-
-
ބަލި ފެތުރެމުންނުދާ ރަށްރަށުގެ ކޯޓުތައް، މި ބަންދުގައިވެސް ޢާންމު އުޞޫލުން ކުރިއަށްދާނެ: ޑީޖޭއޭ ފޮޓޯ: އަވަސް

ބަލި ފެތުރެމުންނުދާ ރަށްރަށުގެ ކޯޓުތައް، މި ބަންދުގައިވެސް ޢާންމު އުޞޫލުން ކުރިއަށްދާނެ: ޑީޖޭއޭ

ކޮވިޑް19 ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި، 2020 އޮގަސްޓު މަހުގެ 4 ވަނަ ދުވަހުން ފެށިގެން 6 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރުގެ އޮފީސްތައް ނުހުޅުވާގޮތަށް ރައީސުލް ޖުމްހޫރިއްޔާ ހަމަޖައްސަވާފައިވާ މި މުއްދަތުގައިވެސް, ބަލި ފެތުރެމުންނުދާ ރަށްރަށުގެ ކޯޓުތަކުން، ޢާންމު އުޞޫލުން ޚިދުމަތް ދެމުން ގެންދިއުމަށް، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ކޯޓުތަކަށް އަންގައިފިއެވެ.

ADS BY FENVARU

މިއެންގުން ކޯޓުތަކަށް އަންގާފައިވަނީ، "ކޮވިޑް19އާ ގުޅިގެން ދައުލަތުގެ އިދާރާތަށް ބަންދުކުރެއްވުމަށް ނިންވަމާފައިވާ މުއްދަތުގައި ޝަރުޢީ ދާއިރާއިން ޚިދުމަތް ދިނުން" މި ނަމުގައި އެ ޑިޕާޓުމަންޓުން މިރޭ ނެރުނު ސާކިޔުލަރއެއްގައެވެ.

ބަލިފެތުރެމުދާ ރަށްރަށާއި، ބަލި ފެތުރެމުންނުދާ ރަށްރަށުގެ ކޯޓުތަކުން ޚިދުމަތްދެވޭ ގޮތްތައް ތަފާތުކޮށް ކަނޑައަޅައި ނެރެފައިވާ މި ސާރކިޔުލަރގައި، ދައުލަތުގެ އިދާރާތަށް ބަންދުކުރުމަށް ނިންމިފައިވާ މިމުއްދަތުގައި، ޝަރުޢީ ދާއިރާގެ އެންމެހައި މުވައްޒަފުންވެސް ޞަރޫރީ ބޭނުމެއްގައި މެނުވީ ގެއިން ބޭރަށް ނުކުމު ނޫޅުމަށްވެސް އިލްތިމާސް ކޮށްފައިވެއެވެ.

މި ދުވަސްވަރަކީ ރާއްޖޭގައި ކޮވިޑް19 ބަލި ފެތުރެމުންދާ ނިސްބަތް އިންތިހާއަށް މައްޗަށް ޖެހެމުންދާ ދަނޑިވަޅެއްކަމުން، ސަރުކާރުގެ އިދާރާތަކުން ގެންދަނީ، ޚިދުމަތްދިނުމުގައި ވަކި ގޮތްތަކެއް ކަނޑައަޅަމުންނެވެ. ޚިދުމަތް ދެމުންދާ ގަޑިއަށް ބަދަލުގެނައުމުގެ އިތުރުން، ޙާޒިރުވެގެން ޚިދުމަތް ދިނުން ހުއްޓާލައި، އޮންލައިން ކޮށް ޚިދުމަތްދިނުމަށް ގިނަ އިދާރާތަކަކުން ނިންމަމުން ގެންދާކަންވެސް ފާހަގަ ކޮށްލެވެއެވެ.