-
-
ޚާއްޞައެހީއަށް ބޭނުންވާމީހާ ރޭޕްކުރި މައްސަލާގައި ދެ ޒުވާނަކު ހައްޔަރު ކޮށްފި އައްޑޫ ސިޓީ ހިތަދޫ -: ފޮޓޯ: މިހާރު

ޚާއްޞައެހީއަށް ބޭނުންވާމީހާ ރޭޕްކުރި މައްސަލާގައި ދެ ޒުވާނަކު ހައްޔަރު ކޮށްފި

އައްޑޫ ސިޓީ ހިތަދޫގައި، ޚާއްޞަ އެހީއަށް ބޭނުންވާ، މެދު ޢުމުރުގެ އަންހެނަކު ރޭޕް ކުރުމުގެ ޙާދިޘާއާއި ގުޅިގެން ތުހުމަތު ކުރެވޭ ދެ މީހަކު، ފުލުހުން ހައްޔަރުކޮށްފިއެވެވެ.

ADS BY FENVARU

މީޑިއާތަކާއި މައުލޫމާތު ހިއްސާ ކުރަމުން މިއަދުގެ މެންދުރެއްހާއިރު ފުލުހުންގެ ވަޓްސްއެޕް ގްރޫޕްގައި ފުލުހުން ބުނެފައިވަނީ، އިއްޔަގެ ވަގުތެއްގައި ހިނގައިދިޔަ ރޭޕްގެ މި ހާދިޘާއާއި ގުޅިގެން، ކޯޓު އަމުރެއްގެ ދަށުން، ޢުމުރުން 30 އަހަރުގެ ފިރިހެނެއްގެ އިތުރުން 19 އަހަރުގެ ފިރިހެނަކު އިއްޔަ ހަވީރުގެ ވަގުތެއްގައި ހައްޔަރު ކުރެވިފައި ވާކަމަށެވެ.

މައްސަލާގައި ތުހުމަތުކުރެވޭ ދެމީހުންގެ ވީޑިއޯއާއި ފޮޓޯ ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. އެހެންނަމަވެސް، ތުހުމަތު ކުރެވޭ މީހުންގެ ވަނަވަރެއް އަދި މިހައިތަނަށް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

މިދުވަސްވަރަކީ އާދަޔާއި ޚިލާފަށް ގިނަ ޢަދަދަކަށް ޖިންސީ ފުރައްސާރައާއި ގޯނާގެ މައްސަލަތައް ހުށައެޅެމުން އަންނަ ދުވަސްވަރެއްކަމަށާއި، މިއަހަރުގެ ބާކީ އޮތްތަނުގައިވެސް އެފަދަ މައްސަލަތައް އިތުރުވެގެން ދާނެކަމަށް ފެންނަކަމަށް، ދާދި ފަހުން ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުން ހާމަކުރަށްވާފައިި ވެއެވެ.

ކާއްޞަކޮށް ކުޑަކުދިންގެ ބެލެނިވެރިން ވީހައިވެސް ބޮޑަކަށް ސަމާލުކަން ދެއްވައިގެން، ދަރިން އުޅޭނޫޅޭ ގޮތްތައް ގާތުން ބެއްލެވުމުގެ އިތުރުން، އިންޓަރނެޓް ބޭނުންކޮށްގެން އެކުދިން ކުރަމުންދާ މުއާމަލާތްތަކަށް ފާރަވެރިވެލެއްވުމަށްވެސް، ފުލުހުން ޢާންމުންގެ ކިބައިން އިލްތިމާސް ކުރަށްވައެވެ.