-
-
ޕްރިމިއަރ ލީގު 2020-2021 ސީޒަން ފަށާ ތާރީޚު އިއުލާން ކޮށްފި

ޕްރިމިއަރ ލީގު 2020-2021 ސީޒަން ފަށާ ތާރީޚު އިއުލާން ކޮށްފި

އިނގިރޭސި ޕްރިމިއަރ ލީގު 2020-2021 ފަށާ ތާރީޚު އިނގިރޭސި އެފްއޭ އިން އިއުލާންކޮށްފި އެވެ.

ADS BY FENVARU

އިނގިރޭސި ޕްރިމިއަރ 2020-2021 ފެށުމަށް ޝެޑިއުލްކޮށްފައި ވަނީ 12 ސެޕްޓެމްބަރ 2020 ވާ ހޮނިހިރު ދުވަހު އެވެ. އަދި ލީގު ގެ ފަހު މެޗުތައް ކުޅޭނީ 23 މެއި 2021 ވާ އާދީއްތަ ދުވަހު އެވެ .

އިނގިރޭސި ވިލާތުގައި ހަލުވިކަމާއެކު ފެތުރިގެން ދިޔަ ކޮވިޑް-19 ގެ ސަބަބުން  2019-2020 ގެ ސީޒަން،  މާރޗު މަހު ފަހުކޮޅު މެދުކަނޑާލުމަށްފަހު އަލުން ކުޅެން ފެށީ ޖޫން މަހުގައެވެ. އެކަމުގެ ސަބަބުން ލީގުގެ ފަހު ބުރު ނިންމާލަން ހަމަޖެހިފައިވަނީ 26 ޖުލައި 2020 ގައެވެ.

2019-2020 ސީޒަންގެ ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދީ ލިވަޕޫލް އެވެ. މިއީ 30 އަހަރު ފަހުން ލިވަޕޫލް ޗެމްޕިއަންކަން ހޯދި ފުރަތަަމަ ފަހަރެވެ.