-
-
އުތުރަށް ރީނދޫ އެލާޓް ނެރެފި

އުތުރަށް ރީނދޫ އެލާޓް ނެރެފި

ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް ، ހއ އަތޮޅުން ފެށިގެން ޅ އަތޮޅާއި ހަމަޔަށް ރީނދޫ އެލާޓް ނެރެފިއެވެ.

ADS BY FENVARU

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް ސެންޓަރުން ރީނދޫ އެލާޓް ނެރެފައިވަނީ މިއަދު ހެނދުނު 9:30 އިން ފެށިގެން މެންދުރުފަހު 1:30 އާ ހަމައަށެވެ.

މެޓް އޮފީހުން މައުލޫމާތު ދޭ ގޮތުގައި ރާއްޖެ މަތީގައި ވަނީ ބޯ ވިލާތައް އުފެދިފައެވެ.

ވިއްސާރަ ވުމުގެ ސަބަބުން ބައެއް ރަށްރަށުގައި މިއަދު ޢީދު ނަމާދު ވެސް ކޮށްފައިވަނީ މިސްކިތުގައެވެ.