-
-
ދުވާފަރު ފުޓްސަލް މުބާރާތުގައި 16 ޓީމު ބައިވެރި ވެއްޖެ ދުވާފަރު ފުޓްސަލް މުބާރާތުގައި ވާދަކުރާ ޓީމުތަކުގެ ލޯގޯތައް / ފޮޓޯ : ދުވާފަރު ފުޓްސަލް ޗެލެންޖް ޕޭޖް

ދުވާފަރު ފުޓްސަލް މުބާރާތުގައި 16 ޓީމު ބައިވެރި ވެއްޖެ

ރ.ދުވާފަރު ޒުވާނުންގެ މެދުގައި އެއްބައިވަންތަކަން އާލާކޮށް، ރަށުގައި ފުޓްބޯޅަ ކުރިއެރުވުމުގެ މަޤްޞަދު ގައި ދުވާފަރު ޒުވާނުން އިންތިޒާމްކޮށްގެން ބާއްވާ ފުޓްސަލް މުބާރާތުގައި 16 ޓީމު ބައިވެރި ވެއްޖެއެވެ.

ADS BY FENVARU

" ދުވާފަރު ފުޓްސަލް ޗެލެންޖް " ގެ ނަމުގައި ބާއްވާ މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ ޖުލައި 31 ވާ ހުކުރު ދުވަހު ހަވީރު ކަމަށާއި މި މުބާރާތް 15 ވަރަކަށް ދުވަހަށް ދިގު ދެމިގެންދާނެ ކަމަށް މުބާރާތުގެ އިސްކޮށް ހަރަކާތްތެރިވާ ފަރާތުން މަޢުލޫމާތު ދެއެވެ.

އެ ފަރާތުން މަޢުލޫމާތު ދިން ގޮތުގައި މި މުބާރާތުގައި ޗެމްޕިއަން ޓީމާއި ރަނަރަޕް ޓީމު ގެ އިތުރުން ތިން ވަނަ ޓީމު ހޮވާނެކަމަށާއި އަދި އެންމެ މޮޅު 5 ކުޅުންތެރިންނާއި އެންމެ މޮޅު ކުޅުންތެރިޔާ އާއި އެންމެ މޮޅު ޒުވާން ކުޅުންތެރިޔާ އާއި އަދި އެންމެ ގިނަ ގޯލު ޖަހާ ކުޅުންތެރިޔާ ހޮވާ އިނާމު ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ .

މިއީ މި މުބާރާތް ބާއްވާ ދެވަނަ އަހަރެވެ. މި މުބާރާތް ބޭއްވުމަށް ދުވާފަރު ދާއިރާގެ މެމްބަރ އިސްމާޢިލް އަހްމަދު ގެ ވަރަށް ބޮޑު އެހީތެރިކަމެއް ލިބޭ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.