-
-
ސިލްވަރ ޔުނައިޓެޑް ކުޅުނު ދެވަނަ މެޗުން ވެސް މޮޅުވެއްޖެ

ސިލްވަރ ޔުނައިޓެޑް ކުޅުނު ދެވަނަ މެޗުން ވެސް މޮޅުވެއްޖެ

ދުވާފަރު ފުޓްސަލް ޗެލެންޖް ކަޕް ގައި ސިލްވަރ ޔުނައިޓެޑް ކުޅުނު ދެވަނަ މެޗުން ވެސް މޮޅުވެ ، 6 ޕޮއިންޓް ހޯދާ ގްރޫޕް އޭ ގެ އެއްވަނައިގައި ހަމަޖެހިލައިފި އެވެ.

ADS BY FENVARU

ސިލްވަރ ޔުނައިޓެޑް މިއަދު ހަވީރު ކުޅުނު މެޗުން މޮޅުވީ  ތަފާތު ބޮޑުކޮށް އެފްސީ ގްރޫޕަރސް އާ ބައްދަލުކޮށް ، 6-1 އިންނެވެ. އެ ޓީމުގެ 6 ގޯލުގެ ތެރެއިން 3 ގޯލު ޖެހީ އިބްރާހިމް އަޒްމޫން އެވެ. މިއީ އަޒްމޫން މި މުބާރާތުގައި ޖެހި 5 ވަނަ ގޯލެވެ. އަދި މި މެޗުގައި އެ ޓީމުގެ މުޙައްމަދު އިޝާމް ވަނީ 2 ގޯލު ޖަހައިދީފަ އެވެ. އަނެއް ގޯލު ޖަހައިދިނީ މޫސާ މުޒާހުއެވެ.

އެފްސީ ގްރޫޕަރސް ގެ ގޯލު ޖަހައިދިނީ ހާޝިމް މުޙައްމަދު އެވެ.

މި މެޗުގެ މޮޅުކުޅުންތެރިއަކަށް ހޮވުނީ ސިލްވަރ ޔުނައިޓެޑް އަށް 3 ގޯލު ޖަހައިދިން އިބްރާހީމް އަޒްމޫން އެވެ. މޮޅު ކުޅުންތެރިޔާ ގެ ޓްރޮފީ ހަވާލުކޮށްދެއްވީ ދުވާފަރު ޕްރައިމަރީ ސްކޫލްގެ ޕްރިންސިޕަލް މުޙައްމަދު ޝުކުރީއެވެ.

އިބްރާހީމް އަޒްމޫން ޓްރޮފީ އާ ހަވާލުވަނީ

މި މުބާރާތުގައި މިއަދު ކުޅުނު ބީ ގްރޫޕް ގެ މެޗުގައި ކްލަބް ބްލޫ ސްޓްރީޓް ވަނީ ވޯރިއާސް އަތުން 1-2 އިން ބަލިވެފަ އެވެ. ވޯރިއާސް ގެ ދެ ގޯލުގެ ތެރެއިން ފުރަތަމަ ގޯލަކީ ކްލަބް ބްލޫ ސްޓްރީޓް ގެ އިސްމާޢީލް މިފާއު އަތުން ބައިކޮޅަށް ވަން ގޯލެކެވެ. އެ ޓީމުގެ އަނެއް ގޯލު ޖަހައިދިނީ މާނިޢުއެވެ.

ކްލަބް ބްލޫ ސްޓްރީޓް ގެ ހަމައެކަނި ގޯލު ޖަހައިދިނީ އާދަމް ޔައީސް އެވެ.

މޮޅު ކުޅުންތެރިޔާ އަށް ހޮވުނީ ކްލަބް ބްލޫ ސްޓްރީޓް ގެ އިސްމާޢީލް މިފާއު ( ތުފި ) . މޮޅު ކުޅުންތެރިޔާ ގެ ޓްރޮފީ ހަވާލުކޮށްދެއްވީ ރ.އަތޮޅު މަދަރުސާ ގެ ޕްރިންސިޕަލް އަޙްމަދު ނާހިދު އެވެ.

އިސްމާޢީލް މިފާއު ( ތުފި ) ޓްރޮފީ އާ ހަވާލުވަނީ

މި މުބާރާތުގައި އަންގާރަ ދުވަހު ކުޅޭނީ ގްރޫޕް ސީ ގެ އެފްސީ އެގާރަ އާއި ދުވާފަރު ޕޮލިސް ބައްދަލު ކުރާ މެޗާއި ގްރޫޕް ޑީ ގެ  ކުޑަ ޕާކް އާއި ބީޗިއަންސް ބައްދަލު ކުރާ މެޗެވެ.