-
-
ޒުވާނުންގެ މަރުކަޒުގެ އައިސް ބާތު ފެސިލިޓީ ނިމިއްޖެ އައިސް ބާތު ފެސިލިޓީ / ފޮޓޯ : އަޙްމަދު މަޚްލޫފް ޓްވިޓަރ

ޒުވާނުންގެ މަރުކަޒުގެ އައިސް ބާތު ފެސިލިޓީ ނިމިއްޖެ

މާލެ ޒުވާނުންގެ މަރުކަޒުގައި ޤާއިމު ކުރި އައިސް ބާތު ފެސިލިޓީ ނިމިއްޖެއެވެ.

ADS BY FENVARU

މިނިސްޓަރ އޮފް ޔޫތު، ސްޕޯރޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް ، އަޙްމަދު މަޚްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކުޅިވަރު ކުޅޭ ގިނަ ކުޅުންތެރިން ގެ  ދިގު ކުރި އައިސް ބާތު ފެސިލިޓީ އެއްކޮށް ނިމިފައިވާ ކަމަށާއި އެކަމުގެ ސަބަބުން ކުޅުންތެރިން ރިކަވަރީ އަށް އެހީވެވޭނެ ކަމަށެވެ.

މާލޭ ޒުވާނުންގެ މަރުކަޒުގައި އައިސް ބާތު ފެސިލިޓީއެއް ޤާއިމު ކުރުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުއެވެ. މިއީ ކުޅިވަރު ކުޅޭ ކުޅުންތެރިންގެ ރިކަވަރީ އަށް ވަރަށް މުހިއްމުކަމެކެވެ. މިއީ ގިނަ ކުޅުންތެރިން ދެކެމުންދާ ހުވަފެނެކެވެ.

މާލޭގެ ޒުވާނުން ގެ މަރުކަޒުގައި އިންޑޯ ކުޅިވަރުތަކާއި ބެހޭ އޮފީހެއް ޤާއިމު ކުރާނެ ކަމަށް ވެސް ސަރުކާރުން މިދިޔަ އަހަރު ބުނެފައިވެއެވެ.