-
-
ފުލުހުންގެ ބެލުމުގެދަށުގައި ހުރި ކަޓްއޮފެއްގެ ވެރިފަރާތް ހޯދަނީ ފުލުހުންގެ މައި އިދާރާ، ޝަހީދު ޙުސައިން އާދަމް ބިލްޑިންގް -: ފޮޓޯ: އަޞްލު ވެރިފަރާތް

ފުލުހުންގެ ބެލުމުގެދަށުގައި ހުރި ކަޓްއޮފެއްގެ ވެރިފަރާތް ހޯދަނީ

2020 ޖުލައި 30 ވަނަ ދުވަހުގެ 13:00 އެހާކަންހާއިރު ބޮޑުތަކުރުފާނު ބަނދަރުމޭނާ ކައިރީގައި ބަހައްޓާފައިވަނިކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަޓްއޮފެއްގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށް ފުލުހުން ހާމަކުރަށްވައިފިއެވެ.

ADS BY FENVARU

މި ކަޓްއޮފުގެ ވެރިފަރާތުން، ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަންބަރު 9631696 އަށް ގުޅުވައި، އިންސިޑެންޓް ނަންބަރު 461552 ވިދާޅުވެ، ކާކުކަން އެނގޭނެ ލިޔުމަކާއެކު ޝަހީދު ޙުސައިން އާދަމް ބިލްޑިންގަށް ހާޒިރުވެ ކަޓްއޮފްއާ ހަވާލުވެލެއްވުމަށް ފުލުހުން އެދިލަށްވައެވެ.

ފުލުހުންގެ ރަސްމީ ވެބްސައިޓު މެދުވެރިކޮށް މިމައުލޫމާތުތައް ހާމަކޮށް ނިންމަވާލަމުން، މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ޝުކުރު އަދާކުރަށްވާފައި ވާކަންވެސް ފާހަގަ ކޮށްލެވެއެވެ.