-
-
އެޗްޕީއޭގެ ގައިޑްލައިނާ ޚިލާފުވި 50 ތަނެއް ބަންދުކޮށްފި

އެޗްޕީއޭގެ ގައިޑްލައިނާ ޚިލާފުވި 50 ތަނެއް ބަންދުކޮށްފި

އެޗްޕީއޭގެ ގައިޑްލައިނާ ޚިލާފުވި 50 ތަނެއް އިއްޔެ ބަންދުކޮށްފިކަމަށް އެޗްޕީއޭއިން ބުނެފިއެވެ.

ADS BY FENVARU

ކޮވިޑްއާގުޅިގެން ކެފޭތަކާއި ރެސްޓޯރެންޓްތައް އެޗްޕީއޭއިން އަންނަނީ އިންސްޕެކްޓް ކުރަމުންނެވެ. އެގޮތުން ގައިޑްލައިނާއި ޚިލާފަށް އަމަލުކުރި 27 ތަނެއް މިދިޔަ ބުދަދުވަހު ވަނީ ބަންދުކޮށްފައެވެ.

އެޗްޕީއޭއިން ހިންގާ އިންސްޕެކަޝަންތަކުގެ ދަށުން އެންމެ ފުރަތަމަ ހިންގި އިންސްޕެކްޝަންގައި މާލޭގެ ފިހާރަ، ސެލޫން އަދި ކެފޭ ފަދަ ހުރިހާ ތަނަކަށް ގޮސް ކޮވިޑުގެ އުސޫލުތަކާ އެއްގޮތަށް ހުރި ތަންތަން ބަލައި، އުސޫލުތަކަށް ނުފެތޭ ކަންކަން ވަނީ ކިޔައިދީފަ އެވެ. އަދި ދެވަނަ އިންސްޕެކްޝަންގައި ކަންކަން ރަނގަޅުކޮށްފައިވޭތޯ ބަލައި އެކަންތައް ރަނގަޅު ނުކުރާނަމަ ވަގުތުން ފިޔަވަޅު އަޅައެވެ.

އިއްޔެ ކުރެވުނު އިންސްޕެކްޝަންގެ ދަށުން 99 ތަނެއް އިންސްޕެކްޓުކޮށްފައިވާ ކަމަށާއި ގައިޑްލައިންތަކަށް ނުފެތޭ 50 ތަނެއް ވަގުތީ ގޮތުން ބަންދުކޮށްފައިވާ ކަމަށް އެޗްޕީއޭ އިން ހާމަކޮށްފިއެވެ. އޭގެތެރޭގައި ހިމެނެނީ ހަތަރު ސެލޫނާއި، 24 ފިހާރައަކާއި 22 ކެފޭ އަދި ރެސްޓޯރަންޓް ފަދަ ތަންތަނެވެ.