-
-
އެއްދުވަސްތެރޭގައި ޖިންސީގޯނާގެ "ބޮޑު" ދެ މައްސަލަ ޖިންސީ ގޯނާގެ މައްސަލަތަކަށް ހޭލުންތެރިކުރުވާ ފޮޓޯއެއް -: ފޮޓޯ: އޭއޯޕީ

އެއްދުވަސްތެރޭގައި ޖިންސީގޯނާގެ "ބޮޑު" ދެ މައްސަލަ

ދެކުނުގެ ދެ އަތޮޅެއްގައި، ޖިންސީ ގޯނާގެ "ބޮޑު" ދެ ޙާދިޘާއެއް މިއަދު ހިނގައިފި އެވެ.

ADS BY FENVARU

ހުވަދު އަތޮޅުގެ ރަށެއްގައި ކުޑަ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ މައްސަލައެއް ރޭގެ ވަގުތެއްގައިި ހުށައެޅިފައި ވާއިރު، އައްޑޫ ސިޓީ ހިތަދޫގައި، ޚާއްޞަ އެހީއަށް ބޭނުންވާ، މެދު ޢުމުރުގެ އަންހެނަކު ރޭޕް ކުރުމުގެ ޙާދިޘާއެއްވެސް މިއަދު ހެނދުނުގެ ވަގުތެއްގައި ފުލުހުންނަށް ހުށައެޅިފައި ވެއެވެ.

މި ދެ ޙާދިޘާގެ މައްސަލަވެސް ފުލުހުންނަށް ހުށައެޅިފައި ވާ ކަމަށާއި، އެ މައްސަލަތައް ތަޙްޤީޤު ކުރަށްވަމުން ގެންދަވާކަމަށް މީޑިއާ ގްރޫޕްގައިވެސް ފުލުހުން ކަށަވަރު ކޮށްދީފައި ވެއެވެ.

ކުޑަ ފިރިހެން ކުއްޖާ ހިމެނޭ މައްސަލާގައި، މައްސަލަ ތަޙްޤީޤު ކުރަމުން ގެންދަވާކަމަށް ހާމަކުރެއްވުމުގެ އިތުރުން، މައްސަލައާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅުއްވަމުން ގެންދަވާކަން ފުލުހުން ހާމަކުރެއްވިއެވެ. މި ދެމައްސަލައާއި ގުޅިގެންވެސް އެއްވެސް މީހަކު އެހައިތަނަށް ހައްޔަރު ކުރެވިފައި ނުވާކަންވެސް ބަޔާންކުރެއްވުމުގެ އިތުރުން، އެހެން ތަފްޞީލެއް ފުލުހުން ދެއްވާފައެއް ނުވެއެވެ.

މިދުވަސްވަރަކީ އާދަޔާއި ޚިލާފަށް ގިނަ ޢަދަދަކަށް ޖިންސީ ފުރައްސާރައާއި ގޯނާގެ މައްސަލަތައް ހުށައެޅެމުން އަންނަ ދުވަސްވަރެއްކަމަށާއި، މިއަހަރުގެ ބާކީ އޮތްތަނުގައިވެސް އެފަދަ މައްސަލަތައް އިތުރުވެގެން ދާނެކަމަށް ފެންނަކަމަށް، ދާދި ފަހުން ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުން ހާމަކުރަށްވާފައިި ވެއެވެ.

ބެލެނިވެރިން ވީހާވެސް ބޮޑަކަށް ސަމާލުކަން ދެއްވައިގެން، ދަރިން އުޅޭނޫޅޭ ގޮތްތައް ގާތުން ބެއްލެވުމުގެ އިތުރުން، އިންޓަރނެޓް ބޭނުންކޮށްގެން އެކުދިން ކުރަމުންދާ މުއާމަލާތްތަކަށް ފާރަވެރިވެލެއްވުމަށްވެސް، ފުލުހުން ޢާންމުންގެ ކިބައިން އިލްތިމާސް ކުރަށްވައެވެ.