-
-
އެންމެ ފަހުގެ ޗެމްޕިއަން ޑާކް ޕާކް ފެށުން ރަނގަޅުކޮށްފި

އެންމެ ފަހުގެ ޗެމްޕިއަން ޑާކް ޕާކް ފެށުން ރަނގަޅުކޮށްފި

ދުވާފަރު ފުޓްސަލް ޗެލެންޖް ކަޕްގެ މިދިއަ އަހަރު ޗެމްޕިއަން ޓީމް ޑާކް ޕާކް ކުޅުނު ފުރަތަަމަ މެޗުން މޮޅުވެ ، ފެށުން ރަނގަޅުކޮށްފި އެވެ.

ADS BY FENVARU

މިއަދު ހަވީރު 5:15 ގައި ކުޅުނު އީ ގްރޫޕުގެ ދެވަނަ މެޗުގައި މިދިޔަ އަހަރު ޗެމްޕިއަން ޑާކް ޕާކް ބައްދަލު ކުރީ ސިލްވަރ ސްޓަރ އާ އެވެ. މި މެޗު ޑާކް ޕާކް މޮޅުވީ 2-1 އިންނެވެ. ޑާކް ޕާކް ގެ 2 ގޯލުގެ ތެރެއިން އެއް ގޯލަކީ ސިލްވަރ ސްޓަރ ގެ އަޙްމަދު މުންސިފް އަތުން ބައިކޮޅަށް ވަން ގޯލެކެވެ. އަނެއް ގޯލު ޖަހައިދިނީ މުޙައްމަދު ޢަލީ ( ފަބި ) އެވެ.

ސިލްވަރ ސްޓަރ ގެ ހަމައެކަނި ގޯލު ޖަހައިދިނީ ޢަލީ މާއިދު އެވެ. މި މެޗުގެ މޮޅުކުޅުންތެރިއަކަށް ހޮވުނީ ސިލްވަރ ސްޓަރ ގެ ޢަލީ މާއިދު އެވެ. މޮޅު ކުޅުންތެރިޔާ ގެ ޓްރޮފީ ހަވާލުކޮށްދެއްވީ ދުވާފަރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ މެންބަރު ޙައްވާ ނަޝީދާއެވެ.

ޢަލީ މާއިދު ޓްރޮފީއާ ހަވާލުވަނީ

މިއަދު ހަވީރު ކުޅުނު މި ގްރޫޕް ގެ ފުރަތަަމަ މެޗުގައި ޓީމް ލޮކްޑައުން ވަނީ އެފްސީ ސަންސެޓް ކޮޅަށް 6 ގޯލު ޖަހާފައެވެ. އެ ޓީމުގެ 6 ގޯލުގެ ތެރެއިން 3 ގޯލު ޖަހާ ހެޓްރިކް ހެދީ މެޗުގެ މޮޅުކުޅުންތެރިއަކަށް ހޮވުނު އަޙްމަދު ޙުޝާމް އެވެ. ޓީމް ލޮކްޑައުން ގެ އަނެއް ގޯލް ތައް ޖަހައިދިނީ މުޙައްމަދު ޙަސަން އާއި އަޙްމަދު ޙަސަން އާއި ޙަސަން ނާފިޢުއެވެ.

އެފްސީ ސަންސެޓް ގެ ހަމައެކަނި ގޯލު ޖަހައިދިނީ ޢަބްދުﷲ އިބްރާހީމް އެވެ.

މި މެޗުގެ މޮޅުކުޅުންތެރިއަކަށް ހޮވުނު ޙުޝާމް އަށް ޓްރޮފީ ހަވާލުކޮށްދެއްވީ ދުވާފަރު ކައުންސިލްގެ ނާއިބު ރައީސާ ޙައްވާ ޝަމީލާއެވެ.

އަޙްމަދު ޙުޝާމް ޓްރޮފީ އާ ހަވާލުވަނީ

ހޯމަ ދުވަހު ވެސް ދެ މެޗު ކުޅޭނެއެވެ. ފުރަތަަމަ މެޗުގައި ބައްދަލުކުރާނީ ސިލްވަރ ޔުނައިޓެޑް އާއި އެފްސީ ގްރޫޕަރސް އެވެ. މިއީ ގްރޫޕް އޭ ގެ މެޗެކެވެ.

ދެވަނައަށް ކުޅޭނީ ގްރޫޕް ބީގެ މެޗެކެވެ. ބައްދަލުކުރާނީ ކްލަބް ބްލޫ ސްޓްރީޓް އާއި ވޯރިއާސް އެވެ.

1 ޚިޔާލު

Anonymous

Fenvaru online nun raajje thyrege kulivaru thah genes dheythi vey varah salhi keep going like this dhuvaafaru futsal challenge 2020