-
-
ޢަރަބި ދުނިޔޭގެ ފުރަތަމަ ނިޔުކްލިއަރ ޕްލާންޓް ޔޫއޭއީގައި ކާމިޔާބުކަމާއެކު ޤާއިމުކޮށްފި ޑުބާއިގައި މިއަަދު ކާމިޔާބު ކުރި ނިޔުކްލިއަރ ޕްލާންޓް -: ފޮޓޯ: ޑުބާއީގެ ވެރިޔާ ޝައިޚް މުޙައްމަދު ޓްވިޓަރ

ޢަރަބި ދުނިޔޭގެ ފުރަތަމަ ނިޔުކްލިއަރ ޕްލާންޓް ޔޫއޭއީގައި ކާމިޔާބުކަމާއެކު ޤާއިމުކޮށްފި

ނިޔުކްލިއަރ ހަކަތަ އުފެއްދުމުގެ ބޭނުމުގައި ޔޫއޭއީން ޤާއިމުކުރި ނިޔުކްލިއަރ ރިއެކްޓަރު ކާމިޔާބުކަމާއެކު އޮޕަރޭޓް ކުރެވިއްޖެކަމަށް، އެގައުމުން މިއަދު ފަޚުރުވެރިކަމާއެކު އިޢުލާނު ކޮށްފިއެވެ.

ADS BY FENVARU

"ޢަރަބި ދުނިޔޭގައި އެންމެފުރަތަމަ ޤާއިމުކުރެވޭ ނިޔުކްލިއަރ ހަކަތަ އުފައްދާ ރިއެކްޓަރު، ޑުބާއީގެ ބަރަކާ ނިޔުކުލިއަރ އެނާރޖީ ސްޓޭޝަނުގައި ކާމިޔާބުކަމާއެކު އޮޕަރޭޓް ކުރެވިއްޖެ ކަމުގައި އަހަރެމެން އިޢުލާނު ކުރަން"

ޑުބާއީގައި ގާއިމުކުރި ނިޔުކްލިއަރ ޕްލާންޓް ކާމިޔާބު ކަމާއެކު ޓެސްޓް ކުރެވުން -: ފޮޓޯ: ޝައިޚް މުޙައްމަދު ޓްވިޓަރ

 

ޔޫއޭއީގެ ނާއިބުރައީސް އަދި ޑުބާއީގެ ވެރިޔާ ޝައިޚް މުޙައްމަދު ބިން ރާޝިދު އަލް މަޚްތޫމް، ޑުބާއީން ހޯދި މި ކާމިޔާބީ އިޢުލާނުކޮށް ފަޚްރުވެރިކަމާއެކު މިއަދު ކުރެއްވި ޓްވީޓުގައި ހާމަކުރަށްވާފައި ވެއެވެ.

"ރައްކާތެރި ސާފު ހަކަތަ ފޯރުކޮށްދިނުމަށް އަމާޒުހިފާފައިވާ މި ޤައުމަށް ޙާޞިލު ވެގެންދިޔަ ބޮޑު ތާރީޚީ ކާމިޔާބެއް މިއީ"

ނިޔުކްލިއަރ އާބެހޭ ބައިނަލް އިދާރާ، އިންޓަރނޭޝަނަލް އެޓޮމިކް އެނަރޖީ އޭޖެންސީ (އައިއޭއީއޭ) އަށް އޫއޭއީން ކަނޑައަޅާފައި ހުންނަވާ ސަފީރު ޙަމަދު އަލްކާބީ، ޑުބާއީން މިއަދު ހޯދި ތާރީޚީ ކާމިޔާބާއި ގުޅޭގޮތުން މިއަދު ކުރެއްވި ޓްވީޓުގައި ވިދާޅުވެފައި ވެއެވެ.

ޑުބާއީގެ އަމާޒަކީ މިފަދަ 4 ރިއެކްޓަރު ޤާއިމުކުރުން ކަމަށް ހާމަކުރަށްވަމުން ޝައިޚް މުޙައްމަދު، ޑުބާއީން މިއަދު މިހޯދި ކާމިޔާބަކީ، ޢަރަބިންނަކީ ޢިލްމީ ގޮތުން ޤާބިލު ބައެއްކަމުގައި ވާ ތާރީޚު މުޅި ދުނިޔެއަށްވެސް އަލުން އަންގައިދޭ މެސެޖެއްކަމަށާއި، ބައިނަލް އަޤްވާމީ ބޮޑެތި ބާރުތަކާއިވެސް ވާދަކުރުމުގެ ޤާބިލުކަން ޢަރަބީންނަށް ލިބިފައިވާކަން ހާމަކޮށްދޭ ކަމެއްކަމަށްވެސް ޑުބާއީގެ ވެރިޔާ ޝައިޚް މުޙައްމަދު މިއަދު ކުރެއްވި އިތުރު ޓްވީޓެއްގައި ވިދާާޅުވެފައި ވެއެވެ.

މާރސްގައި ދިރާސާތައް ކޮށް، އެ ޕްލެނެޓާއި ބެހޭ ގިނަ މައުލޫމާތުތަކެއް އެއްކުރުމަށް ޔޫއޭއީން ކުރިއަށް ގެންދާ ބިޔަ މަޝްރޫޢުގެ ދަށުން، އެގައުމުގެ "އަލް އަމަލް" ނުވަތަ "ހޯޕް" ގެ ނަމުން ނަންދެވިފައިވާ ސެޓެލައިޓެއްވެސް، ދާދި ފަހުން ކާމިޔާބު ކަމާއެކު ފޮނުވާލާފައި ވާކަންވެސް ފާހަގަ ކޮށްލެވެއެވެ.