-
-
13 އަހަރަށްފަހު އިޓަލީ ކުޅުންތެރިޔަކަށް ރަންބޫޓު ލިބިއްޖެ ޗިރޯ އިމޯބިލޭ އިޓަލިއަން ލީގު ގެ ރަންބޫޓާއި އެކު

13 އަހަރަށްފަހު އިޓަލީ ކުޅުންތެރިޔަކަށް ރަންބޫޓު ލިބިއްޖެ

ޔޫރަޕުގެ ލީގުތަކުގައި އެންމެ ގިނައިން ގޯލު ޖަހާ ކުޅުންތެރިޔާ އަށް ދޭ ރަންބޫޓު ފުރަތަމަ ފަހަރަށް ލާޒިއޯ އަށް ކުޅެމުން އަންނަ އިޓަލީ ޤައުމީ ޓީމުގެ ފޯވާޑް ޗިރޯ އިމޯބިލޭ ހޯދައިފިއެވެ.

ADS BY FENVARU

މިއީ 2007 ވަނަ އަހަރު އިޓަލީގެ ފްރެންސިސްކޯ ޓޮޓީ ، އިޓަލިއަން ލީގު ގައި އޭއެސް ރޯމާ އަށް 26 ގޯލު ޖަހައިދީގެން ރަންބޫޓު ހޯދިފަހުން އެ ޤައުމުގެ ކުޅުންތެރިޔެއް ރަންބޫޓު ހޯދި ފުރަތަަމަ ފަހަރެވެ.

އިމޯބިލޭ ވަނީ އިޓަލިއަން ލީގުގައި ލާޒިއޯ އަށް ކުޅުނު 36 މެޗުގައި 36 ގޯލު ޖަހައިދީފަ އެވެ. އިމޯބިލޭ އާ އެންމެ ގާތުން ވާދަ ކުރި ބަޔާން މިއުނިކަށް ކުޅޭ ލެވަންޑޮވްސްކީ ވަނީ 34 ގޯލު ޖަހާފައެވެ. ލިސްޓުގެ 3 ވަނައިގައި ހިމެނޭ ޔުވެންޓަސްގެ ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ 31 ގޯލު ޖަހާފައެވެ.

އޫރަޕްގެ ރަންބޫޓު ގެ އިތުރުން އިމޯބިލޭ އަށް ވަނީ އިޓަލިއަން ލީގުގެ ރެކޯޑަކާއި އެކު އެ ލީގު ގެ ރަންބޫޓު ވެސް ކާމިޔާބުކޮށްފަ އެވެ.އިމޯބިލޭ އަކީ  އިޓަލިއަން ލީގުގެ އެއް ސީޒަނެއްގައި އެންމެ ގިނަ ގޯލު ޖެހި އިޓަލީގެ ފުރަތަަމަ ކުޅުންތެރިޔާ އެވެ. އަދި އެއް ސީޒަނެއްގައި އިޓަލިއަން ލީގު ގައި އެންމެ ގިނަ ގޯލު ޖެހި ހިގައިންނާ ވެސް އިމޯބިލޭ ވަނީ އެއްވަރުކޮށްފައެވެ. 2015-2016 ސީޒަން ގައި އިޓަލިއަން ލީގު ގައި ހިންގައިން 36 ގޯލު ޖަހައިފާވެއެވެ.

ޔޫރަޕުގެ ޤައުމުތަކުގެ ލީގުތައް މިހާރު ވަނީ ނިމިފަ އެވެ. ދެން ކުރިޔަށް އޮތީ ޗެމްޕިއަންސްލީގު އާއި ޔޫރޮޕާ ލީގު އެވެ.

ޔޫރަޕުގެ ލީގުތަކުގައި އެންމެ ގިނައިން ގޯލު ޖަހާ ކުޅުންތެރިޔާ އަށް ދޭ ރަންބޫޓު އެންމެ ގިނައިން ހޯދާފައިވަނީ ސްޕެއިންގެ ބާސެލޯނާއަށް ކުޅޭ އާޖެންޓީނާގެ ލިޔަނޮލް މެސީ އެވެ. މެސީ ވަނީ 6 ފަހަރު ރަންބޫޓު ހޯދާފައެވެ. ދެން އެންމެ ގިނައިން ރަންބޫޓު ހޯދި ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ 4 ފަހަރު ކާމިޔާބުކޮށްފަ އެވެ.

0 ޚިޔާލު