-
-
ހައްޖުވެރިންގެ ސަލާމަތަށްޓަކައި 6250 ސަރވައިލަންސް ކެމެރާ ކޮމާންޑް ސެންޓަރުގެ ޙަރާކާތްތައް، ކަމާބެހޭ އިސްވެރިން ބައްލަވާލެއްވުމުގެ ތެރެއިން -: ފޮޓޯ: އެސްޖީ

ހައްޖުވެރިންގެ ސަލާމަތަށްޓަކައި 6250 ސަރވައިލަންސް ކެމެރާ

މަސްޖިދުލް ޙަރާމް ނުވަތަ ގެފުޅުގެ އިތުރުން، ޙައްޖުގެ އެހެނިހެން މަޝާއިރުތަކުގައި 6250 އަށް ވުރެގިނަ، ޒަމާނީ ކެމެރާތަށް ބޭނުންކޮށްގެން ޙައްޖުވެރިންގެ ޙަރަކާތްތައް 24 ގަޑިއިރު ބެލެހެއްޓެމުން ގޮސްފައިވާކަމަށް ސަޢުދީގެ ކަމާބެހޭ އިދާރާތަކުން ހާމަކޮށްފިއެވެ.

ADS BY FENVARU

ޙައްޖުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، ކުރިމަތިވެދާނެ ނުރައްކަލަކަށް ވަގުތުން ވަގުތަށް އަޅާލެވި ފިޔަވަޅުތައް އެޅުމުގެ ގެތޮން ބޭނުންކުރެވުނު މިކެމެރާތައް ހުންނަނީ މަރްކަޒީ ކޮމާންޑް ސެންޓަރަކާއި ގުޅާލެވިފައެވެ. އެއްވެސް ކަހަލަގެ ކަމެއް ފާހަގަ ކުރެވިއްޖެނަމަ، މި ސެންޓަރުން ވަގުތުން ވަގުތައް، ކަމާއި ބެހޭފަރާތްތަކުގެ ސަމާލުކަމަށް އެކަމެއް ގެނެވޭ ގޮތަށް ހުރިހައި އިދާރާތަކެއްވަނީ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ގުޅުވާލެވިފައެވެ.

ޙައްޖުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ޤާއިމުކުރެވިފައިވާ "ކޮމާންޑް އެންޑް ކޮންޓްރޯލް ސެންޓަރ" ގެ އެސިސްޓެންޓް ކޮމާންޑަރ، ބްރިގޭޑިއަރ ޖެނެރަލް ސަޢުދު އަލް ދުވައިސަރީ ވިދާޅުވީ، އެންމެ ޒަމާނީ އާލާތްތަކާއިއެކު، ފުރިހަމަ ތަމްރީނު ލިބިގެންވާ އެތައް ހާސް މުވައްޒަފުންނެއް މި ނެޓްވާރކުގައި ހަރަކާތްތެރި ވަމުންދާކަމަށެވެެ. ރަސްގެފާނު ސަލްމާނާއި ވަލީ އަހުދު މުޙައްމަދުގެ ވެސް އެންމެ ބޮޑު އެދިވަޑައިގަތުމަކީ، އާދަޔާއި ޚިލާފު މިޙައްޖު ކާމިޔާބުކަމާއެކު ނިންމާލުންކަމުގައިވެސް، ސަޢުދީ ރަސްމީ ނޫސް އެޖެންސީ އަށް ދެއްވި ބަސްދީގަތުމެއްގައި ދުވައިސަރީ ވިދާޅުވެފައިވެއެވެ.

އިއްޔަގެ ނިޔަލަށްވެސް އެއްވެސް ޙައްޖުވެރިއަކު ބައްޔަށް ފައްސިވެފައި ނުވާއިރު، ޙައްޖުވެރިން މިހާރު އަދާކުރަމުންދަނީ އެންމެފަހުގެ މަނާސިކެވެ. ރައްކާތެރިކަމުގެ އެތަކެއް ފިޔަވަޅުތަކާއެކު، އިންތިހާއަށް ގިނަ ވަޞީލަތްތައްވެސް ތައްޔާރީ ޙާލަތަކަށް ގެނެވިގެން އަދާކުރެވުނު މިއަހަރުގެ ޙައްޖުގެ އަޅުކަމުގައި ސަޢުދީ ސަރުކާރުގެ އިންތިޒާމުތަކާއިމެދު، ދުނިޔޭގެ ޞިއްޙީ އިދާރާގެ ވެރިޔާވެސް ވަނީ ތަޢުރީފް ކުރަށްވާފައިކަން ފާހަގަ ކޮށްލެވެއެވެ. ގިނަ ބައަކަށް ބަލި ޖެހިފައި ވީނަމަވެސް، ކޮވިޑް19 ބަލިޖެހި ރަނގަޅުވުންދާ ނިސްބަތް މުޅި ދުނިޔެއިންވެސް އެންމެ މަތީގައި ހިމެނޭ ޤައުމުތަކުގެ ތެރޭގައި ސަޢުދި ޢަރަބިއްޔާ ހިމެނޭވެސް މެއެވެ.