-
-
ހުޅުލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

ހުޅުލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

ހުޅުލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެކާރަކަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.

ADS BY FENVARU

ފުލުހުން ވިދާޅުވާގޮތުގައި މިއެކްސިޑެންޓް ހިގާފައިވަނީ ހުޅުލޭ ހަލިމަގުގައެވެ. ހުޅުލެއިން މާލެ އައި ކާރެއް ކޮންޓްރޯލްނުވެ ގޮސް މާލެއިން ހުޅުލެއަށް ދިޔަ ކާރެއްގައި ޖެހި އެކްސިޑެންޓްވީއެވެ. މިއެކްސިޑެންޓް ރިޕޯޓްކޮށްފައިވަނީ މިއަދު ހެދުނު 11.20 އެހާކަންހާއިރު ކަމަށް ފުލުހުން ވިދާޅުވިއެވެ.

މިއެކްސިޑެންޓްގައި އެއްވެސް މީހަކަށް އަނިޔާނުވިކަމުގައިވިޔަސް ދެކާރަށްވެސް އެކިވަރުގެ ގެއްލުންތައްލިބިފައިވެއެވެ.

ކާރު ދުއްވަން ތިބި ދެޑްރައިވަރުންގެ އަތުގައިވެސް ލައިސަންސް އޮތްކަމަށާއި މިމައްސަލަ އިތުރަށް ތަހުޤީގުކުރަމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި ދަތުރުފަތުރު ކުރުމުގައި ޤަވައިދާއި ގާނޫނާ އެއްގޮތަށް ދުއްވުމަށް ފުލުހުން އިލްތިމާސްކޮށްފައިވެއެވެ.