-
-
ޢަރަބިންގެ ކަންކަމާއި ނުބެހުމަށް ޔޫއޭއިން ތުރުކީއަށް ގޮވާލައިފި ޔޫއޭއީގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިންގ އެފެއާޒް ޑރ. ޤަރްޤާޝް މިދިޔަ އަހަރު ޖިއްދާގައި ބޭއްވުނު އޯއައިސީގެ ޚާރިޖީވެރިންގެ ބައްދަލުވުމުގައި -: ފޮޓޯ: އޭއެފްޕީ

ޢަރަބިންގެ ކަންކަމާއި ނުބެހުމަށް ޔޫއޭއިން ތުރުކީއަށް ގޮވާލައިފި

ލީބިޔާގެ މައްސަލާގައި ތުރުކީ ވިލާތުން ގެންގުޅެމުންދާ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ޢަރަބިންގެ ކަންކަމާއި ނުބެހުން އެއީ ތުރުކީއަށް އެންމެ ރަނގަޅުގޮތްކަމަށް، ޔޫއޭއީގެ ޚާރިޖީ ވުޒާރާގެ އިސްވެރިއެއްކަމުގައިވާ އަންވަރު ޤަރްޤާޝް ވިދާޅުވެއްޖެއެވެ.

ADS BY FENVARU

ޔޫއޭއީގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިންގ އެފެއާޒް ޑރ. ޤަރްޤާޝް މިފަދައިން ވިދާޅުވެފައި މިވަނީ، ޔޫއޭއީއިން ލީބިއާގައި ނުރައްކާތެރި ކަންތައްތަކެއް ހިންގާކަމަށް ތުހުމަތުކޮށް ތުރުކީވިލާތުގެ ފޮރިން މިނިސްޓަރ ދައްކަވާފައިވާ ވާހަކަތަކަށް ރައްދު ދެއްވައި ކުރެއްވި ޓްވީޓެއްގައެވެ.

ސްޕަރ ޕަވަރަށް އަދި އެންމެ ބާރުގަދަ ޤައުމަށް ވުމަށް ވިސްނުމަކީ މާޒީވެގެން ގޮސްފައިވާ، މިހާރު ދުނިޔެއިން ޤަބޫލުކުރާ ސިޔާސަތެއް ނޫންކަމަށާއި، އިންޒާރު ދިނުމާއި ބިރުދެއްކުމަކީ ޚާރިޖީ ގުޅުންތައް ދެމެހެއްޓުމަށް ގެންގުޅެވޭނެ ސިޔާސަތެއް ނޫންކަމަށްވެސް ޑރ. އަންވަރު ކުރެއްވި ޓްވީޓުގައި ވިދާޅުވެފައި ވެއެވެ.

ޤައުމުތަައް އިސްތިޢުމާރު ކުރެވިދާނެކަމަށް ދެކޭވޭ ދެކެވުމަކީ، މިޒަމާނުގައި އެކަން ޙާޞިލުވުމަށް އެއްވެސް ފުރުޞަތެއްނެތް ވަހުމްތަކެއް ކަމަށްވެސް، ޔޫއޭއީގެ ޚާރިޖީ އިސްވެރިޔާ އަންވަރު ކުރެއްވި ޓްވީޓު ނިންމަވާލަށްވަމުން، ތުރުކީވިލާތައް ނިޞްބަތް ކުރަށްވައި ވިދާޅުވެފައި ވެއެވެ.

ޔޫއޭއީއަކީ، ރަޝިއާއާއި މިޞްރާ އެކުވެގެން، ލީބިޔާގައި އުފެދި ބައިނަލް އަޤްވާމީ ގޮތުން ބަލައިގެންފައިވާ ސަރުކާރާއި ދެކޮޅަށް ހަނގުރާމަކުރާ ޢަސްކަރީ ކޮމާންޑަރ ޚަލީފާ ހަފްތާރުގެ ޖަމާޢަތް، ލީބިއަން ނެޝަނަލް އާރމީ (އެލްއެންއޭ) އަށް މަދަދުވެރި ވާ ޤައުމެކެވެ. އެހެންނަމަވެސް ތުރުކީވިލާތަކީ، ސީރިއާގެ ވެރިރަށް ޓްރިޕޮލީގައި ޤާއިމުވެފައިވާ އަދި ބައިނަލް އަގުވާމީގޮތުން ބަލައިގަނެފައި ވާ، ގަވަރމަންޓް އޮފް ނެޝަނަލް އެކޯޑް (ޖީއެންއޭ) އަށް ޢަސްކަރީ މަދަދުވެރި ވާ ޤައުމެކެވެ.

ކޮމާންޑަރު ހަފްތަރުގެ ޖަމާޢަތް ލީބިއަން ނެޝަނަލް އާރމީ (އެލްއެންއޭ) އާއި ދެކޮޅަށް ހަނގުރާމަކުރާ، ބައިނަލް އަގުވާމީގޮތުން ބަލައިގަނެފައިވާ ގަވަރމަންޓް އޮފް ނެޝަނަލް އެކޯޑް (ޖީއެންއޭ) އަށް ތުރުކީވިލާތުން މަދަދުވެރި ވެ، ލީބިޔާގެ މުހިންމު ރަށްތައް ހިފަމުން ގެންދާތީ ވެ، ތުރުކީވިލާތުން ލީބިޔާގައި އަތްގަދަކުރުން ހުއްޓުވުމަށްޓަކައި ލީބިޔާގައި ޢަސްކަރީ ބާރުގެ ބޭނުންކުރުމުގެ ހުއްދަވެސް ދާދި ފަހުން، މިޞްރުގެ ޤާނޫނު ހަދާ މަޖްލީހުން ރައީސް ސީސީއަށް ދީފައިވެސް ވެއެވެ.

މިސްރުގެ އިތުރުން ރަޝިޔާއާއި ޔޫއޭއީންވެސް މަދަދުވެރިވާ ހަފްްތަރުގެ އަސްކަރީ ވެރިކަމުގެ ބާރުގެ ދަށުގައިވާ، ވެރިރަށް ޓްރިޕޮލީއާއި ކައިރި މުހިންމު ރަށެއް ކަމުގައިވާ ތަރްހޫނާވެސް، މީގެ ދުވަސް ކޮޅެއް ކުރިން ޖީއެންއޭގެ ބާރުގެ ދަށަށް ގެނެސް، ހަފްތަރުގެ ސިފައިން އެސަރަހައްދުން ދުރަށް ޖައްސާފައި ވެއެވެ.

ފާއިތުވެ ދިޔަ ޖޫންމަހުގެ ތެރޭގައި ތުރުކީގެ ބޮޑުވަޒީރު އުރުދުޣާން ޓީވީ އިންޓަރވިއުއެއްގައި ވިދާޅުވެފައިވަނީ، ދެން އޮތް ޓާރގެޓަކީ ސިރްތާއި ޖުފްރާ ކަމަށެވެ. އުރުދުޣާނުގެ ވާހަކަ ފުޅުގައި، އެކަމަކީ ރަޝިއާ ނުރުހޭނެ ކަމެއްކަމަށާއި، އެކަމާއި ގުޅިގެން ޕޫޓިންގ އާއި މަޝްވަރާ ކުރަށްވާނެ ކަަމުގައިވެސް މީގެ ކުރިން ވިދާޅުވެފައި ވެއެވެ.

ތުރުކީވިލާތުގެ ވިސްނުން މިގޮތަށް ހުރިއިރު، އަދި މިސްރުން އަސްކަރިއްޔާ ތައްޔާރީ ހާލަތަށް ގެނެސް، އަސްކަރީ ބާރު ބޭނުންކޮށް ލީބިޔާއަށް ވެރިވެގަތުމުގެ ފަހު މަރުޙަލާތައް ކުރިއަށް ގެންދާކަމުގެ ރިޕޯޓުތައް ލިބެމުންދާއިރު، ސަޢުދި ޢަރަބިއްޔާއިން ވެސް ވަނީ މިސްރުގެ ސިޔާސަތަށް ތާއީދުކޮށް، މިސްރަށް ތާއީދުކޮށް ދިނުމަށް އެދި ބައިނަލް އަގުވާމީ ދުނިޔެއަށްވެސް ފާއިތުވެދިޔަ ޖޫން މަހުގެ ފަހުކޮޅުގައި ގޮވާލާފަ އެވެ.

ލީބިޔާއަށް ޢަސްކަރީ ގޮތުން ވެރިވެގަތުމަށް، މިޞްރުގެ ރައީސްގެ އެދުމަށް އެޤައުމުގެ ޤާނޫނު ހަދާ މަޖްލީހުން ދިން ހުއްދައަށް ޢަމަލު ކުރުން ފަސްކުރެވިފައިވަނީ، އެމެރިކާގެ ރައީސް ޓްރަމްޕް، މިޞްރުގެ ރައީސް ސީސީއަށް ދާދީފަހުން ފޯނުން ގުޅުއްވައި ކުރެއްވި މަޝްވަރާތަކަކަށް ފަހުގައި ކަންވެސް ފާހަގަ ކޮށްލެވެއެވެ.