-
-
އުލިގަމު " އަސާ " ގެ ފަރާތުން ޢީދު ހަދިޔާ ބަހައިފި ޢީދު ހަދިޔާ ބެހުމުގެ ތެރެއިން : ފޮޓޯ / އަސާ ގެ ފޭސްބުކް ޕޭޖް

އުލިގަމު " އަސާ " ގެ ފަރާތުން ޢީދު ހަދިޔާ ބަހައިފި

1441 ވަނަ އަހަރުގެ އަޟްޙާ ޢީދު ގެ މުނާޞަބަތުގައި ހއ.އުލިގަމު އެސޯސިއޭޝަން ފޯރ ސޯޝަލް އެވަރނެސް ( އަސާ ) ގެ ފަރާތުން އެ ރަށު ކުޑަކުދިންނަށް ޢީދު ހަދިޔާ ދީފި އެވެ.

ADS BY FENVARU

އަޟްޙާ ޢީދު ދުވަހުގެ ހެނދުނު 8:30 އިން 10:00 އަށް ގެންދިޔަ މި ޙަރަކާތްތަކުގައި އުލިގަމުގެ ހުރިހާ ކުޑަކުދިންނަށް ހަދިޔާ ދެވެނުކަމަށް އެ ޖަމިއްޔާ އިން މައުލޫމާތު ދިނެވެ.

ރަށުގެ ވިޔަފާރިވެރިންނާއި ހެޔޮ އެދޭ ފަރާތްތަކުގެ ދީލަތި އެހީއާ އެކު ކުރިއަށް ގެންދިޔަ މި ޙަރަކާތްތަކުގައި ވޮލިންޓިއަރުންގެ ގޮތުގައި  އެކި ގޮތްގޮތުން އެހީތެރިވި ފަރާތަކަށް އަސާ ޖަމިއްޔާ ގެ ފަރާތުން ޝުކުރުއަދާކުރެއެވެ.

ޢީދު ހަދިޔާ ބެހުމުގެ ތެރެއިން : ފޮޓޯ / އަސާ ގެ ފޭސްބުކް ޕޭޖް

އަސާ ޖަމިއްޔާގެ ފަރާތުން މަޢުލޫމާތު ދިންގޮތުގައި އެ ޖަމިއްޔާ ފަރާތުން އަޟްޙާ ޢީދު ގައި ކުރުމަށް ރޭވި އަނެއް ޙަރަކާތް ކަމަށްވާ ކުޑަކުދިންގެ ހަވީރު ކެންސަލް ކުރަން ޖެހުނީ ، ހއ އަތޮޅުގެ ބައެއް ރަށްރަށް ކޮވިޑް-19 ގެ ސަބަބުން މޮނިޓަރިން ޙާލަތަކުގައި ވާތީ ، ގިނަ ބަޔަކު އެއްވެގެން  މިވަގުތު އެއްވެސް ކަމެއް  ކުރަން ރައްކާތެރިކަމަކަށް ނުވާތީ ކަމަށެވެ.

ޢީދު ހަދިޔާ ބެހުމުގެ ތެރެއިން : ފޮޓޯ / އަސާ ގެ ފޭސްބުކް ޕޭޖް

532 މީހުން އާބާދީގައި ހިމެނޭ ހއ. އުލިގަމު ޖަމިއްޔާ އެއް ކަމަށްވާ އެސޯސިއޭޝަން ފޯރ ސޯޝަލް އެވަރނެސް ( އަސާ ) އަކީ ހޭލުންތެރިކަން އިތުރު ކުރުމާއި ތަޢުލީމް ކުރިއަރުވަން މަސައްކަތް ކުރުމާއި ރަށުގެ އެއްބައިވަންތަކަން އިތުރު ކުރުމުގެ މަޤްޞަދުގައި އުފައްދާފައިވާ ޖަމިއްޔާއެކެވެ.