-
-
ޖެހިޖެހިގެން 9 ވަނަ ފަހަރަށް ލީގު ޗެމްޕިއަންކަން ޔުވެންޓަސް ހޯދައިފި ޔުވެންޓަސް ކުޅުންތެރިން އުފާފާޅުކުރަނީ / ފޮޓޯ : ޔުވެންޓަސް ޕޭޖް

ޖެހިޖެހިގެން 9 ވަނަ ފަހަރަށް ލީގު ޗެމްޕިއަންކަން ޔުވެންޓަސް ހޯދައިފި

ޖެހިޖެހިގެން 9 ވަނަ ފަހަރަށް އިޓަލިއަން ލީގު ގެ ޗެމްޕިއަންކަން ޔުވެންޓަސް ހޯދައިފި އެވެ.

ADS BY FENVARU

ބާކީ ދެ މެޗު އޮއްވާ ޔުވެންޓަސް އަށް ލީގު ޗެމްޕިއަންކަން ކަށަވަރުވީ ރޭގައި ކުޅުނު މެޗު ، 2-0 އިން ސަމްޕްޑޯރިއާ ބަލިކޮށް ، 83 ޕޮއިންޓް ހޯދައިގެންނެވެ. ލީގު ގެ ދެވަނައިގައި އޮތް އިންޓަރ މިލާނަށް ކުރިޔަށް އޮތް 2 މެޗުން މޮޅު ވިޔަސް ލިބޭނީ 82 ޕޮއިންޓެވެ.

ރޭ ޔުވެންޓަސް ގެ ފުރަތަަމަ ގޯލު ޖެހީ މެޗުގެ ފުރަތަަމަ ހާފުގެ އިތުރު ވަގުތުގައި ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. ދެވަނަ ގޯލު ޖެހީ ފަހު ހާފުގައި ފެޑްރިކޯ ބެނާޑްޝި އެވެ .  މެޗުގެ ފަހު ވަގުތުކޮޅުގައި ޔުވެންޓަސް އަށް ޕެނަލްޓީއެއް އެސް ލިބުނެވެ. ކްރިސްޓިއާނޯ ރޮނާލްޑޯ ފޮނުވާލި ބޯޅަ ގޯލުގެ ހުރަސް ދަނޑީގައި ނިކުތީ ބޭރަށެވެ.

2012 ވަނަ އަހަރުން ފެށިގެން އިޓަލިއަން ލީގު ހޯދަމުން އަންނަނީ ޔުވެންޓަސް އިންނެވެ. މިއީ އެ ކްލަބުން ލީގު ހޯދި 38 ވަނަ ފަހަރެވެ.