-
-
ދުވާފަރު ފުޓްސަލް ޗެލެންޖް ފަށައިފި

ދުވާފަރު ފުޓްސަލް ޗެލެންޖް ފަށައިފި

ރ.ދުވާފަރު ޒުވާނުންގެ މެދުގައި އެއްބައިވަންތަކަން އާލާކޮށް، ރަށުގައި ފުޓްބޯޅަ ކުރިއެރުވުމުގެ މަޤްޞަދު ގައި ދުވާފަރު ޒުވާނުން އިންތިޒާމްކޮށްގެން ބާއްވާ ފުޓްސަލް މުބާރާތުގެ ކުޅުން ފަށައިފިއެވެ.

ADS BY FENVARU

މިއަދު ހަވީރު ފެށި މި މުބާރާތުގެ ފުރަތަަމަ މެޗުގައި ބައްދަލު ކުރީ ސިލްވަރ ޔުނައިޓެޑް އާއި ޖިއޮވެންޓު އެވެ. މި މެޗު 3 ލަނޑު 1 ލަނޑުން ކާމިޔާބުކުރީ ސިލްވަރ ޔުނައިޓެޑް އެވެ. މެޗުގައި ސިލްވަރ ޔުނައިޓެޑް ގެ ގޯލުތައް ޖަހައިދިނީ އިބްރާހިމް އަޒްމޫން އާއި މުޙައްމަދު އިޝާމްއެވެ. އަޒްމޫން ވަނީ ދެ ގޯލު ޖަހައިދީފަ އެވެ.

ޖިއޮވެންޓު ގެ ހަމައެކަނި ގޯލު ޖަހައިދިނީ އެ ޓީމުގެ ގޯލްކީޕަރު އަޙްމަދު ޒައިދާން އެވެ. މި ޓީމަށް އިތުރު ޕެނަލްޓީ އެއްވެސް ލިބުނެވެ. ނަމަވެސް ޒައިދާން އަތުން ވަނީ ޕެނަލްޓީ ނާކާމިޔާބު ވެފަ އެވެ.

މި މެޗުގެ މޮޅުކުޅުންތެރިއަކަށް ހޮވުނީ ސިލްވަރ ޔުނައިޓެޑް ގެ މުޙައްމަދު އިޝާމްއެވެ. މޮޅު ކުޅުންތެރިޔާ ގެ ޓްރޮފީ ހަވާލުކޮށްދެއްވީ ދުވާފަރު ދާއިރާގެ މެންބަރު އިސްމާޢީލް އަޙްމަދު ގެ ފަރާތުން މުޙައްމަދު ޢަލީއެވެ.

ސިލްވަރ ޔުނައިޓެޑް ގެ މުޙައްމަދު އިޝާމް ޓްރޮފީ އާ ހަވާލުވަނީ

މިއަދު ކުޅުނު ދެވަނަ މެޗުގައި ބާބުރު އާއި ބައްދަލުކޮށް ކްލަބް ބްލޫ ސްޓްރީޓް މެޗު ކާމިޔާބު ކުރީ 3 - 0 އިންނެވެ. ބްލޫ ސްޓްރީޓް ގެ ލަނޑުތައް ޖަހައިދިނީ މެޗުގެ މޮޅުކުޅުންތެރިއަކަށް ހޮވުނު މުޙައްމަދު ކާމިލް އާއި އާދަމް ޔައީސް އެވެ. ކާމިލް ވަނީ 2 ލަނޑު ޖަހައިދީފަ އެވެ.

ކްލަބް ބްލޫ ސްޓްރީޓް ގެ މުޙައްމަދު ކާމިލް ޓްރޮފީ އާ ހަވާލުވަނީ

ހޮނިހިރު ދުވަހު ހަވީރު ވެސް ދެ މެޗް ކުޅޭނެއެވެ. 4:15 ގައި ފަށާ މެޗުގައި ބައްދަލުކުރާނީ  އެފްސީ އެގާރަ އާއި އެލެވެން އެޓޭކަރސް އެވެ. ދެވަނަ މެޗުގައި ބައްދަލުކުރާނީ ކުޑަ ޕާރކް އާއި ޑީއެފް ބަނޑު ޓީމެވެ. މި މެޗު ފަށާނީ ހަވީރު 5:15 ގައެވެ.