިއްސާރަވެ ހޮނުއަޅައި 10 މީހަކު މަރުވެއްޖެ!

 އިންޑިޔާގެ ބިހާރުގެ 7 އަވަށަކަށް ހޮނު އަޅައި 10 މީހަކު މަރުވެއްޖެއެވެ.

ADS BY FENVARU

އިންޑިޔާއަށް ކުރަމުންދާ ގަދަވިއްސާރައިގެ ސަބަބުން އިންޑިޔާގެ އެކި އަވަށްތަކަށް ދަނީ ގުގުރުމާއެކު ބޯކޮށް ވާރޭވެހި ހޮނުއަޅަމުންނެވެ. އެގޮތުން މިއަދު ބިހާރުގެ 7 އަވަށަކަށް ހޮނު އަޅައި މީހުން މަރުވެފައިވާކަމަށް ރިޕޯޓްތަކުގައިބުނެފައިވެއެވެ.

ޑިޒާސްޓާރ މެނޭޖްމެންޓުން ބުނާގޮތުގައި މިހާތަނަށް އައިއިރު އިންޑިޔާގައި ހޮނުއަޅައި އެންމެ ގިނަ މީހުން މަރުވެފައިވަނީ ޖޫން 25 ވަނަ ދުވަހުގައެވެ. އެދުވަހު އިންޑިޔާގެ 23 އަވަށަކަށް ހޮނުއަޅައި 83 މީހުން ވަނީ މަރުވެފައެވެ.

މިހާދިސާއާ ގުޅިގެން ބިހާރުގެ ޗީފް މިނިސްޓަރ ނިތިޝް ކުމާރު ވަނީ މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ދަންނަވާފައެވެ. އަދި ހޮނުއަޅައި މަރުވި ކޮންމެ މީހެއްގެ އާއިލާއަށް 4 ލައްކަ އިންޑިޔަން ރުޕީސް ދޭން ޗީފް މިނިސްޓަރު ވަނީ ނިންމާފައިވާކަން މީޑިޔާ ރިޕޯޓްތަކުގައިވެއެވެ.

މީގެ އިތުރުން އިންޑިޔާއަށް ކުރާ ވިއްސާރައިގައި ޑިޒާސްޓަރ މެނޭޖްމެންޓުގެ ލަފަޔާ އެއްގޮތަށް އަމަލުކޮށް ގެއިންބޭރަށް ނުނުކުމެ ގޭގައި ރައްކާތެރިވެ ތިބުމަށް އިލްތިމާސްކުރިއެވެ.