-
-
ގެރިމަސް ގެންގުޅުނުކަމަށް ބުނެ އިންޑިއާގައި މުސްލިމަކަށް އަނިޔާދީ ހަފުސްކޮށްލައިފި ލުޤްމާނަށް އަނިޔާދެމުންދިޔަ މަންޒަރު ދައްކުވައިދޭ ވީޑިއޯގެ ސްކްރީން ފޮޓޯއެއްް -: ފޮޓޯ: އެންޑީޓީވީ

ގެރިމަސް ގެންގުޅުނުކަމަށް ބުނެ އިންޑިއާގައި މުސްލިމަކަށް އަނިޔާދީ ހަފުސްކޮށްލައިފި

ބުދު ދީނުގެ އަހުލުވެރިންގެ ގާތުގައި އިންސާނުންނަށްވުރެވެސް "މާތް" ވެގެންވާ އެއްޗެއްކަމަށް ޤާބޫލުކުރެވޭ ގެރީގެ މަސް ގެންގުޅުނުކަމަށް ތުހުމަތުކޮށް އިންޑިއާގައި އަނިޔާވެރިގޮތަކަށް މަރުތޭލަކުން މުސްލިމަކަށް ހަމަލާދީ ޒަހަމްކޮށްލައިފިއެވެ.

ADS BY FENVARU

ބުދު ދީނުގެ ހަރުކަށި ފިކުރުގެ ބައަކުވެގެން މަގުމަތީގައި މީހުންތަކުގެ ތެރޭގައި ފާޅުކަން ބޮޑުގޮތެއްގައި ހިންގި ދަށުދަރަޖައިގެ އަދި އިންތިހާއަށް އަނިޔާވެރި މިޢަމަލު ހިންގާފައިވަނީ އިއްޔަގެ ހެނދުނުގެ ވަގުތެއްގައި އިންޑިއާގެ ގުރްޖިއާން އަވަށުގައެވެ.

މުސްލިމުނާއިމެދު ހިތުގައި ޢަދާވާތްތެރިކަމާއި، އަތުގައި އަނިޔާވެރިކަން ގެންގުޅޭ ބުދުދީނުގެ ހައްދުފަހަނަ އަޅާފައިވާ މީހުންތަކެއްވެގެން ލުޤްމާނަށް އަނިޔާދީފައިވަނީ ޢާންމުންގެ އިތުރުން ފުލުހުންގެވެސް ކުރިމަތީގައިނަމަވެސް، އެ އަނިޔާވެރި ޢަމަލު ހުއްޓުވުމަށް، ބަލަހައްޓައިގެން ތިބުމުގެ އިތުރުން އެހެންކަމެއް ފުލުހުންވެސް ކޮށްފައިނުވެއެވެ.

ލުޤްމާނު އިން ޕިކަޕްގެ ފަހަތުން، ގެރިއަށް "މާތްކޮށް" ހިތާ ހިނދޫއިންގެ ބައަކު އަޅުވައިގެން އައިސް 8 ކިލޯ މީޓަރުގެ ދުރުމިނަކަށް ދަތުރުކުރުމަށްފަހުގައި ޓްރަކް ހުއްޓުވައި ލުޤްމާނު ނެރެ، ދަގަނޑު ބޮޑު މަރުތޭލެއް ބޭނުންކޮށްގެން ލުޤްމާނަށް އަނިޔާތަކެއް ދެމުންގޮސް އޭނާ މަރުވެދާނެކަމަށް ހީވުމުން ނޫނީ، ކައިރީގައި ތިބި ފުލުހުންވެސް އެއަނިޔާތައް ހުއްޓުވުމަށް އެއްވެސް މަސައްކަތެއް ކޮށްފައި ނުވެއެވެ.

ލުޤްމާނަށް ހަމަލާދީ ޒަޙަމްކޮށްލުމުގެ ސަބަބުން ހޮސްޕިޓަލުގައި އެނދުމަތިކުރެވިގެން ފަރުވާ ދެވެމުންދާއިރު، ގެރިމަސް އުފުލިކަމަށް ބުނާ ޕިކަޕްގެ ވެރިފަރާތުން ބުނެފައިވަނީ، ލުޤްމާނު ގެނައީ ގެރިމަސްވެސް ނޫންކަމަށެވެ. ބަފަލޯ މަސްކަމަށެވެ.

2015 ވަނަ އަހަރުގެ ތެރޭގައިވެސް ހިންދޫ ހިންގި މިފަދަ ޖަރީމާއާއި މެދުވެސް ފުލުހުން ޢަމަލުކުރި ގޮތަށް، އިއްޔަގެ ޙާދިޘާއާއި ގުޅިގެންވެސް އަނިޔާ ހުއްޓުވުމަށް އެއްވެސް މަސައްކަތެއް ކުރުމާއި އަދި އަނިޔާދިން މީހުނަށް ފިޔަވަޅު އެޅުމުގެ ބަދަލުގައި، ގެރިމަސްތޯ ޓެސްޓްކުރުމަށް ސާމްޕަލް ލެބޯޓްރީއަށް ފޮނުވުމުގެ ކަންކަން މިނެޓުން މިނެޓަށް ކޮށްފައިވެއެވެ.

އިންޑިއާގެ ގިނަ ސަރަޙައްދުތަގުގައި ގެރިކަތިލުމާއި ގެރިމަސް ބޭނުންކުރުމަކީ މަނާކަމެކެވެ. އަދި އެފަދަ ޤާނޫނާއި ޤަވާއިދުތައް ދައުލަތެއްގެ ސިފައިގައި ތަންފީޒުކުރުމުގެ ބަދަލުގައި، ވެރިކަމުގެ ތެރޭގައި ބާރުގަދަ، ހައްދުފަހަނަ އަޅާފައިވާ ހިންދޫންގެ ބައިގަނޑުތަކުން އަމިއްލައަށް މަގުމަތިން ނިންމާލަމުން ދެއެވެ. ގެރި ކަތިލުން ނުވަތަ ގެރިމަސް ގެންގުޅުނުކަމުގެ ހަޤީޤަތެއްނެތް ތުހުމަތުތައް ކޮށްގެންވެސް، މުސްލިމުންނަށް ބޮޑެތި އަނިޔާތައް ދިނުމުގެ ސަބަބުން، މުސްލިމުން މަރާއި ކުރިމަތިލާން ޖެހިފައިވެސް ވާކަން ފާހަގަ ކޮށްލެވެއެވެ.

(އެންޑީ ޓީވީ/އިންޑިއާގެ ނޫސްތައް)

ލުޤްމާނަށް ހަމަލާދޭ ވީޑިއޯ ބެއްލެވުމަށް