-
-
ޙީލަތްތެރިކަން ދޫކޮށް ޢަމަލާއި ބަސް ދިމާކުުރުމަށް ގޮވާލަން: ނިމާލް ފެނަކައިގެ ކުރީގެ އެމްޑީ އަދި އިދިކޮޅު ކޯލިޝަނުގެ ކައުންސިލް މެމްބަރ މުޙައްމަދު ނިމާލު ޕީޕީއެމްގެ ޙަރަކާތެއްގެ ތެރެއިން -: ފޮޓޯ: ސަން

ޙީލަތްތެރިކަން ދޫކޮށް ޢަމަލާއި ބަސް ދިމާކުުރުމަށް ގޮވާލަން: ނިމާލް

ގައުމުގެ ވެރިއަކަށް ހުންނަ މީހަކީ އަމަލާއި ބަސް ދިމާވާ މީހަކަށް ވާން ޖެހޭކަމަށާއި، މަޢާފު ކުރުމާއި ހިތްތިރިކުރުން މިއީ ހަމައެކަނި މީހަކު ލިޔެދިނީތީވެ ކިޔައިލާ ހުވަފެނީ ބަސްތަކަކަށް ވުރެ ނަފުސު ހަރުދަނާ ވާންޖެހޭނެކަމަށް ވިދާޅުވެ، ހީލަތްތެރިކަން ދޫކޮށްލެއްވުމަށް، ފެނަކައިގެ ކުރީގެ އެމްޑީ މުޙައްމަދު ނިމާލް ރައީސް ޞާލިޙައް ގޮވާލައްވައިފިއެވެ.

ADS BY FENVARU

އިދިކޮޅު ކޯލިޝަންގެ ކައުންސިލް މެމްބަރުކަން ކުރެއްވުމުގެ އިތުރުން، އަންނަ ލޯކަލް ކައުންސިލް އިންތިޚާބުގައި މާލެއަތޮޅުގެ ރައީސްކަމުގެ މަޤާމަށްވެސް ވާދަކުރަށްވާ ނިމާލު މިފަދައިން ގޮވާލަށްވާފައި މިވަނީ މީގެ ކުޑައިރުކޮޅެއް ކުރިން ކުރެއްވި ޓްވީޓެއްގައެވެ.

"ގައުމުގެ ވެރިއަކަށް ހުންނަ މީހަކީ އަމަލާއި ބަސް ދިމާވާ މީހަކަށް ވާން ޖެހޭ. މާފު ކުރުމާއި ހިތްތިރިކުރުން މީ ހަމަ އެކަނި މީހަކު ލިޔެދިނީތީ ކިޔާލާ ހުވަފެނީ ބަސްތަކަކަށް ވުރެ ނަފުސު ހަރުދަނާ ވާންވާނެ. ހީލަތްތެރިކަން ދޫކޮށްލަން ގޮވާލަން."

ފެނަކައިގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ ކަންވެސް ކުރަށްވާފައި ވުމުގެ އިތުރުން، އިދިކޮޅު ކޯލިޝަނުން މިހާރު ކުރިއަށް ގެންދާ އިޙްތިޖާޖުތަކުގައިވެސް އިސްކޮށް ޙަރަކާތްތެރިވާ ނިމާލު ކުރެއްވި ޓްވީޓުގައި ވިދާޅުވެފައި ވެއެވެ.

ނިމާލު މިފަދަ ޓްވީޓެއް މިއަދު ކުރަށްވާފައި ވާއިރު، މި އަހަރުގެ އަޟްޙާ ޢީދު ދުވަހުގެ މުނާސަބަތުގައި ރައީސް ޞާލިޙް އިއްޔަ ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައި، ޙައްޖުގެ މަތިވެރި އަޅުކަމާއި އަޟްޙާ ޢީދާ ގުޅިފައިވާ މަތިވެރި ޙިކުމަތްތައް ހިތްމައްޗަށް ގެނެސް، އެކަކު އަނެކަކަށް މަޢާފްކޮށް އަޚްވަންތަކަމުގެ ގުޅުން ކުރިއަށް ނެރެ ޞުލްޙަޔާއި ހަމަޖެހުމަށް އިސްކަން ދިނުމަށް ދިވެހި ރައްޔިޔުންނަށް އިލްތިމާސް ކުރައްވާފައި ވާކަން ފާހަގަ ކޮށްލެވެއެވެ.