-
-
އަޚްވަންތަކަން ކުރިއަށް ނެރެ، ޞުލްޙަޔާއި ހަމަޖެހުމަށް އިސްކަން ދެއްްވާ: ރައީސް ރައީސުލް ޖުމްހޫރިއްޔާ އަލްފާޟިލް އިބްރާހީމް މުޙައްމަދު ޞާލިޙް -: ފޮޓޯ: ރައީސް އޮފީސް

އަޚްވަންތަކަން ކުރިއަށް ނެރެ، ޞުލްޙަޔާއި ހަމަޖެހުމަށް އިސްކަން ދެއްްވާ: ރައީސް

މި އަހަރުގެ އަޟްޙާ ޢީދު ދުވަހުގެ މުނާސަބަތުގައި، ދިވެހިރާއްޖޭގެ ރައްޔިތުންނަށް ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައި، ޙައްޖުގެ މަތިވެރި އަޅުކަމާއި އަޟްޙާ ޢީދާ ގުޅިފައިވާ މަތިވެރި ޙިކުމަތްތައް ހިތްމައްޗަށް ގެނެސް، އެކަކު އަނެކަކަށް މަޢާފްކޮށް އަޚްވަންތަކަމުގެ ގުޅުން ކުރިއަށް ނެރެ ޞުލްޙަޔާއި ހަމަޖެހުމަށް އިސްކަން ދިނުމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދިވެހި ރައްޔިޔުންނަށް އިލްތިމާސް ކުރައްވައިފިއެވެ.

ADS BY FENVARU

އަޟްޙާ ޢީދު ދުވަހުގެ މުނާސަބަތުގައި ރާއްޖޭގެ ރައްޔިތުންނަށް، އިޚްލާޞްތެރިކަމާ އެކު ހެޔޮއެދުމާއި ތަހުނިޔާ ފޮނުއްވާއި ރައީސް ޞާލިޙް ފޮނުއްވި ތަޙްނިޔާގެ ޚިޠާބުގައި، އަޟްޙާ ޢީދަކީ މުސްލިމުންގެ މެދުގައި ގުޅުން ދެމެހެއްޓުމާއި އެހީތެރިވުމާއި އެއްބާރުލުމުގެ އިތުރުން، އެތައް ޤުރުބާނީއެއްގެ ޒިކްރާ އައުކޮށްދޭ މަތިވެރި މުނާސަބަތެއް ކަމަށް ފާހަގަ ކުރަށްވާފައި ވެއެވެ. އަދި މިއީ ޤައުމެއްގެ ނިސްބަތުން ބަލާއިރު، ވަކިން ޚާއްޞަގޮތެއްގައި މިއަދުގެ ޙާލަތުގައި ސަމާލުކަން ދޭންވީ ކަމެއްކަމުގައި އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

މިހާރު ދުނިޔެއަށް ފެތުރިފައިވާ ކޯވިޑް-19ގެ ސަބަބުން މުޅި އިންސާނިއްޔަތު ވަރަށް ހިތްދަތި ތަޖުރިބާތަކެއް ކުރަންޖެހިފައިވާ ދުވަސްވަރެއްގައި އަޟްޙާ ޢީދު ބައްދަލުކުރި ކަން ފާހަގަކުރައްވައި މިފަދަ ދުވަސްވަރެއްގައި އުފާވެރި ޢީދަކާ ބައްދަލުވުމީ، ކޯވިޑް-19ގެ ސަބަބުން ހީނަރުވެފައިވާ ގުޅުންތައް އަލުން ބަދަހި ކޮށް އާލާކުރުމަށް ލިބޭ ރަނުގެ ފުރުޞަތެއް ކަމުގައިވެސް އެމަނިކުފާނުގެ ޚިޠާބުގައި ބަޔާންކުރަށްވާފައި ވެއެވެ.

ކޯވިޑް-19 ގެ ސަބަބުން މިހާރު ތަޖުރިބާ ކުރަންޖެހިފައި މިވާ އިޤްތިޞާދީ އަދި އިޖްތިމާޢީ ދަތިކަމުން އަވަހަށް ސަލާމަތްވެ ދިރިއުޅުމުގެ ޢާންމު ޙާލަތަށް އެނބުރި ދިއުމަށްޓަކައި ޞިއްޙީ ޚިދުމަތްތެރިންގެ ލަފަޔާއި އިރުޝާދާއި އެއްގޮތަށް އެންމެން އެކުގައި މަސައްކަތް ކުރުމަށް، މި އަހަރުގެ އަޟްޙާ ޢީދު ދުވަހުގެ މުނާސަބަތުގައި ދިވެހިރާއްޖޭގެ ރައްޔިތުންނަށް ފޮނުއްވި ތަހުނިޔާގެ ޚިޠާބު ނިންމަވާލަަށްވަމުން ރައީސް ޞާލިޙް ރައްޔިތުންނަށް ގޮވައިލައްވާފައި ވެއެވެ.