-
-
އަމްރީތާގައި ފަރުވާ ހޯދަމުންދާ ދިވެހީންގެ ހާލު ނައިބުރައީސް ބައްލަވާލައްވައިފި އިންޑިއާގައި ދިރިއުޅޭ ދިވެހިންނާ ނައިބުރައީސް ފައިޞަލް މިދިޔައަހަރު ބައްދަލުކުރަށްވަނީ -: ފޮޓޯ: ރައީސް އޮފީސް

އަމްރީތާގައި ފަރުވާ ހޯދަމުންދާ ދިވެހީންގެ ހާލު ނައިބުރައީސް ބައްލަވާލައްވައިފި

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، އިންޑިއާގެ އަމްރީތާ ހޮސްޕިޓަލުގައި ފަރުވާ ހޯދަމުންދާ ދިވެހީންގެ ޙާލު ބައްލަވާލައްވައިފިއެވެ.

ADS BY FENVARU

އިންޑިއާގެ ކޮޗިންގައި ހުންނަ މި ހޮސްޕިޓަލުގައި ފަރުވާ ހޯދަމުންދާ ދިވެހީންގެ ޙާލު ނައިބު ބައްލަވާލައްވާފައިވަނީ، އެ ހޮސްޕިޓަލުގެ އިންޓަރނޭޝަނަލް ޕޭޝަންޓް ރިލޭޝަންސް ބާބޫ މެނަންއާއި މިއަދު ފޯނުން ގުޅުއްވައި ވާހަކަ ފުޅުދައްކަވައިގެނެވެ.

ބާބޫ މެނަންއާއި ފޯނުން ގުޅުއްވައި ނައިބުރައީސް ފައިޞަލް ދެއްކެވި ވާހަކަފުޅުގައި، ކޯވިޑް19 އާއި ގުޅިގެން ކުރިމަތިވެފައިވާ މި ދަތި ދަނޑިވަޅުގައި ދިވެހި ބަލި މީހުންނަށް ޞިއްޙީ ފަރުވާދިނުމަށް އިންޑިއާއަށް ދަތުރުކުރުމުގެ ފުރުޞަތު ފަހިކޮށްދީ، މި ދަތި ހާލަތުގައި ވެސް އެ ހޮސްޕިޓަލުގައި ފަރުވާ ހޯދަމުންދާ ދިވެހި ބަލި މީހުންނަށް ދެމުންގެންދާ ޚިދުމަތްތަކަށްޓަކައި ޝުކުރު އަދާކުރެއްވިއެވެ.

އަދި، އަމްރީތާ ހޮސްޕިޓަލުގައި ފަރުވާ ހޯދަމުންދާ ދިވެހި ބަލި މީހުންގެ ހާލު ވަކިވަކީން އައްސަވައި، ޚާއްޞަކޮށް ފުރަބަންދުގެ ހާލަތުގައި ބޭސް ފަރުވާއަށް އެ ހޮސްޕިޓަލަށް ދަތުރުކުރި ދިވެހިންނާއި ގުޅޭ ކަންކަން ވަރަށް ގާތުން ބެލުމަށް ބާބޫ މެނަންގެ ކިބައިން ނައިބު ރައީސް ފައިޞަލް އެދިވެޑައިގެންނެވިއެވެ.

ކުރިއަށް އޮތް ތަނުގައިވެސް އަމްރީތާ ހޮސްޕިޓަލަކީ ގިނަ އަދަދެއްގެ ދިވެހީން ޞިއްޙީ ފަރުވާ ހޯދުމުގައި ޚިޔާރުކުރާނެ ހޮސްޕިޓަލެއްކަމަށް ވާއިރު، އެފަދަ ދިވެހިންނަށް ޚިދުމަތްފޯރުކޮށްދީ އަޅާލުމާއި އޯގާތެރިކަން އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމަށްވެސް ބާބޫގެ ކިބައިން ނައިބުރައީސް އެދިވަޑައިގެންފައިވާކަމަށްވެސް ރައީސް އޮފީހުން ހާމަކޮށްފައިވެއެވެ.